ކޮވިޑާ ގުޅިގެން ސިންގަޕޫރަށް ދަތުރު ކުރުމުގައި ހުރި ހުރަސްތައް އުވާލަނީ

ކޮވިޑާ ގުޅިގެން ސިންގަޕޫރުން އެޅި ފިޔަވަޅުތައް އުވާލާނީ އަންނަ ހަފްތާގައި. -- ފޮޓޯ: އޭއެފްޕީ

ކޮވިޑާ ގުޅިގެން ސިންގަޕޫރުން އެޅި ފިޔަވަޅުތައް އުވާލާނީ އަންނަ ހަފްތާގައި. -- ފޮޓޯ: އޭއެފްޕީ

ސިންގަޕޫރް (މާޗް 24) - ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އަންނަ ހަފްތާއިން ފެށިގެން އެއްވެސް ހުރަހެއް ނެތި ސިންގަޕޫރަށް އެތެރެވެވޭނެ ކަމަށް ބޮޑު ވަޒީރު ލީ ސިއެން ލޫންގް އިއުލާން ކުރައްވައިފި އެވެ.

ސިންގަޕޫރާ އެކު އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކުން ދަނީ ފިޔަވަޅުތައް އުވާލަމުންނެވެ. ވެކްސިން ފުރިހަމަކޮށްފައިވާ ހުރިހާ އެންމެންނަށް ސިންގަޕޫރް ހުޅުވާލަން ނިންމި އިރު، މީގެ ކުރިން ވެސް އެ ގައުމުން ވަނީ ބައެއް ގައުމުތަކުގެ ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްފަ އެވެ.

އޮފިޝަލުން ބުނީ އޭޕްރިލް އެއް ވަނަ ދުވަހުން ފެށިގެން ވެކްސިން ފުރިހަމަކޮށްފައިވާ ހުރިހާ ބޮޑެތި މީހުންނާއި ވެކްސިން ނުޖަހާ ތިބި ކުޑަކުދިންނަށް ކަރަންޓީންވުމެއް ނެތި ސިންގަޕޫރަށް އެތެރެވެވޭނެ ކަމަށެވެ. ނަމަވެސް, ދަތުރު ފެށުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެ އެވެ.

"މީގެ ސަބަބުން ވިޔަފާރިތަކާއި، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ކުރިއެރުން ވަރަށް ބޮޑަށް ލިބޭނެ. ވިޔަފާރި އާއި ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒެއްގެ ގޮތުގައި އަލުން ސިންގަޕޫރް ވަރުގަދަ ކުރެވޭނެ،" ޓީވީ މެދުވެރިކޮށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

އޮފިޝަލުން ބުނީ އޭޕްރިލް މަހުން ފެށިގެން ސިންގަޕޫރަށް ދަތުރު ކުރުމުގައި ހުރަސްތައް އޮންނާނީ "ރެސްޓްރިކްޓެޑް" ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށެވެ. ނަމަވެސް, އެ ލިސްޓުގައި މި ވަގުތު އެއްވެސް ގައުމެއް ހިމަނާފައެއް ނުވެ އެވެ.

އޭގެ އިތުރުން ސިންގަޕޫރުގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އުވާލާފަ އެވެ. އެގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ނުވުމާއި، އެއް ފަހަރާ 10 މީހުންނަށް އެއް ތަނެއްގައި ތިބެވޭނެ ގޮތް ހަދާފައިވެ އެވެ.

ކޮވިޑް ބަލިމަޑުކަން ފެށުމުން 5.5 މިލިއަންގެ އާބާދީއެއް އޮންނަ ސިންގަޕޫރުން ބޯޑަރު ބަންދުކޮށް، ހަރުކަށި ލޮކްޑައުންތައް ތަންފީޒު ކުރި އެވެ. މިދިޔަ އަހަރު ދޭތެރެ ދޭތެރެއިން ހަލުވިކަމާ އެކު ސިންގަޕޫރުގައި ބަލި ފެތުރުނެވެ.

ދުނިޔޭގައި ވެކްސިން ރޭޓް އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު ހިމެނޭ އިރު، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ވައިރަހާ އެކު އުޅެން ދަސްކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox