ގޯލްޑަން ފުޓްސަލް ޗެލެންޖް: ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށްޓާއި ގާފަރުގެ ކުރިމަތިލުމެއް

Mar 27, 2022, 8:51 PM
ލަނޑު ޖެހުމަށް ފަހު ތިމަރަފުށީ ޓީމުގެ ރޮނާ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލަނޑު ޖެހުމަށް ފަހު ތިމަރަފުށީ ޓީމުގެ ރޮނާ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022ގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށްޓާއި ކ. ގާފަރު ބައްދަލުކުރަން ޖެހިއްޖެ އެވެ.

ފައިނަލް މެޗުން ތިމަރަފުށްޓާއި ގާފަރު ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ. ގާފަރުން ސެމީގައި ބައްދަލުކުރީ މުޅިން އަލަށް މި މުބާރާތަށް ނުކުމެ، މޮޅު ކުޅުމެއް ދެއްކި ޏ. ފުވައްމުލަކު، މާލެގަން ޓީމާ އެވެ. މާލެގަން އާއި ގާފަރު 3-3 އިން އެއްވަރުވެ، ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ގާފަރު މޮޅުވީ 7-6 އިންނެވެ.

ތިމަރަފުށިން ވަނީ ދެ ވަނަ ސެމީގައި 7-1 އިން ދ. ކުޑަހުވަދޫ ބަލިކޮށްފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ގާފަރުން ލީޑުނެގީ މާލެގަން ކީޕަރު އަހުމަދު ޝަރަފް މަތަކުރި ބޯޅައެއް އެ ޓީމުގެ މުހައްމަދު ސާދު ނިޒާރު ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުންނެވެ. ގާފަރުން ލީޑުނެގުމަށް ފަހު ފަހަތަށް ޖެހިގެން ކުޅެމުންދިޔައިރު، ބަދަލުތަކެއް ގެނެސްގެން މާލެގަން ޓީމުން މެޗުގެ ތެރެއަށް ވަދެވޭތޯ ބަލަމުންދިޔަ އެވެ. އޭގެއިން ފުރުސަތެއްގައި ފުރަތަމަ ހާފުގައި މާލެގަން ޓީމުން ނަތީޖާ ހަމަހަމަކުރީ އަބްދުﷲ ރަޝީދު ޖެހި ގޯލުންނެވެ.

މާލެގަން ޓީމުގެ އަރީޝް (ވ) އަތުން ބޯޅަ ހޯދަން ގާފަރުގެ ޝާފީ މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަދަލަކަށް ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި އިބްރާހިމް އަރީޝް ދިން ބޯޅަ އަބްދުﷲ ރަޝީދު ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފް ކުޅުން ފެށިގެން މާގިނައިރެއްނުވެ، މާލެގަން އިން ލީޑުނެގި އެވެ. އަރީޝް އެޓޭކްގައި ބައިވެރިވެ، ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމުގެ އިސްމާއިލް އަލީފް އަހުމަދަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އެކި ގޮތްގޮތުން ބަލައި، ގޯލެއް ޖެހޭތޯ ގާފަރުން ކުރަމުންދިޔަ މަސައްކަތް ކާމިޔާުބުކުރީ މެޗުގެ ފަހު ކޮޅުގަ އެވެ. ގާފަރުގެ ތަރި އަލީ މާއިޝް (މައްޓު) ހުއްޓުވަން މާލެގަން އިން ވަރަށް ބޮޑަށް އޭނާ އަށް ލިބޭ ބޯޅަތަކުގައި ތިބީ ސަމާލުވެގެންނެވެ.

ގާފަރުން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުކޮށް އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ އަޒްޔާން އިބްރާހިމް ދިން ބޯޅައަކުން ގައިސާން އަބޫބަކުރު މާހިރު ޖެހި ގޯލުންނެވެ. ލިބުނު ކުޑަ ޖާގައިގެ ތެރެއިން ގައިސާން ބޯޅަ ވައްދާލި ތިރިތިރިން ގޯލުގެ ދުރު ކަނަށެވެ.

ނަތީޖާ ހަމަހަމަކުރުމަށް ފަހު ފުލުފުލުގައި ކުރަމުންދިޔަ އެޓޭކުތަކުގެ ތެރެއިން ގާފަރުން ލީޑުނެގި އެވެ. ގައިސާން ޖެހި ބޯޅަ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ޝާފީ އުމަރު ވަނީ ގޯލަށް ވައްދާލައިފަ އެވެ. މެޗު ނިމެން 15 ސިކުންތަށް ވެފައި އޮއްވައި، މާލެގަން އަށް އެއްވަރުކޮށްދިން ގޯލު ޖެހީ އަރީޝް އެވެ. ޖާގަ ލިބެންދެން ގާފަރު ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައި، ރަނގަޅު ވަގުތުގައި އަރީޝް ޖެހި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެެވެ.

ޕެނަލްޓީ ޖަހައިގެން މޮޅުވުމުން ގާފަރުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ގާފަރު މޮޅުވީ މާލެގަންގެ ދެ ޕެނަލްޓީ ހުއްޓުވައިގެންނެވެ. އެ ގޮތުން މާލެގަން ޓީމުގެ އަބްދުﷲ ރަޝީދު ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ބޭރުވިއިރު، ކެޕްޓަން އަޖުމަލް އަހުމަދު ޖެހި ޕެނަލްޓީ ގާފަރު ޓީމުގެ ކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ) ވަނީ މަތަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ފައިއްޓެ އެވެ.

ޒޯން ބުރުގައި ކުޑަހުވަދޫ އާއި ތިމަރަފުށި ކުޅުނު މެޗު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ތިމަރަފުށިން މިރޭގެ މެޗަށް ނުކުތްއިރު އޮތް ނުތަނަވަސްކަމަކީ ޓީމުގެ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ) ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރުމެވެ.

ސިނާގެ ބަދަލުގައި މިރޭ އެ މަގާމަށް ކުޅުނީ އޭނާގެ ކޮއްކޮ، އިސްމާއިލް ސިޔާދު އެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސިޔާދު ވަނީ ކުޑަހުވަދޫގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅަށް ކުޅެފަ އެވެ. ކުޑަހުވަދޫން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރި ޝައުކަތު އަމީން ގޯލު ޖެހީ ސިޔާދު ބަދަލުކުރި ވަގުތެއްގަ އެވެ.

ތިމަރަފުށިން ލީޑުނެގީ މެޗުގައި ހެޓްރިކެއް ހެދި، އަލީ ޝިފާއު (ރޮނާ) ދިން ބޯޅައަކުން އިސްމާއިލް މުނީޒް ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރި އިބްރާހިމް ހަމްދާން ތިމަރަފުށީގެ ދެ ވަނަ ގޯލު ޖެހީ ސިޔާދު ދިން ބޯޅައަކުން ކުޑަހުވަދޫ ޓީމުގެ ގޯލްކީޕަރު މާނިއު ކައިރިން ނައްޓައިފަ އެވެ. އޭގެ ފަހުން ޝިފާއު ތިމަރަފުށީގެ ތިން ވަނަ ގޯލު ޖަހައިދީފައިވަނިކޮށް، ޝައުކަތު ވަނީ ކުޑަހުވަދޫ އަށް ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާ އިތުރު ގޯލެއް ޖަހައި، ފުރަތަމަ ހާފުގައި ތިމަރަފުށްޓަށް ތިން ގޯލުގެ ލީޑެއް ނަަގައިދިނެވެ. ރޮނާގެ މި ގޯލަކީ ކައުންޓާއެއްގައި ބޯޅަ ހިފައިގެން ގޮސް ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.

ލަނޑު ޖެހުމަށް ފަހު ތިމަރަފުށީ ޓީމުގެ ޒިޔާން (ކ) އާއި ހުސެއިން އަލީ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދެ ވަނަ ހާފްގައި ކުޅެން ނުކުމެ، ތިމަރަފުށިން ޖެހި ގިނަ ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ގޮތުން ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނާ) ޖެހި ދެ ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. މި ހާފުގެ ފަހު ކޮޅުގައި ތިމަރަފުށިން ތިން ގޯލު ޖެހި އެވެ. ހުސެއިން އަލީ ދިން ބޯޅައަކުން ރޮނާ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އަނެއް ދެ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އަބްދުﷲ ޒިޔާން އެވެ. ޒިޔާންގެ އެއް ގޯލަށް ފުރުސަތު ތަަނަވަސްކޮށްދިނީ ހުސެއިން އަލީ އެވެ. އަނެއް ގޯލު ޖެހީ ބަދަލަކަށް އެރި މުހައްމަދު ޒަޔާން މުލާޒް ދިން ބޯޅައަކުންނެވެ.

ކުޑަހުވަދޫން ދެ ވަނަ ހާފުގައި ގޯލު ޖަހަން ފޮނުވާލި ބޯޅަތަކާއި މުޅި މެޗުގައި ވެސް އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތައް ހުއްޓުވުމުގައި ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާންގެ ހުށިޔާރުކަން ފެނުނެވެ. ދެ ވަނަ ހާފުގައި ތިމަރަފުށީގެ ފަސް ފައުލު ހަމަވެގެން ދިން ދުރު ޕެނަލްޓީގައި ކުޑަހުވަދޫގެ ޖުމައިލް ޖަލީލް (ޖުމްބެ) ޖެހި ޕެނަލްޓީ ވެސް ކީޕަރު ޝަރުހާން ވަނީ މަތަކޮށްފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ތިމަރަފުށިން ފައިނަލުގައި ގާފަރާ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox