ގޯލްޑަން ފުޓްސަލް ޗެލެންޖް 2022: ތިމަރަފުށިން ތާރީހު އިތުރަށް ފުރިހަމަކުރަން، ގާފަރުން ބޮޑު ޓާގެޓަކާ އެކު

Mar 30, 2022, 7:16 AM
ގޯލްޑަން ފުޓްސަލް ޗެލެންޖް 2022: ތިމަރަފުށިން ތާރީހު އިތުރަށް ފުރިހަމަކުރަން، ގާފަރުން ބޮޑު ޓާގެޓަކާ އެކު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 މިރޭ ނިމުމަކަށް އަންނާނީ ވަރަށް ފޯރިގަދަ ފައިނަލަކަށް ފަހުކަން ޔަގީނެވެ. މިރޭގެ ފައިނަލުުގައި އެއްކޮޅުން ނުކުންނަ ތ. ތިމަރަފުށްޓަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންގެ އިތުރުން, މުބާރާތުގެ ތަށި ދެ ފަަހަރު (2016 އާއި 2019 ގައި) އުފުލާލި ހަމައެކަނި ޓީމު ވެސް މެ އެވެ. އަނެއްކޮޅުން ނުކުންނަ، ކ. ގާފަރަކީ ފުޓްސަލްގައި ކުރިއެރުން ހޯދަމުން އަންނަ ރަށެކެވެ.

ގާފަރާއި ތިމަރަފުށީގެ ފައިނަލަށް ނުކުންނައިރު، ދެ ޓީމުން މި މުބާރާތުގައި މިހާތަނަށް ދެއްކި ކުޅުމަށް ބަލާއިރު، ފެނުނު އެއް މަންޒަރު އެބައޮތެވެ. އެއީ ކޮންމެ މެޗެއްގެ ވެސް ފަހު ވަގުތާ ހަމައަށް ކުރި ހިތްވަރު ވަރުގަދަ ވުމެވެ.

ތިމަރަފުށިން މިރޭގެ ފައިނަލަށް ނުކުންނައިރު، އޮންނާނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ޓީމަކީ އެ ޓީމަށް ވުމެވެ. އަމުދުން މުބާރާތުގައި ބަލިނުވެ، ފައިނަލަށް އައިއިރު، ނޮކައުޓް ބުރުގައި މެޗަކަށް ފަހު މެޗެއް ތިމަރަފުށިން ނެރުނު ނަތީޖާ އަކީ އެ ޓީމަށް ފައިނަލް މެޗު ކުޅެން ނުކުންނައިރު، އޮންނާނެ އިތުބާރެކެވެ.

ތިމަރަފުށީ ފުޓްސަލް ޓީމުގެ ކޯޗު، އަދި ރާއްޖޭގައި އެންމެ ގިނަ ދުވަހު ފުޓްސަލް ކުޅެފައިވާ ކުޅުންތެރިންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުޅުންތެރިޔާ، އަލީ ފަހުމީ ބުނީ ގާފަރަކީ މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި އެ އިހުތިރާމް އޮންނާނެ ކަމަށެވެ. އަދި ތިމަރަފުށީ ޓީމުން ގާފަރު ކައިރީގައި ނަތީޖާ ނެރެން ނުކުންނައިރު، ކުރިން މެޗުތަކަށް ވުރެ މަސައްކަތް ކުރާނެ ކަމަށާާއި ޓީމުގެ ހުނަރާ އެއްވަރަށް މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ޓީމު މިހާތަނަށް ނެރެފައިވާ ނަތީޖާތަކީ ބުރަ މަސައްކަތުން ހާސިލްކޮށްފައިވާ އެއްޗެއް. ފައިނަލުގައި ގާފަރާ ކުޅެން ޖެހުމުން ވެސް އިތުރު މަސައްކަތެއް ކޮށްގެން ކާމިޔާބު ހޯދަން މަސައްކަތް ކުރާނީ. އިންޝާﷲ އެ ގޮތަށް މި ތިބީ،" އައްޔަ ބުންޏެވެ.

ތިމަރަފުށިން އަތޮޅު ބުރާއި ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދިއިރު، ފެނުނު ކުޅުމަށް ވުރެ، ނޮކައުޓް ބުރުގައި ފެންނަނީ ތަފާތު ރޫހެކެވެ. ޒޯން ބުރުގައި ކުޑަހުވަދޫއާ 2-2 އިން އެއްވަރުވިއިރު، އޭގެ ފަހުން ޒޯން ފަހު މެޗުގައި 15-0 އިން ފ. ބިލެއްދޫ ބަލިކޮށް، ގަދަ 16 ބުރުގައި ފަހަތުން އަރައި 6-2 އިން އއ. މަތިވެރި ބަލިކުރުމުގެ އިތުރުން ކުއާޓާ ފައިނަލުގައި ރ. ދުވާފަރު 8-2 އިން ބަލިކޮށް، އެންމެ ފަހުން ސެމީ ފައިނަލުގައި ވަނީ ކުޑަހުވަދޫ އަތުން 7-1 އިން މޮޅުވެފަ އެވެ. މި މުބާރާތުގައި ތިމަރަފުށިން ވަނީ އެ ޓީމާ ބައްދަލުކުރި ކޮންމެ ޓީމެއް އަތުން ވެސް މޮޅުވެފަ އެވެ.

ގާފަރުން ވަނީ މީގެ ކުރިން 2015 ވަނަ އަހަރުގެ ފައިނަލުގައި ބ. ހިތާދޫ އަތުން ބަލިވެފަ އެވެ. އެކަމުގެ ހަނދާން ނައްތާލަން މިރޭގެ ފައިނަލްގެ ބޭނުން ހިފަން ގާފަރުން ބޭނުންވެ އެވެ.

ގާފަރުގެ ކޯޗަކަށް ހުރީ ފުޓްސަލްގައި ކާމިޔާބު ކުޅުންތެރިޔާ، މުހައްމަދު އައްޒާމް އެވެ. އައްޒާމް، "ވަން އޮންލައިން" އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ފަހަރުގެ މުބާރާތަށް ކުރިމަތިލިއިރު، ފުރަތަމަ މެޗުން ފެށިގެން ވެސް އަޒުމަކަށްވީ ފައިނަލުގައި ކުޅުން ކަމަށެވެ.

ގާފަރުން ވަނީ ކ. އަތޮޅުގެ ޗެމްޕިއަންކަމާއި ވާދަކުރި ޒޯން ތަށި ވެސް އުފުލާލައިފަ އެވެ. ގާފަރުގެ ކާމިޔާބީގައި އައްޒާމް ފާހަަގަކުރަނީ ޓީމުގެ ސަޕޯޓަރުން ދޭ އެއްބާރުލުމެވެ. އަދި ސަޕޯޓަރުންގެ އެހީގައި ފައިނަލަށް ނުކުންނައިރު، ތިމަރަފުށްޓައް ދޭން ޖެހޭ އިހުތިރާމް އޮންނާނެ ކަމަށް އައްޒާމް ވަނީ ބުނެފަ އެވެ.

"ގާފަރު ހުރިހާ ރައްޔިތުން އޮތީ ޓީމާ އެކުގަކަން އެނގޭ. ދުވަހެއް ދުވަހަކަށް ސަޕޯޓަރުން ދަނީ އިތުރުވަމުން. އެއީ ފައިނަލް މެޗަށް ޓީމަށް ލިބޭ އިތުރު ހިތްވަރެއް،" އައްޒާމް ބުންޏެވެ.

"ތިމަރަފުއްޓަކީ އެންމެފަހުގެ ޗެމްޕިއަނުންނަށް ވުމާ އެކު ފައިނަލް މެޗު ޗެލެންޖަކަށް ވާނެ. މެޗަށް ނުކުންނާނީ ގާފަރަށް ވުރެ ތިމަރަފުއްޓަކީ ވަރުގަދަ ޓީމެއް ކަމަށް ބަލައިގެން. ތިމަރަފުށީގެ ކޮންމެ ކުޅުންތެރިޔަކީވެސް މޮޅު ކުޅުންތެރިއެއް ކަމަށް ބަލައިގެން މެޗަށް ނުކުންނާނީ. އިންޝާﷲ އޯވަ-ކޮންފިޑެންޓް ނުވާނެ،" އައްޒާމް ބުންޏެވެ.

ގާފަރުން ފައިނަލަށް ދަތުރުކުރިއިރު، ބައެއް މެޗުތަކުގައި ޓީމުގެ ބެންޗުން އައްޒާމް ނުފެނެ އެވެ. އެކަމަކު، މިރޭގެ ފައިނަލުގައި އޭނާ ޓީމާ އެކު ހުންނާނެ އެވެ.

މުބާރާތުގައި ގާފަރުން ކުޅުނު މެޗުތަކުން ބަލިވެފައި ނުވި ނަމަވެސް ޒޯން ބުރުގައި ވަނީ ދެ މެޗުން އެއްވަރުވެފަ އެވެ. އެއީ އއ. މަތިވެރި އާއި ޅ. ހިންނަވަރާ ކުޅުނު މެޗުގަ އެވެ.

ނޮކައުޓް ބުރުގައި ގާފަރުން ފުރަތަމަ ނުކުތީ ގަދަ 16 ބުރުގައި ކޮނޑޭއާ ދެކޮޅަށެވެ. އެ މެޗުން 2-1 އިން މޮޅުވިއިރު، ދެން ކުއާޓާގައި މާފަންނު އަތުން ގާފަރު މޮޅުވީ ފަހު ވަގުތު ޖެހި ގޯލުތަކާ އެކު 4-0 އިންނެވެ. އަދި އެންމެ ފަހުން ސެމީ ފައިނަލް މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެންނެވެ.

ދެ ޓީމުގައި ވެސް ފުޓްސަލް ތަރިން ގިނަ

ގޯލްޑަން ފުޓްސަލް ޗެލެންޖް މި ފަހަރު ފަށައިގެން އައިއިރު، މުބާރާތުގައި ވާދަކުރި 91 ޓީމުގެ ބެންޗުން ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ކުޅެން އެރި ޓީމުތަކުގެ ތެރެއިން ފާހަގަކުރެވޭ ދެ ޓީމަކީ ތިމަރަފުށްޓާއި ގާފަރެވެ. ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑެތި ފުޓްސަލް މުބާރާތްތަކުގައި ވެސް ގާފަރާއި ތިމަރަފުށީގެ ގިނަ ކުޅުންތެރިންތަކެއް އެކި ޓީމުތަކަށް ކުޅުނެވެ. މިދިޔަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެއް ރަށަކަށް އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވާ ދެ ރަށަކީ ވެސް ގާފަރާއި ތިމަރަފުށްޓެވެ. ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އާރްޑީސީ ޓީމުގެ މެޖޯރިޓީ އަކީ ތިމަރަފުށީގެ ކުޅުންތެރިންނެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ގޯލު ޖެހުމަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ ތިމަރަފުށީގެ އަލީ ސިފާއު (ރޮނާ) އެވެ. އޭނާއާ އެންމެ ކައިރީގައި އޮތް ގާފަރު ކުޅުންތެރިއަކީ އަލީ މާއިޝް (މައްޓު) އެވެ.

ތިމަރަފުށިން މިރޭގެ މެޗަށް ނުކުންނައިރު އޮންނާނެ ހިތްހަމަޖެހުމަކީ އެ ޓީމުގެ ކެޕްޓަން، އިބްރާހިމް ސިނާހު (ސިނާ) ސަސްޕެންޝަނަށް ފަހު އަލުން ޓީމާ ގުޅުމެވެ. ސެމީ މެޗުގައި ދެ ކާޑު ހަމަވެގެން ސިނާ ނުކުޅެ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި އިސްމާއިލް ސިޔާދު ސެމީގައި މޮޅަށް ކުޅުނެވެ.

އަނެއްކޮޅުން ގައުމީ ފުޓްސަލް ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ނުކުޅެވޭ ގޮތަށް ނިންމާފައި އޮތްއޮތުން، ބަދަލުކޮށް ހާއްސަ ހުއްދައެއްގެ ދަށުން ގާފަރު ޓީމަށް މިރޭ ސާމިން މުހައްމަދު ނަސީރަށް ކުޅެވޭނެ އެވެ.

ގާފަރާއި ތިމަރަފުށި ޓީމުގައި ތިބި ފާހަގަކޮށްލެވޭ ނަންތަކަށް ބަލާއިރު، ތިމަރަފުށީ ޓީމުގެ އިބްރާހިމް އަސްވަދު (ގަބޭ) އާއި އާދަމް ނާސިރު (އާދަންނާ) އަދި އިސްމާއިލް މުނީޒް އަންނަނީ މި މުބާރާތުގައި ކުޅުނު ކޮންމެ މެޗެއްގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ބަދަލަކަށް އަރައި، ތިމަރަފުށީ ޓީމުގެ އިބްރާހިމް ހަމްދާން ވެސް ރަނގަޅު ކުޅުމެއް ދައްކައި މުހިންމު ގޯލުތަކެއް ޖަހާފައިވެ އެވެ.

ގާފަރަށް ބަލާއިރު، އެ ޓީމުގެ ނާއިހް މުފީދާއި، ސަނީމް ޝަމާއިލް އަދި ގަައިސާން އަބޫބަކުރު މާހިރު އަކީ އެ ޓިމުން ފައިނަލަށް ދަތުރުކުރިއިރު، އިސް ރޯލެއް ކުޅުނު ކުޅުންތެރިންނެވެ. ތިމަރަފުށީގެ ކީޕަރު މުހައްމަދު ސަރުހާން އާއި ގާފަރުގެ ކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ) ވެސް ފެންނަނީ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަތަނެވެ.

ގާފަރާއި ތިމަރަފުށި ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox