ހާޓްއެޓޭކް ޖެހުނު ދަނޑަށް އެނބުރި އައިސް އެރިކްސަން ދެއްކީ ހިތްވަރު

Mar 30, 2022, 3:48 AM
ހާޓްއެޓޭކް ޖެހުނު ދަނޑަށް އެނބުރި އައިސް އެރިކްސަން ދެއްކީ ހިތްވަރު

ކޯޕެންހާގެން، ޑެންމާކް (މާޗް 30) - މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ހާޓްއެޓޭކެއް ޖެހިގެން ބޭލިއިރު، އެ މެޗު ކުޅުނު ދަނޑަށް އެނބުރި އައިސް ރޭ ސާބިއާއާ ދެކޮޅަށް ޑެންމާކްގެ ކެޕްޓަންކަން ކޮށް، އެރިކްސަން ގޯލު ޖަހައި ހިތްވަރު ދައްކައިފި އެވެ.

ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދަނޑުގެ އަރިމައްޗަށް އެރިކްސަން، 29، ވެއްޓުނީ ހާޓްއެޓޭކެއް ޖެހި ހިތް ހުއްޓިގެންނެވެ. ދަނޑުމަތީގައި ފަރުވާދީ، އެރިކްސަން ހޭއެރުމުން، ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ފަހުން މި ހޭދަވީ މުއްދަތުގައި އެރިކްސަން އަށް ވަނީ އޭނާ ކުރިން ކުޅެމުން އައި އިންޓަ މިލާން ދޫކޮށްލަން ޖެހިފަ އެވެ. އަލުން ފުޓްބޯޅަ ކުޅެވޭނެ ކަމުގެ އުންމީދެއް ލިބި، އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ކުޅެމުން އަންނަ އެރިކްސަން މި ވަނީ ގައުމީ ޓީމަށް އެނބުރި އައިސް ކުޅުނު ދެ މެޗުގައި ނެދަލެންޑްސް އާއި ސާބިއާ ކޮޅަށް ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗު އެރިކްސަން އަށް ހާއްސަވަނީ އޭނާ އަށް ދިމާވި ހިތްދަތި ހާދިސާ ހިނގިތާ 290 ދުވަސް ފަހުން އެ ދަނޑަށް އަލުން އައިއިރު، ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ވެސް އޭނާ ކަމަށްވާތީ އެވެ.

"ޕާކެން ސްޓޭޑިއަމަށް އެނބުރި އައިސް، ކެޕްޓަން ބޭންޑް އަޅައިގެން މެޗެއް ކުޅެލައި، ގޯލެއް ޖެހުނުއިރު، މި ލިބުނު ސަޕޯޓް ފެނިފައި ގައިން ހީބިހި ނަގާ. ވަރަށް ބޮޑަށް އުފަލުން މި ހުރީ،" ރޭ ސާބިއާ ކޮޅަށް ޑެންމާކްގެ ފަހު ގޯލު ޖެހި އެރިކްސަން މެޗަށް ފަހު ބުންޏެވެ.

ޑެންމާކްގެ ފުރަތަމަ ދެ ގޯލު ޖެހީ ޔަކީމް މޭލާ އާއި ޔެސްޕާ ލިންޑްސްޓްރަމް އެވެ.

ރޭ ޔޫރަޕްގައި ކުޅެވުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ތޯމަސް މުލާ ގޯލު ޖަހާފައިވަނިކޮށް ސްޓީވެން ބާގްވައިން ގޯލެއް ޖެހުމުން، ޖަރުމަނާއި ނެދަލެންޑްސްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އޮލީ ވަޓްކިންސް، ރަހީމް ސްޓާލިން އަދި ޓައިރަން މިންގްސްގެ ގޯލުތަކުން އިންގްލެންޑް ވަނީ 3-0 އިން އައިވަރީ ކޯސްޓް ބަލިކޮށްފަ އެވެ. މި މެޗުގައި އައިވަރީ ކޯސްޓްގެ ސާޖް އޯރިއޭ އަށް ރަތް ކާޑެއް ދެއްކި އެވެ.

ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ޕްލޭއޮފުން ބަލިވެ، ބޮޑު މާޔޫސްކަމެއްގައި އޮތް އިޓަލީ ވަނީ ރޭ ކުޅުނު މެޗުން 3-2 އިން ތުރުކީ ބަލިކޮށްފަ އެވެ. ތުރުކީގެ ގޯލުތައް ޖެހީ ޗެންގިޒް އުންޑެއާ އާއި ސަރްދާރް ޑާރްސަން އެވެ. އިޓަލީގެ ޖިއަކޯމޯ ރަސްޕަޑޯރީ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކުރީ ބްރަޔާން ކްރިސްޓަންޓޭ އެވެ. ބެލްޖިއަމުން 3-0 އިން ބުރްކީނާ ފާސޯ ބަލިކުރިއިރު، މުހިންމު ކުޅުންތެރިން ނުކުޅެ އެވެ. ބެލްޖިއަމްގެ ގޯލުތައް ކާމިޔާބުކުރީ ހަންސް ވަނަކެން، ލެއަންޑްރޯ ޓްރޮސާޑް އަދި ކްރިސްޓިއަން ބެންޓެކޭ އެެވެ.

ސްޕެއިނުން ވަނީ 5-0 އިން އައިސްލެންޑް ބަލިކޮށްފަ އެވެ. ސްޕެއިނުގެ ގޯލުތައް ކާމިޔާބުކުރީ އަލްވާރޯ މޮރާޓާ އާއި ޕަބްލޯ ސަރާބިއާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން ޔެރެމީ ޕީނޯ އެވެ. ދެކުނު އެފްރިކާ ކައިރިން ފްރާންސް މޮޅުވީ ވެސް 5-0 އިންނެވެ. ފްރާންސްގެ ކީލިއަން އެމްބާޕޭ ދެ ގޯލު ކާމިޔާބުކުރިއިރު، އޮލިވިއޭ ޖިރޫޑާއި ވިސާމް ބެން ޔެޑާ އަދި މަޓެއޯ ގެންޑޫޒީ ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox