ލުނބޯ އާއި މިރުހުގެ އަގު ރަނަށްވެ، ލޯކަލް މާރުކޭޓު ހުސްކޮށް!

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ގިތެޔޮ މިރުސް ތަކެއް. މިރުސް ކިލޯއެއް ވިއްކަނީ 700ރ. އަށް --- =ފޮޓޯ: އަދަދު/އަހުމަދު ސައީދު

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ގިތެޔޮ މިރުސް ތަކެއް. މިރުސް ކިލޯއެއް ވިއްކަނީ 700ރ. އަށް --- =ފޮޓޯ: އަދަދު/އަހުމަދު ސައީދު

ބާޒާރުގައި ލުނބޯ އާއި ގިތެޔޮ މިރުހުގެ އަގު ރަނަށްވެ، ރޯދަ އާ ދިމާވިއިރު އެންމެ ބޮޑު ލޯކަލް މާރުކޭޓު ވަރަށް ބޮޑަށް ހީނަރު ވެއްޖެ އެވެ.

ބާޒާރުގައި ލުނބޯ އާއި ގިތެޔޮ މިރުހުގެ އަގު މީން ޒަމާނަކު ވެސް ނުދާހާ މިންވަރަށް ވަނީ އުފުލިފަ އެވެ. ސަތޭކަ ގްރާމް މިރުސް 60ރ. އަށް ވިއްކާއިރު، މިރުސް ކިލޯއެއް ގަންނަން ލިބެނީ 700ރ. އަށެވެ.

މާރުކޭޓުގެ ހައެއްކަ ގޮޅީގައި ތާޒާ ގިތެޔޮ މިރުސް ވިއްކަން ހުރި ނަމަވެސް، ގޮޅިތަކުން ބުނާ ގޮތުގައި މިރުހުގެ އަގު އުފުލިފައި ވަނީ ބޭނުންވާ ވަރަށް ބާޒާރަށް މިރުސް ނުގެންނާތީ އެވެ.

ލުނބޯގެ އަގު އުފުލެމުން އަންނަތާ މަހެއްހާ ދުވަސް ވެފައިވާއިރު، މިއަދު ތާޒާ ލުނބޯ ކިލޯއެއްގެ އަގު ހުރީ 140ރ. އާ 150ރ. އަށެވެ.

ރާއްޖެ އަށް ލަންކާ އާއި އިންޑިޔާ އަދި ވިއެޓްނާމުން ލުނބޯ އެތެރެ ކުރެ އެވެ.

"މިއީ އިންޑިޔާގަ ލުނބޯ މޫސުމެއް ނޫން، ވިއެޓްނާމުން ވެސް ލިބުން ދަތިވެގެން އުޅޭނީ، އެހެން ވީމަ ލުނބޯގެ އަގު އެހާ ބޮޑީ،" ލުނބޯ އެތެރެކޮށް ވިއްކާ ފިހާރަ އަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ބަންގްލަދޭޝް އިން ގެންނަ ލުނބޯ ވެސް ވިއްކާނީ 120ރ. އަށްވުރެ ބޮޑުކޮށެވެ. ލުނބޯގެ އަގު ދަށްވާނެ ދުވަހެއް އަދި ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ.

ޔޔޔ
ޔޔޔ

އެންމެ ބޮޑު ލޯކަލް މާރުކޭޓުގެ ގޮޅިތައް: އަލަށް ދޫކުރުމާ ގުޅިގެން، ގިނަ ގޮޅިތައް މިއަދު ހުރީ ހުސްކޮށް-- އަދަދު ފޮޓޯ އަހުމަދު ސައީދު

އެންމެ ބޮޑު ލޯކަލް މާރުކޭޓު ހުސްކޮށް

ޒަމާނުއްސުރެ ބާޒާރު މަތީގައި ހިންގާ އެންމެ ބޮޑު ލޯކަލް މާރުކޭޓުގެ ގޮޅިތައް މިއަދު ހުރީ "ހުސްވެފަ" އެވެ. ގޮޅިތަކުގެ މީހުން ބުނާ ގޮތުގައި އެހެން ދިމާވީ ރޯދަ މަހާ ދިމާކޮށް އަލުން ގޮޅިތައް ދޫކުރުމުން، ގޮޅިތައް ލިބުނު މީހުންނަށް އަދި ތައްޔާރު ނުވެވޭތީ އެވެ.

"އެކި ގޮޅިތަކަށް މީހުން ބަދަލުވި ވަގުތެއް ވީމަ، އަދި ނުފެށިގެން އުޅޭނީ، މާދަމާ ގޮޅިތަކަށް އެއްޗެހި އަންނާނެ،" ގޮޅިއެއް ހިންގާ އއ. ތޮއްޑޫ އަލީ ހަސަން ބުންޏެވެ.

އެންމެ ބޮޑު މާރުކޭޓުގެ ގޮޅިތައް ހީނަރުވެފައިވީ ނަމަވެސް، މަސް މާރުކޭޓުގެ ކުރިމަތީ ހުންނަ ލޯކަލް މާރުކޭޓާއި މާލެ ތެރޭގައި ހިންގާ މާރުކޭޓު ތަކުގައި ގިނަ ބާވަތްތަކެއްގެ ތަރުކާރީ އާ މެވާ އެބަހުއްޓެވެ. ނަމަވެސް، ރޯދަމަސް ފެށޭ އިރާ ބަލާއިރު، ބާޒާރުގައި އުފެދުންތައް މަދުވެ އަގުވެސް ވަނީ އުފުލިފަ އެވެ.

ދދދދ
ދދދދ

ބާޒާރު މަތީގައި ހިންގާ ތަރުކާރީ އާ މޭވާ ވިއްކާ ފިހާރަ އަކުން މީހުން ވިޔަފާރި ކުރަނީ -- ފޮޓޯ: އަހުމަދު ސައީދު/އަދަދު

ބައެއް ބާވަތްތަކުގެ އަގުތައް

  • ކަރާ ކިލޯއެއް 25ރ.
  • ދޮންކެޔޮ ކިލޯއެއް 30ރ.
  • އިޒްރޭލު ފަޅޯ ކިލޯއެއް 45ރ.
  • ޕެޝަން ފުރުޓް ކިލޯއެއް 90ރ.
  • ކިޔުކަމްބާ ކިލޯއެއް 35ރ.
  • ލެޓިއުސް ކިލޯއެއް 45-50ރ.
  • ބަނބުކޭލެއް 90ރ.
  • ވެކިޔުމް ޕެކްޑް ވަޅޯމަސް ކިލޯއެއް 90ރ.
  • ވަޅޯމަހެއް 15-60ރ.
  • ރޯ ކަނޑުމަސް ކިލޯއެއް 30-35ރ.
  • ރޯ ކަންނެލި ކިލޯއެއް 40-45ރ.

ލޯކަލް މާރުކޭޓުގެ ގޮޅިތަކުން ބުނާ ގޮތުގައި މާދަމާ އަންނަ ދޯނިފަހަރުން ކަރަލާއި ކުރުނބަލާއި ރޯދަމަހަށް ބޭނުންވާ ދަނޑުވެރިކަމުގެ އެނޫން ވެސް ބާވަތްތައް ގެންނާނެ އެވެ. ލާފާ ކުރެވޭ ގޮތުގައި ބާޒާރުގައި ތަކެތީގެ އަގު ހަމައަކަށް އެޅޭނީ ރޯދަ މަސް ފެށޭތާ ދެތިން ދުވަހެއް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox