ގޯލްޑަން ފުޓްސަލް ޗެލެންްޖް: ފޯރިގަދަ ގަދަ 16 މެޗުތައް މިރޭ!

Mar 23, 2022, 8:34 AM
މަތިވެރި އާއި ގާފަރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މަތިވެރި އާއި ގާފަރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތް ފެށިއިރު، 91 ޓީމު ވާދަކުރި އެވެ. މިހާރު މުބާރާތުގެ އަތޮޅު ބުރާއި ޒޯން ބުރު މި ވަނީ ނިމިފަ އެވެ. ގަދަ 16 ޓީމުގެ ބުރުގެ އަށް މެޗު މިރޭ ކުޅޭއިރު، މިއީ ފޯރިގަދަ މެޗުތަކަކަށްވާނެ ކަން ޔަގީނެވެ. މުބާރާތުގެ މިހާތަނަށް ފެނިގެން ގޮސްފައިވާ 162 މެޗަށް ވުރެ، ކުރިއަށް ހުރީ މާ ވާދަވެރިވާނެ މެޗުތަކެކެވެ. އެއީ ދެން އޮތީ ނޮކައުޓް މެޗުތައް ކަމަށްވާތީ އެވެ..

ގަދަ 16 މެޗު 1: ގއ. ކޮނޑޭ - ކ. ގާފަރު (މިރޭ 20:15)

މި ފަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމަކީ ކޮނޑޭ އެވެ. ރަށުންބޭރުން އެ ޓީމުގައި ތިން ކުޅުންތެރިއަކު ރަޖިސްޓްރީކުރިއިިރު، އެ ތިން ކުޅުންތެރިން ވަނީ ކޮނޑޭ މި ހިސާބަށް އައުމުގައި ތަފާތު ދައްކައިފަ އެވެ. ކޮނޑޭއާ ދެކޮޅަށް މިރޭ ނުކުންނަ ގާފަރު ޓީމަކީ ކ. އަތޮޅާއި ޒޯން ތިނެއްގެ ޗެމްޕިއަނުންނެވެ. ގާފަރު ޓީމަށް ބަލާއިރު، މި މުބާރާތުގައި ބަދަލު ކުޅުންތެރިންނާ އެކު އެންމެ ވަރުގަދަ ސްކޮޑެއް އޮތް އެއް ޓީމަކީ ގާފަރެވެ. ޓީމުގެ ކޯޗަކަށް ހުރީ ފުޓްސަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މުހައްމަދު އައްޒާމް އެވެ.

ގަދަ 16 މެޗު 2: މާފަންނު - މ. ދިއްގަރު (މިރޭ 20:15)

މާލޭ ޒޯންގެ ޗެމްޕިއަންކަން ދިފާއުކުރި މާފަންނު ޓީމަށް ބަލާއިރު، މާލެ ސަރަަހައްދުގައި ކުޅޭ ގިނަ ފުޓްސަލް މުބާރާތްތަކުގައި ގަވާއިދުން ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އެ ޓީމުގެ ބެންޗަށް ބެލިޔަސް ފުޓްސަލްގައި ތަޖުރިބާހުރި ގިނަ މޫނުތަކެއް އެބަތިބި އެވެ. ދިއްގަރު ޓީމުން މީގެ ކުރިން ވެސް ގަދަ 16 ބުރުގައި ކުޅެފައިވާއިރު، މިރޭގެ މެޗަކީ އެ ޓީމުން މި މުބާރާތުގައި ކުރިއަށް ފިޔަވަޅެއް އަޅާކަމަށްވާނަމަ މޮޅު ކުޅުމެއް ދައްކަން ޖެހޭނެ މެޗެކެވެ.

ގަދަ 16 މެޗު 3: އދ. މާމިގިލި - ހުޅުމާލެ (މިރޭ 21:15)

އަތޮޅު ޗެމްޕިއަންކަން ހޯދުމަށް ފަހު މާމިގިލިން ވަނީ ޒޯން ހަތަރެއްގެ ތަށި ވެސް އުފުލާލައިފަ އެވެ. މާމިގިލި ޓީމަށް ބަލާއިރު، މިދިޔަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އާރްޑީސީ ޓީމުގައި މޮޅަށް ކުޅުނު އިބްރާހިމް މައިސާން އަކީ އެ ޓީމުގެ ކެޕްޓަނެވެ. އަނެއްކޮޅުން ހުޅުމާލެ އިން ގަދަ 16 ބުރުގެ ޖާގަ ކަށަވަރުކުރުމުގައި ތަފާތު ދެއްކި ގޯލްކީޕަރު މުހައްމަދު ޒުހަލް އަކީ ކްލަބް މޯލްޑިވްސް ކަޕްގައި އާރްޑީސީގެ ކީޕަރެވެ.

ގަދަ 16 މެޗު 4: މާލެގަން - ށ. ކަނޑިތީމު (މިރޭ 21:15)

ށ. އަތޮޅުގެ ތަށި އުފުލާލި ކަނޑިތީމަށް ޒޯން ޗެމްޕިއަންކަން ނުލިބުނު ކަމުގައި ވިޔަސް އެ ޓީމަކީ މުބާރާތުގައި ފެނުނު އެންމެ ޑިސިޕްލިން އެއް ޓީމެވެ. ގަދަ 16 ބުރަށް ނުކުންނައިރު، ކަނޑިތީމަށް އޮތް އެޑްވާންޓޭޖަކީ އިދިކޮޅަށް ނުކުންނަ މާލެގަން އަށް ވުރެ ގިނަ މެޗު މި ފަހަރުގެ މުބާރާތުގައި ކުޅެފައިވުމެވެ. މާލެގަން އަށް އޮތް ހިތްހަަމަޖެހުމަކީ އެ ޓީމަކީ ޒޯން ހަތެއްގެ ޗެމްޕިއަންކަމަށް ވުމެވެ.

ގަދަ 16 މެޗު 5: ރ. ދުވާފަރު - ސ. ފޭދޫ (މިރޭ 22:15)

މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން މިހިސާބަށް އައިއިރު، ވަރުގަދަ ޖޯޝެއްގައި ކުޅެމުން އައި އެއް ޓީމަކީ ދުވާފަރެވެ. ދަނޑުބޭރުގެ ސަޕޯޓާ އެއްވަރަށް ދަނޑުމަތީގައި ވެސް ދުވާފަރުގެ ކުޅުން ފެނިގެންދިޔައިރު، އެ ޓީމުން ވަނީ ރ އަތޮޅުގެ ޗެމްޕިއަންކަމާއި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ދުވާފަރުން ޒޯން ދޭއްގެ ތަށި އުފުލާލީ ޒޯން ބުރުގައި އެންމެ ފަހުގެ ރަނަރަޕް، އަދި ބ. އަތޮޅު ޗެމްޕިއަން އޭދަފުށި ވެސް ބަލިކޮށްފަ އެވެ. ދުވާފަރާ ދެކޮޅަށް ނުކުންނަ ފޭދޫ ވަނީ ޒޯން ހަތެއްގައި ފުވައްމުލަކު މާލެގަން އަތުން ބަލިވެފަ އެވެ.

ގަދަ 16 މެޗު 6: ތ. ތިމަރަފުށި - އއ. މަތިވެރި (މިރޭ 22:15)

ގަދަ 16 ބުރުގައި އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ މެޗަކީ ތިމަރަފުށްޓާއި މަތިވެރީގެ ކުރިމަތިލުމެވެ. މި ދެ ޓީމުން މިހާތަނަށް މެޗަކުން ބަލިވެފައިނުވެ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި ހަމައެކަނި ޓީމު ކަމަށްވާ ތިމަރަފުށްޓަކީ އެންމެ ފަހުގެ ޗެމްޕިއަން ވެސްމެ އެވެ. ތިމަރަފުށިން ތަށި ދިފާއުކުރަން ކުރާ މަސައްކަތުގައި މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު ޓެސްޓަކީ މަތިވެރި މެޗު ކަމަށް ބެލެވެ އެވެ. މަތިވެރި ޓީމަށް ބަލާއިރު، އެ ޓީމަށް އެންމެ ބޮޑު ސަޕޯޓެއް ލިބެނީ ދަނޑު ބޭރުން އެ ރަށުގެ ސަޕޯޓަރުން ދައްކާ ހިތްވަރުންނެވެ. މިހާތަނަށް މަތިވެރިން ކުޅުނު ގިނަ މެޗުތަކެއްގައި ކާމިޔާބު ހޯދުމުގެ ބޮޑު ބާރަކަށް ސަޕޯޓަރުންގެ ނަން ކިޔާނެ އެވެ.

ގަދަ 16 މެޗު 7: ހއ. އިހަވަންދޫ - ދ. ކުޑަހުވަދޫ (މިރޭ 23:15)

ކޯޗު މުހައްމަދު އަނިލްގެ އިރުޝާދުގެ ދަށުން އިހަވަންދޫން ނުކުމެ، ވަނީ އަތޮޅުގެ ޗެމްޕިއަންކަމާއި ޒޯން އެކެއްގެ ތަށި ވެސް އުފުލާލައިފަ އެވެ. މިރޭ ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނައިރު، މިއީ ފޯރިގަދަ މެޗަކަށްވާނެ އެވެ. ކުޑަހުވަދޫ އަދި މެޗަކުން ބަލިވެފައިނުވާއިރު، އެ ޓީމަަށް ޒޯން ތަށި ގެއްލުނީ ލަނޑުގެ ތަފާތުންނެވެ. ކުޑަހުވަދޫގެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޖުމައިލް ޖަލީލް (ޖުމްބެ) އެވެ. އަނެއްކޮޅުން އިހަވަންދޫ ޓީމަށް ބަލާއިރު، ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިބި އެވެ. އޭގެ ތެރޭގައި އިބްރާހިމް ހާމިދު ހިމެނެ އެވެ.

ގަދަ 16 މެޗު 8: ގދ. ވާދޫ - ބ. އޭދަފުށި (މިރޭ 23:15)

ނޮކައުޓް ފުރަތަމަ މެޗުތަކަށްދާއިރު، ބ. އޭދަފުށްޓާއި ވާދޫގެ ކުރިމަތިލުން ވެސް ފޯރިގަދަވާނެ އެވެ. ވާދޫ އިން ވަނީ އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯންގައި ވެސް ތަފާތު ދައްކައި، ޒޯން ހައެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ހުނަރަށް ބަލާއިރު އޭދަފުށްޓާއި ވާދޫގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި އެވެ. އެހެން ކަމުން މިރޭ ކުއާޓާ ފައިނަލަށް ދާއިރު، ދެ ޓީމުން ވެސް ބޮޑަށް މަސައްކަތް ކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައި ކުޅެ، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox