ބަގާވާތުގެ ތުހުމަތު ކުރި އުރުދުންގެ ހަމްޒާ އަމީރުކަން ދޫކޮށްލައިފި

އުރުދުންގެ އަމީރު ހަމްޒާ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އުރުދުންގެ އަމީރު ހަމްޒާ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އައްމާން، އުރުދުން (އެޕްރީލް 3) - ރަސްގެފާން އަބްދުﷲ ދެ ވަނައާ ދެކޮޅަށް ބަގާވާތެއް ހިންގަން އުޅުނު ކަމަށް އެއްބަސްވެވަޑައިގެންނެވި އުރުދުންގެ ކުރީގެ ވަލީ އަހުދު ހަމްޒާ އަމީރުކަން ދޫކޮށްލައިފި އެވެ.

ޓްވިޓާގައި އާއްމު ކުރި ބަޔާނެއްގައި ހަމްޒާ ވިދާޅުވީ "އަމީރުކަމުގެ ލަގަބު ދޫކޮށްލަން" ނިންމާފައިވާ ކަމަށެވެ. މިދިޔަ އަހަރު ބަގާވާތެއް ހިންގަން އުޅުނު މައްސަލައިގައި ރަސްގެފާނުގެ ކިބައިން ހަމްޒާ މައާފަށް އެދިވަޑައިގެންނެވި ކަމަށް އުރުދުންގެ ޝާހީ ކޯޓުން ބުނީ މީގެ މަހެއް ކުރިންނެވެ.

"މިދިޔަ އަހަރުތަކުގައި އަޅުގަނޑަށް ފެނުނު މަންޒަރަށް ބަލާއިރު، ގައުމުގެ އިދާރާތަކުގެ ވިސްނުމާއި އަމަލުތައް ހުރީ އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް އުނގަންނައި ދެއްވި ކަންކަމާ ތަފާތުކޮށް. މި ލަގަބުގެ ބޭނުން ހިފައި، އަޅުގަނޑުގެ ލޯބިވާ ގައުމާއި، ލޯބިވާ ރައްޔިތުންނަށް ހިދުމަތްތަކެއް ކުރެވިއްޖެ،" ހަމްޒާ ވިދާޅުވި އެވެ.

"އަޅުގަނޑު ދިރިހުރިހާ ހިނދަކު، ލޯބިވާ އުރުދުންއަށް ވަފާތެރިވާނަން."

މާޗް އަށް ވަނަ ދުވަހު އުރުދުންގެ ޝާހީ ކޯޓުން ބުނީ ރަސްގެފާނާ ދެކޮޅު އަމަލުތަކެއް ހިންގި ކަމަށް ހަމްޒާ އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.

އުރުދުންގައި ހަމަނުޖެހުން އުފައްދައި ބަގާވާތެއް ހިންގައި އުޅެނިކޮށް، އެކަން ހުއްޓުވާފައިވާ ކަމަށް އިއުލާނު ކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.

އަމީރު ހަމްޒާއަކީ ރަސްގެފާނު އަބްދުﷲ އާ އެއް ބަފާ ކޮއްކޮ އެވެ. ހަމްޒާ އޭރު ހާމަކުރި ވީޑިއޯއެއްގައި ވަނީ ގައުމުގެ ވެރިންނަށް ކޮރަޕްޝަނުގެ ތުހުމަތު ކުރައްވާފަ އެވެ.

"މިއަދު ހެނދުނު އުރުދުންގެ އަސްކަރީ ބާރުގެ ވެރިޔާ އަޅުގަނޑަށް ޒިޔާރަތްކޮށް، ބޭރަށް ނިކުތުމާއި، މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން މަނާ ކަމަށް ވިދާޅުވި. އެއީ މީގެ ކުރިން އަޅުގަނޑު ބައިވެރިވި ބައްދަލުވުންތަކުގައި ރަސްގެފާނާއި ސަރުކާރަށް ފާޑުކިޔާފައި ވާތީ،" މިދިޔަ އަހަރުގެ އެޕްރީލް މަހު އާއްމު ކުރި އެ ވީޑިއޯގައި ވެއެވެ.

ޝާހީ ގަނޑުވަރުގެ ކުރީގެ ވެރިޔާ ބައްސާމް އަވާދުﷲ އާއި ސައުދީ އަރަބިއްޔާގެ ކުރީގެ މަންދޫބު ޝާރިފް ހަސަން ބިން ޒައިދަށް ބަގާވާތުގެ މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޖުލައި މަހު އެވެ. ހަމްޒާއާ ދެކޮޅަށް ދައުވާ އުފުލާފައެއް ނުވެ އެވެ.

އުރުދުންގެ ވަލީ އަހުދު ކަމަށް ހަމްޒާ އައްޔަނު ކުރެއްވީ 1999 ވަނަ އަހަރު ރަސްގެފާނު އަބްދުﷲ ދެ ވަނަ އެވެ. އެގޮތަށް ނިންމެވީ ދެ ބޭފުޅުންގެ ބައްޕާފުޅު އަދި ކުރީގެ ރަސްގެފާނު ހުސެންގެ އެދިވަޑައިގެންނެވުމަކަށެވެ.

ނަމަވެސް އޭގެ ފަހުން 2004 ވަނަ އަހަރު ހަމްޒާ ވަލީ އަހުދުކަމުން ވަކި ކުރައްވައި، އެ މަގާމަށް އައްޔަން ކުރެއްވީ ރަސްގެފާނު އަބްދުﷲ ގެ ފިރިހެން ދަރިކަލުން، އަމީރު ހުސެން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox