ގޯލްޑަން ފުޓްސަލް ޗެލެންޖް 2022: ކުއާޓާގައި އެންމެ ފޯރިގަދަވާނީ ކޮން މެޗެއް؟

Mar 25, 2022, 9:45 AM
ގަދަ 16 ބުރުގައި ތިމަރަފުށްޓާއި މަތިވެރި ކުޅުނު މެޗުގެ ތެރެއިން ތިމަރަފުށި ޓީމުގެ އަސްވަދު (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގަދަ 16 ބުރުގައި ތިމަރަފުށްޓާއި މަތިވެރި ކުޅުނު މެޗުގެ ތެރެއިން ތިމަރަފުށި ޓީމުގެ އަސްވަދު (ވ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގައި މިރޭ ކުޅެން ނިންމާފައިވަނީ ކުއާޓާ ފައިނަލްގެ ހަތަރު މެޗެވެ. ގަދަ 16 ބުރުގެ ވަރުގަދަ ކުރިމަތިލުންތަކަށް ފަހު މިހާރު މުބާރާތުގައި ދެމިއޮތީ މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު އަށް ޓީމެވެ. މި އަށް ޓީމުގެ މެދުގައި މިރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދެ ދަނޑުގައި ކުޅޭ ކުއާޓާ ފައިނަލްގެ މެޗުތަކަށް ގިނަ ބަޔެއްގެ ނަޒަރު ހުއްޓޭނީ އެކި ސަބަބުތަކަށްޓަކަ އެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތުގެ ވެސް ފަހުކޮޅަށްދާއިރު، ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މެޗުތައް ބެލުމަށް ޖަމާވަމުންނެވެ.

ކުއާޓާ ފައިނަލް 1: މާފަންނު - ގާފަރު (މިރޭ 20:15)

ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ކުޅޭ ގާފަރާއި މާފަންނު އަދި މި ފަހަރުގެ މުބާރާތުގެ އެއްވެސް މެޗަކުން ބައްޔެއްނުވެ އެވެ. ގާފަރު ޓީމުން ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދިއިރު، މާލޭގެ ޗެމްޕިއަނަކީ މާފަންނެވެ. ދެ ޓީމުގައި ވެސް ފުޓްސަލްގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، މިރޭގެ ކުރިމަތިލުމުގައި އެންމެ ބޮޑުބައެއް ބަރޯސާވާނީ ބެންޗުން އެ ގެންނަ ބަދަލުތަކުގެ ސަބަބުން ނަތީޖާ ނެރުމަށް ދެ ޓީމުން ކުރާ މަސައްކަތުގެ މައްޗަށެވެ.

މި ފަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން ގާފަރު ޓީމުގެ މައްޓު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ޓީމުގައި ތިބި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ގާފަރު ޓީމުގެ އަލީ މާއިޝް (މައްޓު) އަކީ މާފަންނުން ސަމާލުވާން ޖެހޭނެ ކުޅުންތެރިއެކެވެ. އަނެއްކޮޅުން ޓީމެއްގެ ގޮތުގައި މާފަންނުގައި ތިބި ކުޅުންތެރިން ދައްކާ ކުޅުމަށް ގާފަރުން ވެސް ވިސްނަން ޖެހޭނެ އެވެ. އިންޑިވިޖުއަލީ ބެލިޔަސް މާފަންނު ޓީމުގައި ތިބި ހުސެއިން އަފްޒަލް (އޮޒިލް) އާއި މުހައްމަދު ލިޔާހަކީ ހުނަރުވެރި ކުޅުންތެރިންނެވެ.

ކުއާޓާ ފައިނަލް 2: ހުޅުމާލެ - މާލެގަން (މިރޭ 20:15)

މުބާރާތުގެ މިހާ ހިސާބަށް ހުޅުމާލެ ގެންގޮސްދިނުމުގައި އެ ޓީމުން އެންމެ އިސް ރޯލެއް ކުޅުނު އެއް ކުޅުންތެރިއަކީ ގޯލްކީޕަރު މުހައްމަދު ޒުހަލް އެވެ. މުބާރާތުގައި މިހާތަނަށް އެންމެ ގިނަ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރަކީ ޒުހަލް އެވެ.

ގަދަ 16 ބުރުގައި އދ. މާމިގިލި އަތުން ޕެނަލްޓީ ޖަހައިގެން ހުޅުމާލެ މޮޅުކޮށްދިނުމުގައި ވެސް އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ޒުހަލް އަށެވެ.

ކަނޑިތީމު ކުޅުންތެރިއަކު ކައިރިން މާލެގަން ޓީމުގެ ސާދު (ކ) ބޯޅަ ހިފައިގެން ދާން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލެގަން ޓީމުން ގަދަ 16 ބުރަށް ނުކުތީ ޓީމު ލިސްޓުގައި ޖަހާފައިވާ މުހިންމު ކުޅުންތެރިންތައް ޓީމަށް ލައިގެންނެވެ. ގަދަ 16 ބުރުގައި މާލެގަން ޓީމަށް ކުޅުނު ކުޅުންތެރިންނަށް ބަލާއިރު، ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު ސާދު ނިޒާރާއި ބީއެމްއެލް އަށް ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުނު އިސްމާއިލް އަލީފް ހިމެނެ އެވެ.

ކުއާޓާ ފައިނަލް 3: ތިމަރަފުށި - ދުވާފަރު (މިރޭ 21:15)

މި ފަހަރުގެ މުބާރާތުގައި މިހާ ހިސާބަށް އައިއިރު، ބަލިނުވެ އޮތް ޓީމުތަކުގެ ތެރޭގައި ދުވާފަރާއި ތިމަރަފުށި ހިމެނެ އެވެ. ދުވާފަރުން އަތޮޅު ޗެމްޕިއަންކަން ހޯދީ ފުޓްސަލްގައި މަޝްހޫރު އިނގުރައިދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ޒޯން ބުރުގައި ދުވާފަރުން ވަނީ އެންމެ ފަހުން މުބާރާތުގެ ރަނަރަޕް އަދި ބ. އަތޮޅު ޗެމްޕިއަން އޭދަފުށި ބަލިކޮށްފަ އެވެ. ދުވާފަރުން މި ފަހަރުގެ މުބާރާތުގައި ކުރިމަތިލާނެ އެންމެ ވަރުގަދަ ޗެލެންޖަކީ މިރޭ އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށްޓާ ކުޅޭ މެޗެވެ.

މުބާރާތުގެ ތަށި ދެ ފަަހަރު އުފުލާލާފައިވާ ތިމަރަފުށި އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުންނެވެ. އެ ގޮތުން އެންމެ ފަހުން ގަދަ 16 ޓީމުގެ ބުރުގައި ތިމަރަފުށިން ވަނީ އއ. މަތިވެރި ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ދެ ވަނަ ހާފްގައި އަރައި ހަ ގޯލު ޖަހައިފަ އެވެ.

މަތިވެރި ކޮޅަށް ގޯލު ޖެހުމަށް ފަހު ތިމަރަފުށީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިމަރަފުށީގެ ޓީމުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، އެ ޓީމުން މިރޭ ސަމާލުވާން ޖެހޭނެ އެއް ކުޅުންތެރިއަކީ މި ފަހަރުގެ މުބާރާތުގައި މޮޅަށް ކުޅެމުން އަންނަ ދުވާފަރު ޓީމުގެ މުހައްމަދު ޖުމާން އަހުމަދު އެވެ. ގަދަ 16 ބުރުގައި މަތިވެރިއާ ދެކޮޅަށް ތިމަރަފުށިން ނަތީޖާ އަނބުރާލުމުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިއަކީ އިސްމާއިލް މުނީޒް އެވެ.

ކުއާޓާ ފައިނަލް 4: ކުޑަހުވަދޫ - އޭދަފުށި (މިރޭ 21:15)

ކުއާޓާ ފައިނަލްގެ މެޗުތަކުގެ ތެރެއިން މިރޭ ކުޑަހުވަދޫ އާއި އޭދަފުށީގެ ކުރިމަތިލުން ވެސް ވަރަށް ފޯރިގަދަވާނެ އެވެ. ގަދަ 16 ބުރުގައި އޭދަފުށިން ވަނީ ވަރުގަދަކޮށް މުބާރާތުގައި އައި ގދ. ވާދޫ ޓީމު ކަޓުވާލައިފަ އެވެ. ކުޑަހުވަދޫން ކުއާޓާ އަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން ހއ. އިހަވަންދޫ ބަލިކުރުމަށް ފަހު އެވެ.

އޭދަފުށި މި ފަަހަރުގެ މުބާރާތުގައި އެއް މެޗުން ބަލިވެފައިވާއިރު، ކުޑަހުވަދޫ އަދި މެޗަކުން ބަލިނުވެ އެވެ. ކުޑަހުވަދޫން ވަނީ ޒޯން ބުރުގައި ތިމަރަފުށްޓާ އެއްވަރުކޮށްފަ އެވެ.

ވާދޫ ކީޕަރު ކައިރިން އޭދަފުށީގެ ފާއްޓޭ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިރޭގެ މެޗުގައި އޭދަފުށިން އެންމެ ބޮޑަށް ސަމާލުކަމެއް ދޭން ޖެހޭނެ އެއް ކުޅުންތެރިއަކީ ކުޑަހުވަދޫ ޓީމުގެ ޖުމައިލް ޖަލީލް (ޖުމްބެ) އެވެ. ޖުމްބެ އަކީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނެގި މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ޓީމެއްގެ ގޮތުގައި ކުޅެގެން އޭދަފުށިން ނަތީޖާ ނެރެމުން އަންނައިރު، އެ ޓީމުގެ މުހައްމަދު ފާސިރު (ފާއްޓޭ) އާއި ހަމްދާން އަބްދުލް ސައްތާރު އަދި ކެޕްޓަން، އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އަކީ ކުޑަހުވަދޫން ސަމާލުވާން ޖެހޭނެ ކުޅުންތެރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox