ފަންސަވީސް މިލިއަން މީހުންނާ އެކު ޝަންހާއީ ލޮކްޑައުނަށް

ޝަންހާއީގައި ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

ޝަންހާއީގައި ކޮވިޑަށް ޓެސްޓު ކުރަނީ. -- ފޮޓޯ: ރޮއިޓާޒް

މީގެ ދެ އަހަރު ކުރިން ކޮވިޑް ބަލިމަޑުކަން ފެށި ފަހުން ޗައިނާގެ ސިޓީއެއްގައި އެންމެ ބޮޑު ލޮކްޑައުން ތަންފީޒު ކުރަން އިއުލާންކޮށްފި އެވެ.

އިދާރާތަކުން ކޮވިޑަށް ޓެސްޓު ކުރަމުންދާ އިރު، ނުވަ ދުވަސް ވަންދެން، ދެ މަރުހަލާއަކަށް ބަހާލައިގެން ޝަންހާއީ ސިޓީ ލޮކްޑައުން ކުރާނެ އެވެ.

މާލީ ދާއިރާގެ މައި މަރުކަޒެއްގެ ގޮތުގައި މަގްބޫލް ޝަންހާއީގައި ފާއިތުވި މަސް ތެރޭގައި ކޮވިޑް ކޭސްތައް ވަނީ އިތުރު ވާން ފަށާފަ އެވެ.

ފަންސަވީސް މިލިއަން މީހުން ދިރިއުޅޭ ޝަންހާއީ ލޮކްޑައުންކޮށްފި ނަމަ އިގްތިސާދަށް އަސަރު ކުރުމުގެ ފުރުސަތު އޮތުމުން، މީގެ ކުރިން އެ ސިޓީ ލޮކްޑައުންކޮށްފައެއް ނުވެ އެވެ.

ނަމަވެސް ހޮނިހިރު ދުވަހު ޝަންހާއީގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް މަތިވުމާ އެކު އިދާރާތަކުގެ ވިސްނުން ވަނީ ބަދަލުކޮށްފަ އެވެ.

ޝަންހާއީގެ އިރުމަތީ ސަރަހައްދު ބަންދު ކުރާނީ ހޯމަ ދުވަހުން ފެށިގެން އެޕްރީލް އެއް ވަނަ ދުވަހާ ހަމައަށެވެ. އަދި ހުޅަނގު ސަރަހައްދު ބަންދު ކުރާނީ އެޕްރީލް އެއް ވަނަ ދުވަހު ފަސް ވަނަ ދުވަހަށެވެ.

އެ މުއްދަތުގައި އާއްމު ދަތުރުފަތުރު މެދުކަނޑާލައި، ފެކްޓްރީތަކުގެ މަސައްކަތް ވެސް މެދުކަނޑާލާނެ އެވެ. އަދި އޮފީސްތަކުގެ މަސައްކަތް ކުރަން ޖެހޭނީ ގޭގައި ތިބެގެންނެވެ.

މީގެ ކުރިން ވެސް ޗައިނާގެ ބައެއް ސިޓީތަކުގެ ސަރަހައްދުތަކާއި އަވަށްތައް ލޮކްޑައުންކޮށްފައިވެ އެވެ. ނަމަވެސް ޝަންހާއީއަކީ މިހާތަނަށް ލޮކްޑައުން ކުރާ އެންމެ ބޮޑު ސަރަހައްދެވެ.

ޗައިނާގައި އޮމިކްރޯން ވޭރިއެންޓާ ހެދި ކޮވިޑް ފެތުރުން އިތުރުވި ނަމަވެސް، އެހެން ގައުމުތަކާ އަޅާ ބަލާއިރު އެ ގައުމުން ފެންނަނީ މަދު ކޭސްތަކެކެވެ.

ނަމަވެސް ޗައިނާ ސަރުކާރުން ގެންގުޅެނީ "ޒީރޯ ކޮވިޑް" ގެ ސިޔާސަތެއް ކަމުން، މަދު ކޭސްތަކެއް ފެނުނު ނަމަވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންދެ އެވެ. އާދީއްތަ ދުވަހު މުޅި ޗައިނާއިން ރިޕޯޓުކުރީ 4،500 ކޭސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox