ހެއްދެވި ފަރާތް ބުނެދިނުން

ހެއްދެވި ފަރާތް ބުނެދިނުން

يَا أَيُّهَا النَّاسُ ނުވަތަ "އޭ އެންމެހައި މީސްތަކުންނޭވެ!" މި ލަފުޒު ހިމެނޭ 20 އާޔަތެއް ކީރިތި ގުރުއާނުގައި ވެއެވެ. އޭގެ ތެރެއިން އަންނަމްލު ސޫރަތުގެ 16 ވަނަ އާޔަތް ފިޔަވައި، އެހެން ހުރިހާ އާޔަތްތަކަކީ މުޅި އިންސާނިއްޔަތާ މުހާތަބުކުރައްވައި އާލަމްތަކުގެ ވެރިރަސްކަލާނގެ ދެއްވާ އެކަލާނގެ މެސެޖްތަކެވެ. އަންނަމްލު ސޫރަތުގެ 16 ވަނަ އާޔަތުގައި އެ ލަފުޒު އައިސްފައިވަނީ ސުލައިމާން އަލައިހިއްސަލާމްގެ ގައުމުގެ މީހުންނާ އެކަލޭގެފާނު މުހާތަބުކުރައްވައި ވިދާޅުވި ވާހަކަފުޅެއް ބަޔާންކުރެއްވުމުގެ ގޮތުންނެވެ. ބާކީ އޮތް 19 އާޔަތް ދިރާސާކުރުން މުހިންމުވަނީ، ކީއްވެކަން އެއާޔަތްތަކަށް ވިސްނާފިކުރުކުރުމުން މެނުވީ ސާފެއް ނުވާނެ އެވެ. އެއާޔަތްތަކަށް ނަޒަރު ދޭއިރު ފާހަގަވާ ކަންކަމުގެ ތެރެއިން މިމަޒުމޫނުގައި ބަލާލާނީ، ހެއްދެވި ފަރާތް ބަޔާންކޮށްދިނުމުގެ ހާއްސަކަމަށެވެ.

"އޭ މީސްތަކުންނޭވެ!" މި ނިދާފުޅުން މުޅި އިންސާނިއްޔަތާ މުހާތަބުކުރައްވާފައިވާ 19 ބަސްފުޅުގެ ތެރެއިން 6 ބަސްފުޅެއްގައި މާތް ﷲ މުޅި އިންސާނިއްޔަތަށް ބަޔާންކޮށްދެއްވާ ހަގީގަތްތަކުގެ މައިގަނޑު ހުއްޓެނީ ހެއްދެވި ފަރާތަކީ އެކަލާނގެކަން އަންގަވައިދެއްވުމުގެ އަސާސްގެ މައްޗަށެވެ. މުޅި އިންސާނިއްޔަތަށް އެންމެ ފުރަތަމައަށް ގޮވާލެވެންޖެހޭ ގޮވާލެވުމަކީ ކޮބައިކަން މިއާޔަތްތަކަށް ވިސްނާފިކުރު ހިންގުމުން އެނގެ އެވެ. އަދި އެގޮވާލެވުން ބައްޓަންކުރަންޖެހޭ މަންހަޖަކީ ކޮބައިކަން އެނގެ އެވެ.

އަލްހައްޖު ސޫރަތުގެ 73 ވަނަ އާޔަތަށް ވިސްނަވާށެވެ! "އޭ މީސްތަކުންނޭވެ! ﷲ މިސާލެއް ޖައްސަވައިފި އެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެއެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސް މެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެ އެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެން ވެއެވެ."

ފާޠިރު ސޫރަތުގެ 3 ވަނަ އާޔަތް ވެސް ބައްލަވާށެވެ! " އޭ މީސްތަކުންނޭވެ! ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ހަނދުމަކުރާށެވެ! ﷲ މެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒުގުދެއްވާ ކަލަކު ވޭހެއްޔެވެ؟ އެކަލާނގެ މެނުވީ އިލާހަކު ނުވެ އެވެ. ފަހެ، ތިޔަބައިމީހުން އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟"

މިއާޔަތްތަކަށް ބަލާއިރު، ހެއްދެވި ފަރާތް ވޮޑިގެންވާކަން ބަޔާންކޮށްދީ ވިސްނައިދިނުމަށް މިސާލުޖެހުމާއި ބުއްދީގެ ދަލީލުތައް ދެއްކުމަކީ ކޮންމެހެން ކުރާންޖެހޭނެކަމެއްކަން އެނގެ އެވެ. ބުއްދީގެ މަގުތަކުން ވިސްނައި އެމަގަށް ހަމަ ދެއްކޭނެ ސުވާލުތައް ކުރިމަތިކުރުވައި، ހެއްދެވި ފަރާތެއް ވޮޑިގެންވާކަން ބަޔާންކޮށްދީ ވިސްނައިދިނުމަކީ އެކަން ދެނެގަނެވިފައިވާ މީހުންގެ މައްޗަށް އެނޫން އަނެކުންގެ ހައްގެއްކަން ސާފު ވެއެވެ. އަދި ވިސްނާ ފިކުރުކޮށް އަމިއްލަ ނަފުސާއި ސުވާލުކޮށް، ދުނިޔޭގެ ހަގީގަތްތަކަށް ފިކުރު ހިންގުމުގެ ތެރެއިން ހާލިގުވަންތަ ﷲ ވޮޑިގެންވާކަން ދެނެގަނެ މައުރިފާވެގަތުމަކީ އިންސާނުންނަށް ދެވިފައިވާ ރައްބާނީ ދައުވަތެއްކަން ވެސް ސާފެވެ.

ބުއްދީގެ ހަމަތަކުން ﷲ ވޮޑިގެންވާކަން ދެނެގަނެވި މައުރިފާވުމަށްފަހު، ދެން އޮތީ އެކަލާނގެއަށް ކިޔަމަންތެރިވުމެވެ. އަޅުކަންކުރާންޖެހޭނެ ފަރާތަކީ ހެއްދެވި ފަރާތްކަމަށްވާތީ އެވެ.

އަލްބަޤަރާ ސޫރަތުގެ 21 ވަނަ އާޔަތް ބައްލަވާށެވެ! "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެ އެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން ތަގުވާވެރި ވުމަށްޓަކައެވެ." ހަމަ މިމޭރުމުން، އަންނިސާއު ސޫރަތުގެ 1 ވަނަ އާޔަތުގައި ހެއްދެވި ފަރާތަށް ތަގުވާވެރިވުމަށް އަންގަވައި އެކަމުގެ ސަބަބަކީ، ހެއްދެވި ފަރާތަކީ އެކަލާނގެކަމަށްވުމާއި އެކަލާނގެ އިންސާނުން ހެއްދެވި ގޮތުގެ ތަފުސީލު ބަޔާންކުރައްވާފައި ވެއެވެ. އަދި އެކަލާނގެއީ ބައްލަވާވޮޑިގެންވާ ކަލާނގެކަމުގައި އަންގަވާފައި ވެއެވެ.

މިމޭރުމުން އޮތް އަނެއް އާޔަތަކީ، އަލްޙުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތެވެ. "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ގައުމުތަކަށާއި، ގަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތައާރަފު ވުމަށްޓަކަ އެވެ. ހަމަކަށަވަރުން ﷲ ގެ ހަޒުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަގުވާވެރި މީހާ އެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."

އެކުއެކީގައި މިއާޔަތްތަކަށް ވިސްނުމުން މުޅި އިންސާނިއްޔަތަށް ފުރަތަމަ އޮތް ދައުވަތަކީ، ﷲ އަކީ ހެއްދެވި ފަރާތްކަމާއި އެކަލާނގެ ވޮޑިގެންވާކަމަށް ވިސްނާ ފިކުރުކުރުމުގެ ދައުވަތެކެވެ. އެޔަށްފަހު ކިޔަމަންތެރިކަން އަދާކުރުމުގެ ދައުވަތެވެ. އާދޭހެވެ. ހެއްދެވި ފަރާތަކީ ﷲ އެވެ. ރިޒުގު ދެއްވަނީ އެކަލާނގެ އެވެ. އެކަލާނގެ އެންމެހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވެއެވެ. އަދި އެކަލާނގެއީ ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެ އެވެ. އެހެންވީމާ އަޅުކަންކުރަންޖެހޭ ފަރާތަކީ އެކަލާނގެ ކަމާމެދަކު ޝައްކެތް ނެތެވެ.

އެކަމުގެ ސަބަބު ފާޠިރު ސޫރަތުގެ 15 ވަނަ އާޔަތުން 17 ވަނަ އާޔަތަށް ބަޔާންކޮށްދެއްވާފައި ވެއެވެ. "އޭ މީސްތަކުންނޭވެ! ﷲ އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ހަމްދުލިބިވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި އާ މަހުލޫގުންތަކެއް ގެންނަވައިފާނެ އެވެ. އަދި އެކަންތައް ﷲ އަށް އުނދަގޫ ކަމަކަށް ނުވެ އެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox