މިރުޒާގެ ގާތިލް ނަޒީފަށް ހުރިހާ ވާރިސުން މައާފުދީފި

މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން: ހުރިހާ ވާރިސުން ވެސް އެދުނީ ގާތިލަށް މައާފްދިނުމަށް -- ފޮޓޯ: ސްކްރީންޝޮޓް

މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން: ހުރިހާ ވާރިސުން ވެސް އެދުނީ ގާތިލަށް މައާފްދިނުމަށް -- ފޮޓޯ: ސްކްރީންޝޮޓް

ވިލިމާލޭގައި ގުރޫޕަކުން ހަމަލާދީ މަރާލި ނ. މާޅެންދޫ ވައިޓްހައުސް, އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަަލައިގައި މަރަން ހުކުމް ކޮށްފައިވާ ގާތިލަކަށް ހުރިހާ ވާރިސުން މިއަދު މައާފުކޮށްފި އެވެ.

އިސްލާމީ ޝަރީއަތުގައި މަރަށް މަރު ހިފޭނީ މަރާލި މީހާގެ ވާރިސުން އެކަމަށް ބޭނުންވާ ނަމަ އެވެ. އެއީ, ވާރިސުންގެ ހައްގެއްގެ ގޮތަށް އޮންނައިރު އެންމެ މީހަކު އެކަމަށް ދެކޮޅު ހެދި ނަމަވެސް, މަރުގެ އަދަބު ކަނޑައެއް ނޭޅޭނެ އެވެ.

މަރުގެ މައްސަލައެއްގައި މަރަން ހުކުމް ކޮށްފައިވާ ގާތިލަކަށް އެންމެ މަތީ މަރުހަލާގައި ރާއްޖޭގައި ވާރިސުން މައާފުދިން މިއީ ފުރަތަމަ ފަހަރެވެ.

މިރުޒާ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވަނީ ފުވައްމުލައް ސިޓީ, ޒާވިއާ، އަބްދުﷲ ނަޒީފް އަދި ވ. ފަޒީލާމަންޒިލް, މުހައްމަދު ޝިފާއު އެވެ. މައާފު ދޭން ވާރިސުން ބޭނުންވާ ކަމަށް ބުނެފައިވަނީ އޭގެ ތެރެއިން ނަޒީފަށެވެ.

ނަޒީފަށް ކޮށްފައިވާ މަރުގެ ހުކުމް ހައިކޯޓުން ވެސް ދަމަހައްޓާފައިވާއިރު, އެ މައްސަލަ މިހާރު ވަނީ ނަޒީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މައްސަލާގައި ކުރިން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެއް މިރުޒާގެ ބައްޕަ ނަޒީފަށް މައާފްދޭން ބޭނުންވާ ކަމަށް ބުނެ ސިޓީ ފޮނުވާފައިވާކަން ދައުލަތުން ހާމަކޮށްފަ އެވެ.

ނަޒީފަށް މައާފުދޭން ބޭނުންވާ ސަބަބެއް ކަމަށް އޭނާ ސިޓީގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި, ނަޒީފް ކުށަށް އިއުތިރާފުވެފައިވާތީ މާފުކޮށްދިނުމަށް އެދުމުންނެވެ. ނަމަވެސް, ނަޒީފް ކޯޓުގައި ކުށަށް އިއުތިރާފުވެފައެއް ނުވެ އެވެ.

އޭގެފަހުން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މިރުޒާގެ ބައްޕަ ފޮނުވާފައިވާ ސިޓީ ޔަގީން ކުރުމަށް ހުރިހާ ވާރިސުން ކޯޓަށް ހާޒިރުކޮށް, އެމީހުންގެ ބަސް ހޯދި އެވެ. މައްސަލަ ބައްލަވާ ބެންޗުން މިރުޒާގެ ބައްޕަ އިބްރާހިމް ހަސަންއާ ސުވާލުކުރުމުން ބުނީ "އަޅުގަނޑު ވާނީ މައާފު ދެއްވާފައި," ކަމަށެވެ. މާފު ދިނީ އިބްރާހިމް ހަސަން ބުނި ގޮތުގައި, ނަޒީފުގެ ފަރާތުން ބައްދަލުކޮށް, މާފުދިނުމަށް އެދުމުންނެވެ.

ދެން ތިބި ވާރިސުންނާ ސުވާލުކުރުމުން އެމީހުން ވެސް ވަނީ ނަޒީފަށް މައާދީފައިވާ ކަމަށް ބުނެފަ އެވެ. އެމީހުން ބުނި ގޮތުގައި, ނަޒީފަށް މާފުދޭން ނިންމީ, ބައްޕަ މާފުދިނުމުންނެވެ.

އޭގެފަހުން ވެސް ބެންޗުން އިބްރާހިމް ހަސަންއާ ސުވާލުތައް ކުރި އެވެ. އެގޮތުން, މައާފުދިނީ އެއްވެސް ބިރެއް ދައްކައި ނުފޫޒެއްގެ ސަބަބުންތޯ އެއްސެވެ އެވެ. އޭގެ ޖަވާބުގައި އޭނާ ބުނީ, އޭނާއަށް އެއްވެސް ބިރެއް ދައްކާފައިނުވާ ކަމަށެވެ. ނަމަވެސް, އޭނާ ގަބޫލު ކުރާ ގޮތުގައި މައްސަލާގައި ގިނަ ދުވަސްވެފައިވުމާއި, އޭނާގެ އަހުލާގު މިހާރު ރަނގަޅު ވެފައިވާ ކަމަށް އާއިލާއިން ބުނާތީ, މާފުދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގަ އެވެ.

އަދި, ނަޒީފުގެ އިއުތިރާފު މާފަށް އެދިފައިވަނީ, އޭނާ ކުށް ކުރުމުން ކަމަށް ގަބޫލުކުރާތީ ކަމަށް ވެސް މިރުޒާގެ ބައްޕަ ބުންޏެވެ. އޭނާ ބުނި ގޮތުގައި, މައާފުދޭން ނިންމީ, ދީނީ އިލްމްވެރިޔެއްގެ ލަފާ ވެސް ހޯދައިގެންނެވެ.

ނަޒީފްގެ ވަކީލް އިސްމާއިލް މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި, ނަޒީފު ކުށަށް އިންކާރުކުރި ނަމަވެސް, އޭނާގެ އާއިލާ އާއި ރަހުމަތްތެރިން މިރުޒާގެ އާއިލާއާ ބައްދަލުކުރި ކަމާއި, ނަޒީފު ކުށެއް ނުކުރި ނަމަވެސް, މިރުޒާގެ ފުރާނަ ގެއްލިފައިވާތީ އެކަމާ އޭނާ ހިތާމަކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ނަޒީފަށް ވާރިސުން މައާފުކޮށްފައިވާއިރު, ދެން ސުޕްރީމް ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް މަރުގެ ހުކުމެއް ކަނޑައެއް ނޭޅޭނެ އެވެ. އޭގެ ބަދަލުގައި އިއްވަން ޖެހޭނީ އުމުރު ދުވަހުގެ ޖަލު ހުކުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox