ވާ ގޮތް: ދުނިޔެ ފަތަހަ ކުރި ޑައިނަސޯ އަދި އޭގެ ދިރުން ނެތި ދިޔަ ގޮތް

ވާ ގޮތް: ދުނިޔެ ފަތަހަ ކުރި ޑައިނަސޯ އަދި އޭގެ ދިރުން ނެތި ދިޔަ ގޮތް

އެންމެ ދިގު މުއްދަތަކަށް ދުނިޔޭގައި އުޅުނު ދިރުން އެނގޭ ހެއްޔެވެ؟ އަދި އެ ދިގު މުއްދަތުގައި ދުނިޔޭގެ އަޣުލަބިއްޔަތު ދިރުމެއް ގޮތުގައި އޮތް ދިރުން ކުއްލިއަކަށް ނެތި ދިޔަ ގޮތެއް އެނގޭ ހެއްޔެވެ؟

ދުއިސައްތަ ސާޅީސް މިލިއަނެއްހާ އަހަރު ވަން ދެން ދުނިޔޭގައި އުޅުނު މި ދިރުމަށް ކިޔަނީ ޑައިނަސޯ އެވެ. ސައިންޓިސްޓުންގެ ދިރާސާތަކުން ބުނާ ގޮތުން، އޭރު ދުނިޔޭގެ ދިރުންތަކުގެ 75 އިންސައްތަ އެވެ. މުޅި ދުނިޔެ އެއް ބައްރަކަށް އޮތް އެ ދުވަސް ވަރަށް އާކިއޮލޮޖިސްޓުން ނަންދީފައި ވަނީ "ޑައިނަސޯގެ ބައްރު" ގެ ނަމުންނެވެ.

އެތައް ހާސް އަހަރެއް ވަންދެން ދުނިޔެ ފަތަހަ ކޮށްގެން އުޅުނު ޑައިނަސޯތައް މިހާރު ނެތެވެ. އެކަމަކު ޑައިނަސޯގެ ދިިރިއުޅުމާއި އެ ބާވަތް ނެތި ދިޔަ ގޮތް މިއީ 20 ވަނަ ގަރުނުން ފެށިގެން ސައިންސްވެރިންގެ އެންމެ ޝައުގުވެރި މައުޟޫއަށް ވެއްޖެ އެވެ. މި ކަން ވީ ގޮތުގެ އެކި ހިޔާލާތާއި ނަޒަރިއްޔާތު ތަސައްވުރުކޮށްފައި އެބަހުއްޓެވެ. އެކަމަކު އަދިވެސް ޖަވާބު ނުލިބޭ އެއް ސުވާލު އެބަ އޮތެވެ. ހަގީގަތުގައި ޑައިނަސޯތަކަށް ވެގެން ދިޔަ ގޮތަކީ ހަމަ ކޮބައި ހެއްޔެވެ؟

ޑައިނަސޯގެ ސިފަތައް

ޑައިނަސޯގެ ކަށިގަނޑުތަކާއި އޭގެ ނިޝާންތައް ދުނިޔޭގެ އެކި ސަރަހައްދުތަކުން އަދިވެސް ފެންނަމުން ދާއިރު، ފެންނަ ކޮންމެ ބާވަތަކަށް ސައިންސްވެރިން ދަނީ ނަމެއް ދެމުންނެވެ. މިހާތަނަށް ގާތްގަނޑަކަށް 700 ބާވަތަކަށް ނަން ދީފައިވެ އެވެ.

މިހާރު ދުނިޔޭން ފެންނަން ހުރި ދިރުންތަކުގެ ތެރެއިން ޑައިނަސޯއާއި އެންމެ ވައްތަރު ދިރުމަކަށް ފެންނަން ހުރީ ކުކުޅެވެ. ކުކުޅަކީ އޭގެ އާއިލާގެ ބާވަތެއް ކަމަށް ވެސް ބުނެ އުޅެ އެވެ. އެހެނަސް ބައެއް އެހެން ޖަނަވާރުތަކާއި އެއް ގޮތަށް، ހަށިގަނޑުގެ ބައެއް ގުނަވަންތައް ހުރެ އެވެ.

މިހައިތަނަށް ހޯދާފައިވާ ހޯދުން ތަކުން ބިނާކޮށް ޑައިނަސޯ ސިފަކުރާ އާއްމު ސިފަތަކެއް އެބަ ހުއްޓެވެ. ތިރީގައި މިވަނީ އެފަދަ ބައެއް ސިފަތަކެވެ.

ކޮންމެ ޑައިނަސޯއެއްގައި ހެން ދިގު ނިގުލެއް އޮވެ އެވެ. ގިނަ ޑައިނަސޯތަކުގެ ކަރު ވެސް ދިގެވެ. ދިގު ދެ ފަޔާއި ކުރުކުރު ދެ އަތެކެވެ. ހިނގާބިނގާވެ އުޅެނީ އިންސާނުން ހިނގާބިނގާވެ އުޅޭ ގޮތަށް ދެ ފައިންނެވެ. އެހެން ޖަނަވާރުން ހެން ހަތަރެސް ފަޔަކުން ނޫނެވެ.

ހަތްސަތޭކައަށް ވުރެ ގިނަ ބާވަތުގެ ޑައިނަސޯ ފާހަގަ ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހަށިގަނޑުގައި ވަރަށް ތަފާތު ބާވަތްތައް ވެސް ހުރެއެވެ. ޑައިނަސޯ އާއިލާތަކުގެ ތެރެއިން ޓީރެކްސްގެ ނަން ދީފައިވާ ބާވަތުގައި ދޫނި ވެސް ހިމެނެ އެވެ. ކުކުޅަކީ އެއާއިލާއަށް ނިސްބަތްވާ އެއްޗެއް ކަމުގައި ބުނެ އުޅެ އެވެ.

ހޯދުންތަކުން އެނގޭ ގޮތުގައި މީގެ ގިނަ އެއްޗެހީގެ ބަރުދަން 80 ޓަނަށް އަރަ އެވެ. ދިގުމިނުގައި 120 ފޫޓު އުޅޭ ކަމުގަ އެވެ. އެންމެ ކުޑަކޮށް ޑައިނަސޯ އުޅެނީ ކުކުޅެއްގެ ބަރުދަނަކާއި ދިގުމިން ކަމަށް ބުނެ އެވެ.

ޑައިނަސޯ ނެތި ދިޔައީ ކިހިނެއް؟

ޑައިނަސޯ ނެތި ދިޔަ ގޮތާއި ގުޅޭ ގޮތުން ސައިންޓިސްޓުންނަށް އެއްބަސްވުމަކަށް ސީދާ އާދެވިފައެއް ނެތެވެ. ވަރަށް ގިނަ ނަޒަރިއްޔާތާއި ޚިޔާލާތެއް މި ކަމުގައި އޮތަސް ގިނަ ސައިންޓިސްޓުންނަށް ބެލެވިފައި އޮންނަނީ ދެ ނަޒަރިއްޔާތެކެވެ.

1. ބަލިމަޑުކަމެއްގައި ނެތި ދިޔުން

އެއް ނަޒަރިއްޔާތަކީ، ޑައިނަސޯތަކުގެ މެދުގައި ފެތުރިގަތް ބަލިމަޑުކަމުގެ ސަބަބުން އެ ތަކެތި ނެތި ދިއުމެވެ. އެކަމަކު އެ ވިސްނުމަށް މާ ގިނަ ސައިންޓިސްޓުންނެއް ބުރައެއް ނުވެ އެވެ. މި ވިސްނުން ދެން ގުޅުވާލަނީ ދުނިޔޭގެ މޫސުމަށް އޭރު އަންނަމުން ދިޔަ ބަދަލުތަކާ އެވެ.

ޑައިނަސޯގެ ކަގަނޑުތައް ތަހުލީލު ކުރުމަށް ފަހު، ފާހަގަކޮށްފައި އޮތް އެއް ކަމަކީ އިރުން ފޮނުވައިދޭ އަވި އެ ތަކެތީގެ ކަށިގަނޑުގައި ރައްކާ ކުރަމުންދާ ކަމެވެ. އެހެންވެ އެ އައްވަކީ އެ ތަކެތި ދިރި ހުރުމުގައި ލާޒިމު އެއްޗެއް ގޮތުގައި ބެލެވެ އެވެ.

ދުނިޔެ އެ ދުވަސްވަރު ފިނިވަމުން އައި ކަން އެނގެން އޮވެ އެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ އުތުރު އަދި ދެކުނު ޕޯލްގައި އޮތް ފެންގަނޑު ގަނޑުފެންގަނޑަކަށް ބަދަލު ވެގެން އައި ކަން ލިޔުންތަކުން އެނގެ އެވެ. އެ ފިނިކަމަކީ ޑައިނަސޯތައް ދިރިހުރުމަށް ދަތިވި ކަމެއް ކަމުގައި ބެލެވިދާނެ އެވެ.

2. ބޮޑު ގިނަހިލައަކުން ނެތި ދިޔުން

ދެވަނައަށް މި އަންނަނީ "ސުޕަކޮންޓިނެންޓް" ގެ ނަޒަރިއްޔާތެވެ. ގިނަ ސައިންޓިސްޓުން ބުރަވާ ގޮތުގައި، ކުރިން ދުނިޔެ އޮތީ ބޮޑު އެއް ބައްރަކަށެވެ. އެސްޓްރޮއިޑް ނުވަތަ ގިނަހިލަ އެއް ވެއްޓުމުގެ ސަބަބުން އައި ބިންހެލުމަކަށް ފަހު އަށް ބަރަކަށް ބެހުނީ ކަމުގަ އެވެ.

ދެވަނަ ނަޒަރިއްޔާ ހޯދީ ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގަ އެވެ. އެއީ ދެ ސައިންޓިސްޓިކަށެވެ. ލުއިސް އަލްވަރޭޒް އާއި އޭނާގެ ދަރިފުޅު ވޯލްޓާ އަލްވަރޭޒްއަށެވެ. ދުނިޔޭގައި ޖެހިގަތް އެސްޓްރޮއިޑްގެ ސަބަބުން ބައެއް ފަރުބަދަތައް ގޮވައި ދިޔައިރު، ޑައިނަސޯގެ ނިމުން ވެސް އެއާއި އެކު އައީ އެވެ.

މުޅިން ޔަގީން ނަޒަރިއްޔާތެއް ނެތް

ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޑައިނަސޯގެ ބާވަތްތައް ވެސް އަދި މުޅިން ދުނިޔެއަކުން ނިމިގެން ނުދާ ކަމުގަ އެވެ. ދުނިޔޭން މިހާރު ވެސް މި އާއިލާއަށް ނިސްބަތްވާ ދިހަހާހެއްހާ ދޫނިސޫފާސޫފި އުޅޭ ކަމުގައި ސައިންޓިސްޓުން ބުރަވެ އެވެ. ބައެއް ސައިންޓިސްޓުން އެ ކަން ވެސް ގަބޫލެއް ނުކުރެ އެވެ.

މި ބަހުސްގައި ދުނިޔޭގެ ސައިންޓިސްޓުންނަށް ޔަގީންވެ ބުރަވާ ނަޒަރިއްޔާތެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox