އޮސްކާ އެވޯޑް ހަފްލާގައި ބިޔޯންސޭ އާއި އެއިލްޝްގެ ހުށަހެޅުމެއް ފެންނާނެ

ބިޔޯންސޭ.

ބިޔޯންސޭ.

އަންނަ އާދީއްތަ ދުވަހު އޮންނަ އޮސްކާ އެވޯޑް ހަފްލާގައި ބިޔޯންސޭ އާއި ބިލީ އެއިލިޝްގެ ހުށަހެޅުމެއް ފެންނާނެކަން އިއުލާންކޮށްފި އެވެ.

އެ ދެ އާޓިސްޓުންނަކީ 94 ވަނަ އެކެޑެމީ އެވޯޑުގައި އެންމެ މޮޅު ލަވަޔަށް ނޮމިނޭޓްވެފައިވާ ދެ އާޓިސްޓުންނެވެ.

ބިޔޯންސޭގެ ލަވަ "ބީ އެލައިވް" ނޮމިނޭޓްވީ ވިލް ސްމިތްގެ ފިލްމް "ކިންގް ރިޗަޑް" އިންނެވެ. އެއިލިޝް އާއި އޭނާގެ ބޭބެ ފިނިއަސް ހުށަހަޅާނީ އެންމެ ފަހުން ނެރުނު ޖޭމްސް ބޮންޑް ފިލްމަށް އެ މީހުން ތައްޔާރު ކުރި "ނޯ ޓައިމް ޓު ޑައި" ލަވަ އެވެ.

އެންމެ މޮޅު ލަވަޔަށް ނޮމިނޭޓްވެފައިވާ އިތުރު ތިން އާޓިސްޓުން ހިމެނޭ އިރު، އޭގެ ތެރެއިން ދެ އާޓިސްޓުން ހަފްލާގައި ލަވަ ހުށަހަޅާނެ އެވެ.

އޭގެ އިތުރުން ބްލިންކް-182 ބޭންޑްގެ ޑްރަމަރު ޓްރޭވިސް ބާކާ އާއި ޑީޖޭ ޑީ-ނައިސް ހިމެނޭ "ތަރިންގެ ބޭންޑެއްގެ" ހުށަހެޅުމެއް ވެސް ހަފްލާގައި އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި އަހަރުގެ އޮސްކާ އެވޯޑް ޝޯ ހުށަހަޅައިދޭނީ ތިން އަންހެން ކޮމެޑީ ތަރިން، ރެޖީނާ ހޯލް، އޭމީ ޝޫމާ އަދި ވޮންޑާ ސައިކްސް އެވެ.

މާޗް 27 ވަނަ ދުވަހު ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގައި އޮންނަ 94 ވަނަ އެކެޑެމީ އެވޯޑް ހުށަހަޅައިދޭން ތިން އަންހެން ތަރިން ހޮވިއިރު، ފާއިތުވި ތިން އަހަރު ޝޯ ބޭއްވީ ހޯސްޓެއް ނެތި އެވެ.

މި އެވޯޑް ޝޯ ހުށަހެޅުމުގެ ފުރުސަތު އެއް ފަހަރާ ތިން ތަރިންނަށް ނުލިބޭތާ 35 އަހަރު ވެއްޖެ އެވެ. އެންމެ ފަހުން އެގޮތަށް ޝޯ ހުށަހެޅީ 1987 ވަނަ އަހަރު ޗެވީ ޗޭސް، ގޯލްޑީ ހޯވްން އަދި ޕައުލް ހޯގަން އެވެ. އަދި މިއީ ތިން އަންހެން ތަރިން އެކުގައި ޝޯ ހުށަހަޅަން ލިބޭ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އެ އެވޯޑް ޝޯ ހުށަހަޅައިދިނީ އޭބީސީ އިން ދައްކާ ލޭޓް ނައިޓް ޝޯގެ ހޯސްޓް ޖިމީ ކިމެލް 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން 2019 ގެ ޝޯއަށް ހަމަޖެއްސީ ކޮމީޑިއަން ކެވިން ހާޓް އެވެ.

ނަމަވެސް ކެވިން ހާޓް ކުރި ޓްވީޓްތަކަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެ، އޭނާ ނިންމީ ޝޯއިން ވަކިވުމަށެވެ. އެއާ އެކު އެ އަހަރު ޝޯ ކުރިއަށް ދިޔައީ ހޯސްޓެއް ނެތި އެވެ.

އޭގެ ފަހުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސްގެ ޝޯ ބޭއްވި ހުށަހެޅުންތެރިއަކު ނުލަ އެވެ.

އޮސްކާ އެވޯޑަށް އޮންނަ ތަރުހީބު ފަހަކަށް އައިސް ވަނީ ދަށްވާން ފަށާފަ އެވެ. މިދިޔަ އަހަރު ޝޯގެ ރޭޓިން ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox