ވާގޮތް: ކަނޑުތަކުގެ ސިއްރުތައް ނުހޯދެނީ ކީއްވެ؟

ވާގޮތް: ކަނޑުތަކުގެ ސިއްރުތައް ނުހޯދެނީ ކީއްވެ؟

މީގެ ނުވަ އަހަރު ކުރިން މެލޭޝިއަން އެއާލައިންސްގެ އެމްއެޗް370 ގެއްލުނު ހިތާމަވެރި ހާދިސާއިން ގިނަ ބަޔަކަށް ދަސްވި އެންމެ ހައިރާންކުރުވަނިވި ކަމަކީ ތަރައްގީއާއި ޓެކްނޮލޮޖީގެ 21 ވަނަ މި ގަރުނުގައި ވެސް ދުނިޔޭގެ ބޮޑު ސަރަހައްދެއް އިންސާނުންނަށް ދިރާސާކުރެވިފައި ނުވާ ކަމެވެ.

ދުނިޔޭގެ ޖުމްލަ ސާފެސް އޭރިއާގެ 71 ޕަސަންޓަކީ ކަނޑެވެ. ބާކީ 29 ޕަސަންޓަކީ އަހަރެމެން މި ދިރިއުޅޭ ބިމެވެ. އެ ކަނޑުގެ ސަރަހައްދުގެ ތެރެއިން 80 ޕަސަންޓުގެ ސަރަހައްދުތަކަކީ އަދިވެސް އިންސާނުން އެއްވެސް ވަރަކަށް ދިރާސާކޮށްފައިނުވާ ސަރަހައްދުތަކެކެވެ.

އިންސާނުން ޖައްވުގެ އެތައް މިލިއަން ކިލޯމީޓަރެއް ދުރުގައި ހުންނަ ޕްލެނެޓްތަކާއި ބްލެކް ހޯލް އަދި ތަރިތަކަށް ޓެލެސްކޯޕުގެ އެހީގައި ލޯދިއްކޮށް ބަލާ މި ޒަމާނުގައި، ފައި ދަށުގައި މިއޮތް ފުން ކަނޑުތަކުގެ ބޮޑުބައި ދިރާސާކޮށްފައިނުވެ އެވެ. އެ ތަންތަނުގައި އިންސާނުންނަށް ނޭނގޭ އެތައް ކަމެއް ފޮރުވިފައި އެބަ ހުއްޓެވެ. އަހަރެމެން އިންސާނުންނަށް ނޭނގޭ އެތައް ޖަނަވާރެއް، ގަހެއް އަދި މައުދަންތަކެއް ވެސް އެތަންތަނުގައި ހުރެދާނެ އެވެ.

އެމްއެޗް370 ގެއްލުނު ހާދިސާއިން އެންމެންނަށް ވެސް ރޭކާލީ މިކަމެވެ. އެ މަތިންދާބޯޓު އަދިއަދަށް ވެސް ފެނިފައިނުވާއިރު، އިންޑިއާ ކަނޑަށް އެ ބޯޓު ވެއްޓިފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ލަފާކުރެ އެވެ. ނަމަވެސް ބިޔަ އިންޑިއާ ކަނޑުގެ ވެސް އެންމެ ފުންމިންތައް އެއްވެސް އިންސާނަކު މީގެ ކުރިން ބަލައި ދިރާސާކޮށްފައި ނުވާތީ އެ ބޯޓު ހޯދަން ކުރަން ޖެހުނު މަސައްކަތަކީ އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދެއްގެ އަޑި މުޅިން އަލަށް ޗާޓުކުރުމެވެ.

ސުވާލަކީ ކަނޑުތައް ދިރާސާނުކޮށް އަހަރެމެން އިންސާނުން މިތިބެނީ ކީއްވެތޯ؟ ޖައްވުގެ މިލިއަން ކިލޯމީޓަރެއް ދިރާސާކޮށް ބެލޭއިރު، އަހަރެމެންގެ އަމިއްލަ ދުނިޔޭގެ ކަނޑުތައް ދިރާސާކުރަން ފަސޭހައެއް ނުވާނެތޯ؟ އަދި އެތަންތަނުން ފެންނާނީ ކޮންއެއްޗެއްތޯ؟

މި ސުވާލުތަކުގެ ޖަވާބުގައި ގިނަ ވާހަކަތަކެއް އެބަ ހުއްޓެވެ. އެކަމަށް ބޭނުންވާ އެންމެ އެކަށީގެންވާ ޓެކްނޮލޮޖީ އަދި އިންސާނުން އީޖާދު ނުކުރާއިރު، އެކަން އެހެންވާ ސަބަބަކީ، އިންސާނުންގެ ޝައުގުވެރިކަން ވެސް އެ ދިމާލަށް ނުދިޔުމެވެ. އިންސާނުން މިތިބެނީ ތަރިތަކުގެ ވިދުމާއި، ކައުނުގެ ސިއްރުތަކުން އާޝޯހުވެފައި އެކަމަށް ގޮސް ހުސްވެފަ އެވެ. ކަނޑުތައް ދިރާސާކުރާ ބައެއް އޯޝަނޯގުރާފަރުން ވެސް ބުނަނީ ކަނޑުތައް ބެލުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޖައްވު ކަމަށެވެ.

އެކަމުގެ ހެއްކަކީ ހަނދާ މާސްގެ ސާފެސްތައް އިންސާނުން މުޅިންހެން ދިރާސާކޮށް ނިންމާފައިވާކަމެވެ. އެކަމުގެ ކަނޑުގެ އަޑީގެ ބެލިފައިވަނީ އެންމެ ފަސް ވަރަކަށް ޕަސަންޓެވެ.

މިކަމަށް އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. ސައިންސްވެރިން ކައުނު ދިރާސާކުރަން އާންމުކޮށް ރޭޑިއޯ ވޭވް ފަދަ ޓެކްނޮލޮޖީ ބޭނުންކުރާއިރު އެ ޓެކްނޮލޮޖީއިން ކަނޑުގެ އަޑިއެއް ދިރާސާއެއް ނުކުރެވެ އެވެ. ކަނޑުގެ އަޑި ދިރާސާކުރަން ބޭނުންކުރަން ޖެހެނީ ސޯނާ ޓެކްނޮލޮޖީ އެވެ. ސޯނާ އަކީ ކަނޑުގެ އަޑިއަށް އަޑު ފޮނުވައިގެން އެ އަޑު ޖެހި އަނބުރާ ބައުންސްވާ ވޭވްތަކުން ޗާޓުކުރަހާ ޓެކްނޮލޮޖީއެކެވެ. އެކަމަކު އެއީ ވަރަށް ކެތްތެރިކަން ބޭނުންވާ ބުރަ، އަދި ގިނަ ވަގުތާއި ހަރަަދު އެކަމަކަށް ހޭދަވާ މަސައްކަތެކެވެ.

އެމްއެޗް370 ހޯދަން ވެސް ސޯނާ ޓެކްނޮލޮޖީ ބޭނުންކުރި އެވެ. ކުރިން އިންސާނުން ދިރާސާނުކޮށްހުރި އިންޑިއާ ކަނޑުގެ އެ ސަރަހައްދުތަކުގައި ސޯނާ ބޭނުންކުރުމުން ސައިންސްވެރިންނަށް ފެނުނީ އަލިފާން ފަރުބަދަތަކާއި ޓްރެންޗްފަދަ ތަންތަނެވެ. އެއީ އެތަންތަން އިންސާނުންނަށް ފެނުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. އެކަމަކު އެކަމަށް ވެސް އެތައް މަހެއް ހޭދަ ވެގެން ދިޔަ އެވެ. އެތައް ބޯޓެއް، އެތައް ކުރޫއެއް، އެތައް ހަރަދެއްކޮށްގެން ކުރި އެ މަސައްކަތުން ވެސް ބެލުނީ ކަނޑުގެ ކުޑަ ސަރަހައްދެކެވެ.

އެމެރިކާގެ ޖައްވީ އެޖެންސީ ނާސާއެކޭ އެއްގޮތަށް ކަނޑުތައް ދިރާސާކުރަން އެގައުމުގައި އެޖެންސީއެއް އޮވެ އެވެ. އެކަމަކު ނެޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފިރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) ކިޔާ އެ އެޖެންސީއަށް ނާސާއެކޭ އެއްވަރަށް ހަރަދުކުރާނޭ ބަޖެޓެއް ނުލިބެ އެވެ. އަދި ވަކިން ހާއްސަކޮށް ކަނޑުތައް ފުޅާކޮށް ޗާޓުކުރަން ބޮޑު މަޝްރޫއެއް ހިންގާ ވަރަށް ފައިސާއެއް އެ އެޖެންސީއަކު ނެތެވެ. ނާސާގެ ބަޖެޓާއި ނޯއާގެ ބަޖެޓުގައި އެތައް ބިލިއަން ޑޮލަރުގެ ފަރަގެއް ހުރެ އެވެ. އެއީ ސަރުކާރުތަކުން ވެސް އެވަރަށް އެކަމާ ނޫޅޭކަމުގެ ހެއްކެކެވެ.

އެހެންވެ ސައިންސްވެރިންނަކީ ކަނޑުގެ އަޑި އެންމެ ގަދަޔަށް ދިރާސާކުރާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި އެކަން ކުރަނީ ތެޔޮ ކުންފުނިތަކުންނެވެ. އެކަމަކު އިސްރާފު ކުޑަކުރަން ކަނޑުގައި ހުންނަ ބިޔަ ތެޔޮ ރިގްތައް ހަރުކުރުމަށް އެ ކުންފުނިތަކުން ވެސް ދިރާސާކުރަނީ ކުޑަ ސަރަހައްދުތަކެކެވެ. އިންސާނުންގެ ޝައުގު އެވަރަށް އެކަމަށް ނެތީ އެވެ.

އޭގެ އިތުރުން ވެސް ޑެޕްތު ޕްރެޝާ އަކީ ކަނޑުތައް ދިރާސާނުކުރެވި އޮތް އެންމެ ބޮޑު އެއް ސަބަބެވެ. ކަނޑުގެ އެހާ އަޑިއަށް ދިޔުމުން، އެ ޕްރެޝަރުގައި ދިރާސާކުރުމުގެ މަސައްކަތް ކުރުމަކީ ވަރަށް ދަތި ކަމެކެވެ. މެރިއާނާ ޓްރެންޗް، ދުނިޔޭގެ ކަނޑުތަކުގެ އެންމެ ފުން ސަރަހައްދުގެ ޑެޕްތު ޕްރެޝާ ހަމަބިމާއި އަޅާބަލާއިރު 1،000 ގުނަ ބޮޑެވެ. ކޮންމެ ސަރަހައްދެއްގެ ޕްރެޝާ އެވަރުނުވިޔަސް، ކަނޑުގެ އަޑީގެ ޕްރެޝާއަކީ އެކަމަށް ހައްލެއް ގެނައުމަށް އުނދަގޫ ކަމެކެވެ. އަދި ކަނޑުގެ އެންމެ އަޑިއަށް އިރުގެ އަލި ނުފޯރުމަކީ ވެސް ދިރާސާކުރުމަށް އޮތް ހުރަހެކެވެ.

އެ ސަބަބުތައް އެހެން ހުއްޓާ ބައެއް ފަރާތްތަކުން ދަނީ ކަނޑުގެ އަޑި ދިރާސާކުރުމަކީ އެއީ އިންސާނުންނަށް އެހާ ބޭނުންތެރިކަމެއް ނޫންކަމަށް ވެސް ބުނަމުންނެވެ. އެއީ އިންސާނުންނަކީ ހަމަ ބިމުގައި އުޅޭ، ކަނޑުގެ އަޑިން މާ ގިނަ ބޭނުންތަކެއް ކުރަން ނުޖެހޭ ބައެއް ކަމުންނެވެ. ނަމަވެސް އެއީ ކަން އޮތް ގޮތްބާ އެވެ؟

އަހަރުމެން ދަންނަ ގޮތުގައި ދުނިޔޭގައި ދިރިއުޅޭ އެންމެ ބޮޑު ޖަނަވާރަކީ ބޮޑު މަސް ނުވަތަ ބްލޫ ވޭލް އެވެ. އެކަމަކު ކަނޑުގެ އަޑިއަށް ފީނައި ހާވައިފިނަމަ، ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެޔަށްވުރެ ބޮޑު ޖަނަވާރެއް ނުވަތަ ޖަނަވާރުތަކެއް ވެސް ކަނޑުގެ އަޑީގައި އިންސާނުންނަށް ނުފެނި އޮވެދާނެ އެވެ. އަދި މިހާރު އިންސާނުން ދުނިޔެއިން ކޮނެގެން ނަގައިގެން ބޭނުން ކުރާ މައުދަނުތަކަށްވުރެ އެތައް ގުނަ އަގުހުރި އެތައް މައުދަނެއް ވެސް ކަނޑުގެ އަޑިން ފެނިދާނެ އެވެ.

އެހެންވީމާ، ކަނޑުގެ އަޑިތައް ބަލައި ހޯދުމަކީ މުހިންމު ކަމަކަށް ވެސް ވެދާނެ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އިންސާނުން ކޮށްފާނެ ކަމަކަށް ވެސް ވެދާނެ އެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ ދުނިޔޭގެ ބޮޑު ބައި އަދި އިންސާނުންނަށް ނުފެންނަ ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox