ބާޒާރަށް ދާންވީ "ފަތަހަ" އަށް، ރޯދަ އަށް އަގުހެޔޮކޮށް, މުދާ ގިނަކޮށްފި

Mar 28, 2022, 3:11 AM
"ފަތަހަ" ފިހާރައެއް ރޯދަ މަހުގެ ވިޔަފާރި އަށް ތައްޔާރުކޮށްފައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ފަތަހަ" ފިހާރައެއް ރޯދަ މަހުގެ ވިޔަފާރި އަށް ތައްޔާރުކޮށްފައި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރޯދަ މަސް ފެށެން ބާކީ އޮތީ ދެތިން ދުވަހެވެ. ގެއާއި ބަދިގެ އަށް ބޭނުންވާ ވިޔަފާރިނުކޮށް ހުރިނަމަ، މިއީ އެކަމާ އުޅެގަންނަންވީ ވަގުތެވެ. ޕެންޑެމިކްގެ ފުރަބަންދާއެކު މިދިޔަ ދެ އަހަރުގެ ރޯދަމަސް ނިންމާލަން މަޖުބޫރުވީ މާގިނަ ތައްޔާރީ ތަކަކަށް ފުރުސަތު ނުލިބި އެވެ. އޭގެ ކުރީ އަހަރު ތަކުގެ ރޯދަމަސް ތަކަށް ތައްޔާރުވުމުގެ އާދައިގެ މަތިން ބަދިގެ ސާމާނު ގިނަކޮށް، ހިފައި ގެންގުޅޭ ތަކެތި އާކުރާނެ ފުރުސަތު ނުލިބި އެވެ. އެހެންވީމާ، މި ރޯދަމަހަށް ގަންނަން ވެފައި ހުރި ތަކެތި ބޮޑުތަނުން ގިނަވެފައި އިތުރެވެ.

ފަހު ވަގުތުގެ މި ބާޒާރެއް ކުރަން ޖެހި، ހާސް ބޮޑުވާނަމަ މިދެނީ އެންމެ ރަނގަޅު ހައްލެވެ.

ގޮސްލަން ވީ "ފަތަހަ" އަށް!

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ކުރާ އެންމެ ފުރަތަމަ މަސައްކަތަކީ ގޭތެރެ ފޮޅައި ސާފުކުރުމެވެ. "ފަތަހަ" އަކީ މި ކަމަށް ބޭނުންވާ ހުރިހާ ސާމާނެއް އެއް ތަނަކުން ލިބެން ހުރި މާލޭގެ އެންމެ މަގުބޫލު އެއް ފިހާރަ އެވެ.

ވަކިން ހާއްސަކޮށް ތިން ފްލޯއަށް ހަދާފައިވާ ފަތަހަ މޯލްއަކީ މާލޭގައިވެސް އެންމެ ގިނަ ވައްތަރުތަކުގެ މުދާ އެއްތަނަކުން ލިބެން ހުރި ތަނެވެ.

"ފަތަހަ" ފިހާރަތަކުގައި ގެއާއި ބަދިގެއަށް ބޭނުންވާ ގިނަ އައިޓަމްތައް ލިބެން ހުރޭ. ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފޮޅާ ސާފު ކުރުމަށް ބޭނުންވާ ފިހިގަނޑާއި އެކި ކޮލިޓީގެ މޮޕް ފަދަ ތަކެތީގެ އިތުރުން ސާފު ކުރަން ބޭނުންކުރާ އެކި ބްރޭންޑްތަކުގެ ކްލީނިން ލިކުއިޑް ވެސް ނަން ހުސްކޮށް މިތަނުން ލިބޭނެ އެވެ.

ބަދިގެ އާކޮށްލަން ވެސް ސަޅި ވާނެ!

ރޯދަ މަހުގެ އެންމެ ހާއްސަ އަދި އެންމެ އުނދަގޫ ޝޮޕިން އަކީ ވެސް މިއެވެ. ރޯދަ މަހު އެންމެ އުފާވެރި، އަދި އެންމެ ގިނަ ވަގުތު ބަދިގޭގައި ހޭދަކުރާއިރު، ކޮންމެ ރޯދަ އަކާ ދިމާކޮށް، ކައްކަން ބޭނުންކުރާ ތެލި، ތަށި އާ ކުރުމަކީ އާދަކާދައިގެ ވެސް ބައެކެވެ.

ފަތަހަ ފިހާރަ އެއްގެ ތެރެ: މިތަނުގައި ރޯދަމަހަށް، ބަދިގެ އާއި ގެއަށް ބޭނުންވާ ހިފައި ގެންގުޅޭ އެކި ކޮލިޓީގެ ސާމާނު ގިނަ އަދަދަކަށް އެބަ ހުރި      އަދަދު ފޮޓޯ/އަބްދުﷲ އިޔާން
ފަތަހަ ފިހާރަ އެއްގެ ތެރެ: މިތަނުގައި ރޯދަމަހަށް، ބަދިގެ އާއި ގެއަށް ބޭނުންވާ ހިފައި ގެންގުޅޭ އެކި ކޮލިޓީގެ ސާމާނު ގިނަ އަދަދަކަށް އެބަ ހުރި އަދަދު ފޮޓޯ/އަބްދުﷲ އިޔާން

ފަތަހަ ފިހާރަ އެއްގެ ތެރެ: މިތަނުގައި ރޯދަމަހަށް، ބަދިގެ އާއި ގެއަށް ބޭނުންވާ ހިފައި ގެންގުޅޭ އެކި ކޮލިޓީގެ ސާމާނު ގިނަ އަދަދަކަށް އެބަ ހުރި އަދަދު ފޮޓޯ/އަބްދުﷲ އިޔާން

"ފަތަހަ"އިގެ ފިހާރަތަކަކީ ބަދިގެ ސާމާނު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގައި ކާމިޔާބު އެތައް އަހަރެއް ވޭތުކޮށްފައިވާ ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ފިހާރަތަކެކެވެ. ފަތަހަ މޯލް އިން ބަދިގޭގެ ސާމާނުތައް ނަން ހުސްކޮށް ލިބެން ހުރެއޭ ބުނުން ވެސް ދޮގަކަށް ނުވާނެ އެވެ.

އެކި ބްރޭންޑްތަކުން "ފަތަހަ" އިން ލިބެން ހުރި ބަދިގޭގައި ބޭނުންކުރާ ބައެއް ސާމާނު

• އެކި އެއްޗެހި ކޮށަން ބޭނުންކުރާ ވަޅި

• ކެއުމަށް ބޭނުންކުރާ އޫ، ސަމްސާ

• އެކި ކޮލިޓީގެ ތައްޓާއި ތެލި

• ހުނިގޮނޑި، ރޮށިދަމާގޮނޑި ފަދަ ބަދިގޭގައި ބޭނުންކުރާ އެކި ކަހަލަ ދިވެހި އުފެއްދުންތައް

ބަދިގެ ސާމާނުގެ އިތުރަށް ފަތްޖެހި މޭޒާއި ގޮދަޑި، ލޯންޑްރީ ބާސްކެޓާއި ބާލީހާއި ބެޑް ކަވަރު ފަދަ ތަކެތިވެސް ފަތަހައިން ލިބެންހުރެ އެވެ.

ރޯދަ ކުރުކުރަަން ބޯޑު ގޭމާއި ތާސްބައި ގަންނަން ހަނދާން ނައްތާނުލާތި!

ރޯދަ ޝޮޕިން އަށް ގޮސްފައި އަބަދު ހަނދާން ނެތޭ، އެކަމަކު އެއް ވަރަކަށް މުހިއްމު ބަޔަކީ ވެސް މިއެވެ. ރޯދަ މަހުގެ އެންމެ ހާއްސަ ކަމަކީ އާއިލާ އާއި ރައްޓެހިން އެކުގައި ހޭދަކުރާ ވަގުތާއި ޖަހާ ސަކަރާތެވެ. ރޯދަ ކުރުކުރުމަށް އެކި ވައްތަރުގެ ބޯޑު ގޭމް ކުޅުމާއި ތާސް ކުޅުމާއި، އޮއްވަޅުގޮނޑި ފަދަ ގޭމްތައް ކުޅުމުގެ މާޒީއެއް އޮތް އަހަރެމެންގެ އާދަކާދައިގެ ބައެކެވެ.

އަދަދު ފޮޓޯ/ އަބްދުﷲ އިޔާން

"ފަތަހަ"އިގެ ފިހާރަ ތަކުން މިބާވަތުގެ ހުރިހާ ގޭމެއް ލިބޭނެ އެވެ. އެތަނުގައި ނެތްއެއްޗެއް ނެތެވެ. ތާސް ބަޔާއި، ރާޒުވާ ބޯޑާއި ކުޅިބަޔާއި ކެރަމް ބޯޑާއި ފޮތިބަޔާއި، އަދި އޮއްވަޅުގޮނޑި ވެސް ފަތަހައިގެ ފިހާރަތަކުގައި ވިއްކަންލިބެން ހުރެ އެވެ.

އެހެންވީމާ ބުނެބަލާށެވެ. "ފަތަހަ" އިން ހަމަ ހަގީގަތުގައި ވެސް މިދިނީ ފުރިހަމަ ހައްލެއް ދޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox