ފުރޮއެއް ހިފައިގެން ކެނެޑާގެ މިސްކިތަކަށް ހަމަލާ ދޭން އުޅެފި

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ހަމަލާ ކުށްވެރި ކުރައްވާފައި. -- ފޮޓޯ: ރޮއިޓާޒް

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ހަމަލާ ކުށްވެރި ކުރައްވާފައި. -- ފޮޓޯ: ރޮއިޓާޒް

ފުރޮއަކާއި ސާރިދޯޅު ފައްސަން ހާއްސަ ސްޕްރޭ ފުޅިއެއް ހިފައިގެން ކެނެޑާގެ މިސްކިތަކަށް ހަމަލާ ދޭން އުޅުނު މީހަކު ހުއްޓުވައިފި އެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހު ބަޔަކު ނަމާދަށް ތިބި ވަގުތު ހަމަލާ ދޭން މަސައްކަތް ކުރި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ޓޮރޮންޓޯގެ މިސިސައުގާ ހިސާބުގައި އޮންނަ މިސްކިތަށް ފުރޯ ހިފައިން ވަނީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. ނަމާދަށް ތިބި މީހުންގެ ގަޔަށް ސްޕްރޭ ޖެހުމަށް ފަހު، ހަމަލާ ދޭން އުޅުމުން، އެންމެންވެގެން ވަނީ އޭނާ ހުއްޓުވާފަ އެވެ.

އޭގެ ފަހުން ފުލުހުން އައިސް ވަނީ އެ މީހާ ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ. ސްޕްރޭ ޖެހުމުގެ ސަބަބުން މިސްކިތުގައި ތިބި ބައެއް މީހުންނަށް ކުދި އަނިޔާތައް ލިބުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިއީ އެއްވެސް ބަޔަކާ ގުޅުމެއް އޮތް ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށާއި ހަމަލާ ދިނީ ނަފުރަތުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯގެ ޓްވީޓެއްގައި ވަނީ ހަމަލާ ކުށްވެރި ކުރައްވާފަ އެވެ. އެފަދަ އަނިޔާވެރި އަމަލުތަކަކީ ކެނެޑާގައި ޖާގައެއް ނެތް ކަންކަން ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ޓޮރޮންޓޯގެ މޭޔަރު އަދި އޮންޓާރިއޯ ޕްރޮވިންސްގެ ބޮޑު ވަޒީރު ވެސް ވަނީ ހަމަލާ ކުށްވެރި ކުރައްވާފަ އެވެ.

މިސްކިތުގެ އިމާމް އިބްރާހިމް ހިންދީ ވަނީ ނަމާދަށް ތިބި މީހުންގެ ހިތްވަރަށް ތައުރީފުކޮށްފަ އެވެ.

"އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައު ފަސާދައެއް ނުކުރެވޭނެ. އަދި އަޅުގަނޑުމެންނަށް ބިރެއް ވެސް ނުދެއްކޭނެ."

މިދިޔަ ޖޫން މަހު އޮންޓާރިއޯގައި ޕިކަޕެއް ދުއްވާފައި ދިޔަ މީހަކު ވަނީ ޕާކިސްތާން ދަރިފަސްކޮޅަށް ނިސްބަތްވާ ކެނެޑާ އާއިލާއެއްގެ ގައިގައި ގަސްތުގައި ޖައްސާފަ އެވެ.

އެ ހަމަލާގައި އާއިލާގެ ހަތަރު މެމްބަރުން މަރުވި އެވެ. ފުލުހުން ބުނީ އެއީ "އިސްލާމޮފޯބިއާ" ނުވަތަ އިސްލާމްދީނާ މެދު ނަފުރަތު އުފެދިގެން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox