ޗައިނާ އީސްޓާން ބޯޓުން އެކަކު ވެސް ސަލާމަތެއް ނުވި، ވެއްޓުނު ސަބަބެއް ނޭނގޭ

ސާޗް އެންޑް ރެސްކިއު ޓީމުގެ މީހުން ބޯޓު ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: ރޮއިޓާޒް

ސާޗް އެންޑް ރެސްކިއު ޓީމުގެ މީހުން ބޯޓު ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: ރޮއިޓާޒް

ހޯމަ ދުވަހު 132 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް ދެކުނު ޗައިނާއަށް ވެއްޓުނު މަތިންދާބޯޓުން އެކަކު ވެސް ސަލާމަތް ނުވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޗައިނާ އީސްޓާންގެ ފްލައިޓް އެމްޔޫ5735 ވެއްޓުނު ސަބަބު ވެސް ތަހުގީގު ޓީމުތަކަށް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

ބޮއިންގް 800-737 މަރުކާގެ ބޯޓު ވެއްޓުނު ހިސާބަކީ އެކި އުސްމިނުގެ ފަސްގަނޑު ހުރި ހިސާބަކަށް ވާތީ، ރެސްކިއު ޓީމުގެ މަސައްކަތަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފަ އެވެ.

ބޯޓު ވެއްޓުމުން ޗައިނާގައި ހިތާމަ ފާޅުކުރަމުންދާ އިރު، ޕަސެންޖަރުންނާއި ކްރޫގެ އާއިލާތަކުން މަޑުކޮށްގެން ތިބީ ބޯޓާ ގުޅޭ އެއްވެސް ހަބަރެއް ލިބޭނެ އިރަކަށެވެ.

ބޯޓު ވެއްޓުމާ އެކު އޭގެ ހުޅުގަނޑުގެ ސަބަބުން ޖަންގަލީގައި އަލިފާން ރޯވެފައިވާ އިރު، ރެސްކިއު ޓީމުގެ އެތައް ސަތޭކަ ބަޔަކު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ހާދިސާ ހިނގިތާ 36 ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް، ބޯޓުގައި ތިބި މީހުންނާ ގުޅޭ އެއްވެސް ހަބަރެއް ކަމާ ބެހޭ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް އަންގާރަ ދުވަހުގެ ރޭ ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ނިއުސް ބްރީފިން ބޭއްވުމަށް ފަހު ބުނީ މިހާތަނަށް ދިރިހުރި މީހަކު ނުފެންނަ ކަމަށެވެ.

"މި ވަގުތާ ހަމައަށް ލިބެން ހުރި މައުލޫމާތަށް ބަލާއިރު، ބޯޓު ވެއްޓެން ދިމާވި ސަބަބާ ގުޅޭ ގޮތުން ސާފުކޮށް ވަކި އެއްޗެއް ބުނާކަށް ނޭނގޭ،" އެ އިދާރާގެ އޭވިއޭޝަން ސޭފްޓީ އޮފީސް ޑައިރެކްޓަރު ޒޫ ޓާއޯ ވިދާޅުވި އެވެ.

ފްލައިޓް ބިމަށް ވެއްޓެން ފެށުމާ އެކު، އެއާ ޓްރެފިކް ކޮންޓްރޯލްގެ މުވައްޒަފުން ތަކުރާރުކޮށް ކްރޫއަށް ގުޅި ނަމަވެސް، އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޯޓު އަނދާ ހުލިވެފައިވާ އިރު، އޭގެ ބައެއް ބައިތައް ރެސްކިއު ޓީމަށް ވަނީ ފެނިފަ އެވެ. ޗައިނާގެ ޓީވީތަކުން ދެއްކި މަންޒަރުތަކުން ފެންނަނީ އަލިފާނުގެ ސަބަބުން ގެއްލުންވެފައިވާ ސިޓީތަކާއި، ދަބަސްތަކާއި، ވޮލެޓްތަކާއި، އައިޑީ ކާޑާއި އެހެނިހެން ބައެއް ތަކެއްޗެވެ.

ޗައިނާ އީސްޓާން އެއާލައިންސްގެ ފްލައިޓް ދަތުރު ކުރަމުން ދިޔައީ ކުންމިންގުން ގުއާންގްޒޫ އަށެވެ. ހާދިސާއާ ގުޅިގެން އެއާލައިންގެ ބޮއިންގް 800-737 މަރުކާގެ ހުރިހާ ބޯޓެއް ވަނީ ދުއްވުން މެދުކަނޑާލާފަ އެވެ.

ބޯޓަށް މައްސަލަ ދިމާވާން ފެށީ ދަތުރު ފެށިތާ ގަޑިއެއްގެ އިރު ފަހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޗައިނާގެ ޓީވީތަކުން ވަނީ ބޯޓު ކުއްލިއަކަށް ވެއްޓެން ފަށާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އެއީ ކާރެއްގެ ޑޭޝްކޭމްއިން ރެކޯޑުވެފައިވާ މަންޒަރެކެވެ.

ވެއްޓުނު ބޮއިންގް 800-737 މަރުކާގެ ބޯޓަކީ ރައްކާތެރިކަމާ ގުޅޭ ރަނގަޅު ރެކޯޑެއް އޮތް ބޯޓެއް ކަމަށް ވައިގެ ދަތުރުފަތުރާ ގުޅޭ ތަޖުރިބާކާރުން ބުނެ އެވެ.

ބޯޓު ވެއްޓުނު ސަބަބާ ގުޅޭ ތަހުގީގުގައި ގިނަ ކަންކަން ބަލާނެ އެވެ. އެގޮތުން ގަސްދުގައި ބޯޓު ވައްޓާލުމުގެ އަމަލެއް ހިންގުން، ޕައިލެޓް އޮޅިގެން ގޯހެއް ހެދުން، ބޯޓަށް މައްސަލައެއް ދިމާވުން ނުވަތަ ވައިގެ ތެރެއިން އެއްޗެއްގައި ޖެހިފައި ވެއްޓުން ފަދަ ކަންކަން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox