"ތަޤްވާވެރިވުމަށްޓަކަ އެވެ!" މާނައަކީ ކޮބާ؟

މިދިޔަ އަހަރުގެ ރޯދަ މަހު އިސްލާމީ މަރުކަޒުގައި ތަރާވީހު ނަމާދު ކުރަނީ. -- ފައިލް ފޮޓޯ/ އަދަދު

މިދިޔަ އަހަރުގެ ރޯދަ މަހު އިސްލާމީ މަރުކަޒުގައި ތަރާވީހު ނަމާދު ކުރަނީ. -- ފައިލް ފޮޓޯ/ އަދަދު

ކޮންމެ ރޯދަ މަހަކާއެކު ތަކުރާރުކޮށް އެންމެ ގިނައިން އަޑުއިވޭ އާޔަތަކީ، އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތެވެ. އެއާޔަތުގެ މާނައިގައި އޮންނަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ." މިއާޔަތް އެހާ ގިނައިން އަޑުއިވޭ އިރު ތަޤްވާއާއި ރޯދައާ ހުރި ގުޅުމަކީ ކޮބައިތޯ ވިސްނާލުމަކީ މުހިންމު ކަމެކެވެ. ކީރިތި ޤުރުއާނުގައި "އޭ އީމާންވެއްޖެ މީސްތަކުންނޭވެ!" މި ގޮތަށް މުހާތަބު ކުރެވޭ އެތައް އާޔަތެއް އައިސްފައިވެއެވެ. ރޯދަ ފަރުޟުކުރެއްވުނު އާޔަތް ނިންމެވުމުގައި، "އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." މިގޮތަށް އައިސްފައިވަނީ ކީއްވެތޯ ވިސްނާލުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭނެ ކަމެކެވެ. މުޙައްމަދު ސޫރަތުގެ 23 ވަނަ އާޔަތުގައިވަނީ، " ފަހެ، ޤުރުއާނާ މެދު އެއުރެން ވިސްނައި ފިކުރުނުކުރަނީ ހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟"

އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތް ނިންމެވުމުގައި، "އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ." މި އިބާރާތް ނޫން ކިތަންމެ އިބާރާތެއް ވެސް ބޭނުންކުރެވިއްޖައީހެވެ. އަދި އެއާޔަތުގެ މާނަ ވެސް އެގޮތުން ހަމަޖެހިގެންދިޔައީހެވެ. އެކަމަކު މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެއާޔަތް ނިންމެވުމުގައި އެހެން ހުރިހާ އިބާރާތްތަކެއްގެ މައްޗަށް އެއިބާރާތް އިހްތިޔާރުކުރައްވާފައިވަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލު އަހަރެމެން ނުކުރާނަމަ، އަހަރެމެންނާ ކާފަރުންނާ އޮތީ ކޮން ތަފާތެއް ހެއްޔެވެ؟ އަދި އަހަރެމެންގެ ހިތްތަކުގައި ތަޅުތަކެއް ލެވިފައި ނުވާކަމަށް ވެދާނެ ހެއްޔެވެ؟

ތަޤްވާގެ ލަފުޒާއި އެ ލަފުޒުން އުފެދޭ ލަފުޒުތައް ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ ފަހަރު އެކަލިމަ ކީރިތި ޤުރުއާނުގެ އެކި އާޔަތްތަކުގައި އައިސްފައިވެ އެވެ. އެކި އާޔަތްތަކަށް ބަލައިނަޒަރުކުރާއިރު، ތަޤްވާގެ ލަފުޒު އެކި މާނައިގައި އައިސްފައިވާކަން ސާފެވެ. ތަޤްވާވެރިކަމުގެ މާނައަކީ ކޮބައިކަން އިލްމުވެރިން ބަޔާންކުރެއްވުމުގައި ވެސް ތަފާތު މާނަތައް ޢިލްމުވެރިން ގެންނަވާފައިވެއެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި އަޅުކަމުގައި ތަޤްވާވެރިވުމަކީ އިހްލާސްތެރިވުމެވެ. ބައެއް އިލްމުވެރިންގެ އަރިހުގައި އެއީ ﷲ ގެ އަޒާބަށް ބިރުވެތިވެ އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުވެގަނެ، އަމުރުކުރެއްވި ކަންކަން ގެނެސްގަތުމެވެ. ހުރިހާ އިލްމުވެރިންގެ ވާހަކަތައް އެއްކޮށްލާފައި ބެލުމުން އެނގޭ ހަގީގަތަކީ ތަޤްވާވެރި ކަމަކީ އޭގެ ދަށަށް އެތައް ބައިވަރު ސިފަތަކަކާއި އަމަލުތަކެއް ވަދެގެންދާ އިސްލާމީ މަފްހޫމެއްކަމެވެ. ކޮންމެއަކަސް މިމަޒުމޫނުގައި އަޅުގަނޑުގެ މައިގަނޑު މަގުސަދަކީ، އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގެ ނިމުމުގައި ބަޔާންވެފައިވާ "ތަޤްވާވެރިވުމަށެވެ." މިއޮތް ބަސްފުޅާއި ރޯދައާ ހުރި ގުޅުމުގެ މައްޗަށް ކިޔުންތެރިން ވިސްނާންވީ މަގެއް ދައްކާލަދިނުމެވެ.

އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި ރޯދަ ފަރުޟުކުރެއްވުނު ވާހަކަ ބަޔާންކުރެއްވުމަށްފަހު ވިދިގެން އޮތް 184 ވަނަ އާޔަތުގައި އަންގަވަނީ ރޯދައިގެ ފަރުޟު އަޅުކަމުން ވީއްލިފައިވާ އުޒުރުވެރިންގެ ހުކުމްތަކެވެ. އެއަށްފަހު 184 ވަނަ އާޔަތަށް ނަޒަރެއް ދެއްވާށެވެ. އެ އާޔަތުގައި ރޯދަ މަހަކީ ކީރިތި ޤުރުއާން ބާވާލެއްވުނު މައްސަރުކަމަށާއި، އެއީ މީސްތަކުންނަށް ހުރި ތެދުމަގެއްކަމުގައި ބަޔާންކުރައްވާފައިވެ އެވެ. އަނެއްކާ ވެސް އުފެދެންޖެހޭ އަނެއް ސުވާލެވެ. ކީރިތި ޤުރުއާން ބާވާލެއްވުން ރޯދަ މަހަށް ހާއްސަކުރެވުނީ ކީއްވެގެންތޯ އެވެ. ރޯދައިގެ އަޅުކަމާއި ކީރިތި ޤުރުއާން އެހާ ބޮޑަށް ގުޅިގެންދިޔައީ ކީއްވެގެންތޯއެވެ؟ މި ސުވާލާއި ކުރިން ކުރި ސުވާލުގެ ޖަވާބު އެންމެ ފަސޭހައިން ލިބެނީ އަލްބަޤަރާ ސޫރަތުގެ ފުރަތަމަ އާޔަތްތަކުންނެވެ. ވިދާޅުވާށެވެ.

އަލްބަޤަރާ ސޫރަތުގެ ދެވަނަ އާޔަތުގައި ބަޔާންކުރައްވަނީ، ކީރިތި ޤުރުއާނަކީ، ތަޤްވާވެރިންނަށް ހުރި ހިދާޔަތެއްކަމަށެވެ. ތަޤްވާވެރިންނަށް ހުރި ތެދުމަގެއްކަމަށެވެ. އަދި އެއަށްފަހު ތަޤްވާވެރިންގެ ސިފަތައް ބަޔާންކުރައްވާފައިވެއެވެ. އެގޮތުން ތަޤްވާވެރިންގެ ފުރަތަމަ ސިފައަކަށް ބަޔާންވެފައި އޮންނަނީ ޣައިބަށް އީމާންވުމުގެ ސިފައެވެ.

ޣައިބަށް އީމާންވުމަކީ ކޮބައި ހެއްޔެވެ؟ ޣައިބަށް އީމާންވުމަކީ ތިމާގެ ހިއްސުތަކުން ދެނެނުގަނެވޭ ކަންތައްތަކެއް އެއީ ތެދުކަމުގައި ގަބޫލުކުރުމުގެ މައްޗަށް އޮންނަ ވިސްނުމެކެވެ. އޭގެ މައިގަނޑަކީ، އިންސާނުންގެ ތެރެއިން ހާއްސަ ކުރެއްވި ބަޔަކަށް މާތް ﷲ ވަހީގެ ޒަރީއާއިން ކަންތައްތަކެއް އުގަންނަވައިދެއްވިކަން ގަބޫލުކުރުމެވެ. ވަހީ އަކީ އޭގެ ތަބީއަތް އަހަރެމެންނަށް އިޙްސާންކުރެވުނު އަދި ކުރެވޭ އެއްޗެއް ނޫނެވެ. ޣައިބުގެ އެހެން ހުރިހާ ހަބަރުތަކެއް އައިސްފައިވަނީ ވަހީގެ ޒަރީއާއިން ރަސޫލުންނާއި ނަބިއްޔުންގެ ދޫފުޅުންނެވެ.

ޣައިބަށް އީމާންވުމާއި ރޯދައާއި އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ އިސްލާމްދީންގެ އެހެން ހުރިހާ ރުކުނަކަށްވުރެ ޣައިބަށް އީމާންވުމާއި ރޯދައާ އޮތް ގުޅުން ބޮޑުވެފައިވާ ވަރުގަދަ އެވެ. މިސާލަކަށް ދެއްކުމަށްޓަކައި ނަމާދުކުރާ މީހާ ވެސް ނަމާދުގެ ހުރިހާ އަމަލެއް ފުރިހަމަޔަށް ގެނެސްގަންނާނެއެވެ. ގޯސްވާނީ ނިޔަތް އެކަންޏެވެ. އެކަމަކު ރޯދަ މިޔާ ތަފާތެވެ. ރޯދަ ހިފަނީ ދެއްކުންތެރިކަމުގެ ގޮތުންނަމަ، ރޯދައަކީ އޭގެ ބޭރުފުށުގެ އަމަލުތައް ސިއްރާއި ފާޅުގައި މީހަކު ގެނެސްގަންނާނެ ކަމެއް ނޫނެވެ. ސަބަބަކީ ސިއްރުން އޭނާ ކައިބޮއި ހެދިޔަސް މީހާކަށް ނޭނގޭނެތީއެވެ. ރޯދައިގެ އަމަލުތައް (ރޯދަ ގެއްލޭ އެންމެހާ ކަމަކުން ދުރުވެގަނެގެން) ސިއްރާއި ފާޅުގައި ހުންނާނީ ހަމަ ހަގީގަތުގައި ވެސް ޣައިބަށް އީމާންވާ މީހެކެވެ. ޣައިބަށް އީމާން ނުވާ މީހަކަށް ރޯދައެއް ނުހިފޭނެއެވެ. ނުވެސް ހިފާނެ އެވެ.

އެހެން މަސްމަހަށްވުރެ ރޯދަ މަހަށް ކީރިތި ޤުރުއާން ހާއްސަ ވަނީ ވެސް މިހެންވެ އެވެ. އެހެނީ ޤުރުއާނަކީ ހިދާޔަތެއްކަމަށާއި، އެކަމަކު އެ ޤުރުއާން ހިދާޔަތަކަށް ވަނީ ވެސް ޣައިބަށް އީމާންވާ މީހުންނަށްކަމަށްވާތީ އެވެ. އެ ވާހަކަ އަލްބަޤަރާ ސޫރަތުގެ ފުރަތަމަ އާޔަތްތަކުގައި ބަޔާންވެފައި އެވަނީއެވެ. އަދި އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތާއި 184 ވަނަ އާޔަތުގައި ރޯދައިގެ ޙުކުމްތައް ބަޔާންކުރެއްވުމަށްފަހު ވިދިގެން އޮތް އާޔަތުގައި ރަމްޟާން މަހާއި ކީރިތި ޤުރުއާން އޮތް ގުޅުން ބަޔާންކުރެއްވުމުގައި ޤުރުއާނަކީ މީސްތަކުންނަށް ހުރި ހިދާޔަތެއްކަމަށް ބަޔާންކުރައްވާފައި އޮތުމުން ޤުރުއާނުގައި ކޮންމެ ލަފުޒެއް ކޮންމެ އިބާރާތެއް ބޭނުންކުރައްވައި ބަސްވަޙީކުރައްވާފައިވަނީ ފޮރުވިފައިވާ އެތައް ޙިކުމަތެއް އޭގައި ޝާމިލުވާ ގޮތެއްގައިކަން ފިކުރު ހިންގާލެވޭނެއެވެ.

އާދޭހެވެ. ރޯދަ ފަރުޟުކުރެއްވުނީ ތަޤްވާވެރިވުމަށްޓަކަ އެވެ. އެކަން އެހެން ވާގޮތަކީ، ސިއްރާއި ފާޅުގައި ﷲ އަށްޓަކައި ނުކައިނުބޮއި އަދި އެހެންވެސް އެދުންތަކުން ދުރުވެގަނެގެން އެކަން ތަހައްމަލުކޮށްގެން ހުރުމަކީ، ﷲ ވޮޑިގެންވާކަން ގަބޫލުނުކުރާ މީހަކަށް ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ. އެހެންވީމާ ރޯދައަކީ ޣައިބަށް އީމާންވުމުގެ އިމްތިޙާނެކެވެ. ޣައިބަށް ވެވޭ އީމާން ދަމަހައްޓައިދޭ ބާރެކެވެ. ޣައިބަށް އީމާންވުމަކީ ތަޤްވާވެރިވުމުގެ ފެށުމެވެ. އަދި ކީރިތި ޤުރުއާނާއި އެނޫންވެސް ރަސޫލުންނާއި ނަބިއްޔުންނަށް ފޮތްތައް ބާވާލެއްވުނުކަމަށް އީމާންވުމުގެ ފެށުމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox