ސައިބާ ހަަމަލާއަކާ ހެދި ސްޓެލްކޯގެ ހިދުމަތަށް ބުރޫ އަރައިފި

Mar 27, 2022, 6:42 AM
ސްޓެލްކޯ: އެކުންޏަށް ބަޔަކު ދިން ސައިބާ ހަމަލާއަކާ ހެދި ހިދުމަތަށް ވަނީ ބުރޫ އަރާފައި.

ސްޓެލްކޯ: އެކުންޏަށް ބަޔަކު ދިން ސައިބާ ހަމަލާއަކާ ހެދި ހިދުމަތަށް ވަނީ ބުރޫ އަރާފައި.

ސްޓެލްކޯގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނާއި މޯބައިލް އައުޓްލެޓްތަކަށް ދިން ސައިބާ ހަމަލާއެއްގެ ސަބަބުން އެ ހިދުމަތްތައް ހުއްޓިއްޖެ އެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެކުންފުންޏަށް ކުރިމަތިވީ ރޭންސަމްވެއާ އެޓޭކެއް ކަމަށެވެ. އެހެންވެ ވެބްސައިޓާއި މޯބައިލް އެޕާއި މޯބައިލް އައުޓްލެޓްތައް އަދި ކައުންޓަރުތަކުން ދެމުން އައި ހުރިހާ ހިދުމަތެއް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް އަލުން ފޯރުކޮށް ދިނުމަށް އަދިވެސް އިތުރު ވަގުތު ނަގާނެކަމަށް ބެލެވޭ. މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށްޓަކައި،" ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ސްޓެލްކޯއިން ބުންޏެވެ.

Advertisement

އެކުންފުނިން ބުނީ އައިޓީ ނެޓްވޯކަށް ދިމާވި އެ މައްސަލަ ހައްލުކުރަން އައިޓީ އިންޖިނޭރުން މެދުނުކެނޑި މަސައްކަތްކުރަމުން އަންނަ ކަމަށާއި ހިދުމަތްތައް ހުއްޓުމުން ކަސްޓަމަރުންނަަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް ސައިބާ ހަމަލާ ދިނުމަކީ ރާއްޖޭގައި ފަހަކަށް އައިސް ގިނައިން ހިނގާ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox