އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ފަސް ބަދަލު ގެނެވޭނެ

Mar 31, 2022, 3:54 PM
އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ފަސް ބަދަލު ގެނެވޭނެ

ލަންޑަން (މާޗް 31) - އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ފަސް ބަދަލު ގެނެވޭ ގޮތަށް ހަދަން ކްލަބްތަކުގެ މެޖޯރިޓީ ތާއީދާ އެކު ނިންމައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަަަނަ އަހަރުގެ ކުރީކޮޅުގައި ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އެ އަހަރު މެއި މަހު އަލުން ފެށި ފަހުން ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭ ގިނަ މުބާރާތްތަކުގައި ފަސް ބަދަލު ގެނެވޭ ގަވާއިދަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.

އޭގެ ފަހުން ފުޓްބޯޅައިގެ ގަވާއިދު ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ވަނީ ފުޓްބޯޅައިގެ ގަވާއިދުގައި މެޗުތަކުގެ ތެރެއިން ދާއިމަށް ފަސް ބަދަލު ކުރެވޭ ގޮތަށް ހުށަހަޅައިފަ އެވެ. ފަސް ބަދަލު ކުރެވޭނީ ތިން ފުރުސަތުންނެވެ. މި ތިން ފުރުސަތުގެ ތެރޭގައި ހާފް ޓައިމްގައި ކުރާ ބަދަލު ނުގުނާނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުން މިހާތަނަށް އައިއިރު ވެސް އެކަން ނުކުރެވި އޮތީ މެޖޯރިޓީ ކްލަބްތަކުގެ ތާއީދު އެކަމަށް ނެތުމުންނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކްލަބްތަކުގެ ވޯޓަށް އަހައިގެން ވެސް އޮތީ ފަސް ބަދަލު ގެންނަ ގަވާއިދަށް ޕްރިމިއާ ލީގުގައި އަމަލުކުރަން ނުފެށި އެވެ. އެކަމަކު، އެންމެ ފަހުން ކްލަބްތަކުގެ މެދުގައި ބޭއްވި ބައްދަލުވުމުގައި އެ ގަވާއިދަށް އަމަލުކުރަން މެޖޯރިޓީގެ ތާއީދު ލިބި އަންނަ ސީޒަނުން ފެށިގެން ފަސް ބަދަލުގެ ގަވާއިދު ގެންނަން ނިންމީ އެވެ.

އިނގިރޭސި އެފްއޭ ކަޕްގައި މިހާރު ވެސް އަންނަަނީ ފަސް ބަދަލުގެ ގަވާއިދަށް އަމަލު ކުރަމުންނެވެ.

ޕްރިމިއާ ލީގުގެ ކްލަބްތަކުން ދެން އެއްބަސްވެފައިވާ އުސޫލުތަކަށް ބަލާއިރު، އަންނަ ސީޒަނުގެ ޓްރާންސްފާ މާކެޓް ފަށާނީ ޖޫން 10 އިންނެވެ. އަދި ސެޕްޓެމްބަރު 1 ވަނަ ދުވަހަށް ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ޓްރާންސްފާ މާކެޓް ބަންދުވާނެ އެވެ. މީގެ އިތުރުން އަންނަ މަހު ހަތަރަކުން ފެށިގެން ޕްރިިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން ހަފްތާ އަކު ދެ ފަހަރު ކޮވިޑަށް ޓެސްޓް ކުރުމުގެ ކަންކަން ދޫކޮށްލާނެ އެވެ. ދެން ޓެސްޓް ކުރާނީ ހަމައެކަނި ސިމްޕްޓަމްސް ފެންނަ މީހުން އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox