ގޯލްޑަން ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލް މެޗުތައް މިރޭ! ފޭވަރިޓުންނަކީ ކޮން ދެ ޓީމެއް؟

Mar 27, 2022, 6:51 AM
ގޯލްޑަން ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލް މެޗުތައް މިރޭ! ފޭވަރިޓުންނަކީ ކޮން ދެ ޓީމެއް؟

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި މިހާތަނަށް ވަނީ 174 މެޗު ކުޅެވިފަ އެވެ. މުބާރާތުގައި ބާކީ އޮތް ތިން މެޗަކީ ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ މެޗުތަކެކެވެ. އެއީ މިރޭ ކުޅޭ ދެ ސެމީ ފައިނަލާއި އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗެވެ. މިރޭ ސެމީ ފައިނަލުގައި ކުޅެން އޮތް ދެ މެޗަށް ބަލާއިރު، ފުރަތަމަ ސެމީ ފައިނަލުގައި ކ.ގާފަރު ނުކުންނާނީ ޏ. ފުވައްމުލަކު މާލެގަންއާ ދެކޮޅަށެވެ. އަދި ދެ ވަނަ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ތ. ތިމަރަފުށި ބައްދަލުކުރާނީ ދ. ކުޑަހުވަދޫއާ އެެވެ.

ސެމީ ފައިނަލް 1: މާލެގަން - ގާފަރު (މިރޭ، 20:15)

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިހާތަނަށް އައިއިރު، މާލެގަން މުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި އޮތުމަކީ އެ ޓީމުން ކުރި މަސައްކަތް އަގުވަޒަންކުރަން ޖެހޭ ސަބަބެކެވެ. މާލެގަން ޓީމުން ފުރަތަމަ ފެށިިއިރު، ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ނެތި އެ ޓީމުން ނަތީޖާ ނެރުނެވެ. އެކަމަކު، ޒޯން ބުރުން ފެށިގެން މާލެގަން ޓީމުގެ މުހިންމު، ކުޅުންތެރިން ޓީމާ ގުޅި، ނޮކައުޓް ބުރުގައި މި ވަނީ ނަތީޖާ ނެރެފަ އެވެ.

ގަދަ 16 ބުރުގައި މާލެގަން ޓީމުން ވަނީ ށ. ކަނޑިތީމު ބަލިކޮށްފަ އެވެ. މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި ކަނޑިތީމުގެ މައްޗަށް މާލެގަން އިން ކުރިހޯދީ މޮޅަށް ކުޅެގެންނެވެ. ކުއާޓާ ފައިނަލުގައި ހުޅުމާލެ އަތުން މާލެގަން މޮޅުވިިއިއިރު، އެ ޓީމުގެ ތަރިންނަކީ މުހައްމަދު ސާދު ނިޒާރު, އިބްރާހިމް އަރީޝް އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގޯލްކީޕަރު އަހުމަދު ޝަރަފް އެވެ. ޓީމު ލީޑުކުރުމުގައި އަޖުމަލް އަހުމަދު ވެސް މުހިންމު ރޯލެއް އަދާކުރެ އެވެ.

މި ފަހަރުގެ މުބާރާތުން ފެށިގެން މިހާތަނަށް ދަނޑު ބޭރުން ފޯރިނަގައި، މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމަކީ ގާފަރެވެ. ގާފަރު ޓީމަކީ ފުޓްސަލް ތަރިން ގިނަ، މަޝްހޫރު ކުޅުންތެރިން ގިނަ ޓީމެއް ވެސް މެ އެވެ. އެ ގޮތުން އެ ޓީމުން މިހާތަނަށް މި މުބާރާތުގައި ކުޅުނު އެއް މެޗު ފިޔަވައި ކޮންމެ މެޗަކުން މޮޅުވެފައިވާއިރު، ޓީމުގެ އެޓޭކުގައި އެންމެ މުހިންމު ރޯލެއް ކުޅޭ އެއް ކުޅުންތެރިއަކީ އަލީ މާއިސް (މައްޓު) އެވެ. މައްޓު ވަނީ ގާފަރުން ނޮކައުޓް ބުރުގައި ގއ. ކޮނޑޭ އާއި މާފަންނު ބަލިކުރިއިރު، މޮޅު ކުޅުމެއް ދައްކައި މުހިންމު ގޯލުތަކެއް ޖަހައިފަ އެވެ. ގާފަރުގެ ގޯލު ބެލެހެއްޓުމުގައި ހުށިޔާރު، ކުޅުމެއް ދައްކަމުން އަންނަ ފައްޔާޒު ފަޔާޒް (ފައިއްޓެ) އަކީ ވެސް ޓީމު މިހާ ހިސާބަށް ގެންގޮސްދިނުމުގައި މުހިންމު ހިއްސާދާރެކެވެ.

ސެމީ ފައިނަލް 2: ތިމަރަފުށި - ކުޑަހުވަދޫ (މިރޭ، 22:15)

އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށްޓައް މި ފަހަރުގެ މުބާރާތުގައި ކުޅުނު މެޗުތަކުން ކާމިޔާބު ނުކުރެވުނު ހަމައެކަނި މެޗަކީ ޒޯން ބުރުގައި ކުޑަހުވަދޫއާ ބައްދަލުކުރި މެޗެެވެ. ޒޯން ބުރުގައި ކުޑަހުވަދޫ އާއި ތިމަރަފުށީގެ ކުރިމަތިލުން ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ދެ ޓީމަށް ވެސް ލީޑުލިބުނު މި މެޗުގައި ފެނުނީ ފޯރިގަދަ ކުޅުމެކެވެ.

ކުޑަހުވަދޫން ނޮކައުޓް ބުރު ފަށައިގެން ދެ މެޗުން ވެސް މޮޅުވީ ޕެނަލްޓީ ޖަަހައިގެންނެވެ. ގަދަ 16 ބުރުގައި އިހަވަންދޫ އަތުން ޕެނަލްޓީގައި މޮޅުވިއިރު، ކުއާޓާ ފައިނަލުގައި ވަނީ އެންމެ ފަހުގެ ރަނަރަޕް ބ. އޭދަފުށި އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ. ކުޑަހުވަދޫން މި ފަހަރުގެ މުބާރާތުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިއަކީ އެ ޓީމުގެ ގިނަ މެޗުތަކެއްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޖުމައިލް ޖަލީލް (ޖުމްބެ) އެވެ. އޭގެ އިތުރުން އެ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ އަބްދުލް މާނިއު ވަނީ ޕެނަލްޓީ ޖަަހައިގެން ދެ ފަހަރު މޮޅުވިއިރު ތަފާތު ދައްކައިފަ އެވެ.

އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން މި ފަހަރު ވެސް ހޯދާފައިވާ ތިމަރަފުށިން މިރޭގެ ސެމީއާ ކުރިމަތިލާނީ ސަސްޕެންޝަނުގެ ސަބަބުން ޓީމުގެ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ) ނެތި އެވެ. ތިމަރަފުށިން މި ފަހަރުގެ ނޮކައުޓް ބުރުގައި ނުކުމެފައިވަނީ މި ފަހަރުގެ މުބާރާތުގައި އަތޮޅު ޗެމްޕިއަންކަން ހޯދި ދެ ޓީމާ ދެކޮޅަށެވެ. ގަދަ 16 ބުރުގައި ތިމަރަފުށިން ފަހަތުން އަރައި އއ. މަތިވެރި ބަލިކުރިިއިރު، ކުއާޓާ ފައިނަލުގައި ބޮޑު ތަފާތަކުން ރ. ދުވާފަރުގެ މައްޗަށް ކުރިހޯދި އެވެ. ސެމީ ފައިނަލުގައި ކުޑަހުވަދޫއާ ދެކޮޅަށް ކުޅޭއިރު، ނޮކައުޓް ދެ މެޗުގައި ޖެހި 12 ގޯލާ އެކު ތިމަރަފުށި އޮތީ ކޮންފިޑެންސް ލެވަލް ރަނގަޅުކޮށެވެ. ނޮކައުޓް ބުރުގައި އެންމެ ގިނަ ގޯލު ތިމަރަފުށިން ޖެހިއިރު، އެ ޓީމުގެ އިބްރާހިމް އަސްވަދު (ގަބޭ)، އާދަމް ނާސިހު (އާދަންނާ)، އަލީ ސިފާއު (ރޮނާ) އަދި އިސްމާއިލް މުނީޒް ވަނީ މުހިންމު ގޯލުތަކެއް ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox