ގޯލްޑަން ފުޓްސަލް ޗެލެންޖް: ގާފަރާއި ވާދޫ އަދި މާމިގިއްޔަށް ޒޯން ޗެމްޕިއަންކަން

Mar 20, 2022, 7:58 AM
ޒޯން ޗެމްޕިއަންކަން ހޯދުމަށް ފަހު ވާދޫ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ވާދޫ ފުޓްސަލް ޓީމު/ ފޭސްބުކް

ޒޯން ޗެމްޕިއަންކަން ހޯދުމަށް ފަހު ވާދޫ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ވާދޫ ފުޓްސަލް ޓީމު/ ފޭސްބުކް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ފަހު އދ. މާމިގިއްޔާއި ގދ. ވާދޫ އަދި ކ. ގާފަރު ޒޯން ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޒޯން ހަތަރެއްގައި ދިއްގަރުން ވަނީ 3-1 އިން އދ. އޮމަދޫ އަތުން މޮޅުވެފަ އެވެ. މާމިގިލިން އެ ޒޯންގެ ޗެމްޕިއަންކަން ހޯދީ ރޭ މ.މުލަކު އަތުން 9-4 އިން މޮޅުވެގެންނެވެ. ދިއްގަރަށް ވެސް ވަނީ އަނެއް ބުރުން ފުރުސަތު ލިބިފަ އެވެ. ޒޯން ތިނެއްގައި ގާފަރާއި އއ. މަތިވެރި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޒޯން ޗެމްޕިއަންކަން ގާފަރަށް ވަނީ ލިބިފަ އެވެ. އެ ޒޯނުން ގަދަ 16 ބުރަށް މަތިވެރި ވަނީ ހޮވިފަ އެވެ. އަދި ރޭ އެ ޒޯނުގައި ރޭ ކ. ކާށިދޫން ވަނީ 5-1 އިން ޅ. ހިންނަވަރު ބަލިކޮށްފަ އެވެ.

ގދ. ވާދޫ އިން 2-1 އިން ގއ. މާމެންދޫ ބަލިކޮށް ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދިއިރު، ރޭ އެ ޒޯނުގައި ގއ. ކޮނޑޭ ވަނީ 2-1 އިން ލ. ގަން ބަލިކޮށްފަ އެވެ. އަނެއް ބުރަށް ދިޔައީ ވާދޫގެ އިތުރުން ކޮނޑޭ އެވެ.

މާމިލީގެ ކުޅުންތެރިން ޒޯން ތަށި ލިބުމުން އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ދިއްގަރުގެ ގޯލުތައް ޖެހީ މުހައްމަދު ސާގިބް، ނޫހު މައްސޫދު އަދި އަލީ މާޖިދު އެވެ. އޮމަދޫގެ ގޯލުތައް ޖެހީ އަބްދުﷲ އަރުޖަމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދިއްގަރުގެ ނޫހު އެވެ.

މާމިގިލިން މުލަކު ކޮޅަށް ޖެހި ނުވަ ގޯލުގެ ތެރެއިން ފަސް ގޯލު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހައިޝަމް އަރީފް އެވެ. އަނެއް ގޯލުތައް ޖެހީ މޫސާ ހަސަން ފުޅު، އުނައިޒް ގާސިމް، ހިސާމް ސަލީމް (ކޮކީ) އަދި އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. އަދި މުލަކުގެ ގޯލުތައް ޖެހީ އަހުމަދު ރަޝީދާއި އާދަމް ޝަހީމް (އާނާ) ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ.

ޒޯން ހަތަރެއްގެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ލިބުނީ މާމިގިލީގެ ހައިޝަމް އަށެވެ.

ހިންނަވަރު ކޮޅަށް ކާށިދޫން ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޝައްފާން ހަލީމާއި ކެޕްޓަން އަބްދުﷲ ސުޒޭރު، އަހުމަދު ނިސާހުގެ އިތުރުން އަހުމަދު ނާސިހު ދެ ގޯލެވެ. ހިންނަވަރުގެ ގޯލު ޖެހީ އިބްރާހިމް ނިހާމް އުސްމާން އެވެ. މަތިވެރިން ޖެހި ގިނަ ހަމަލާތަކެއް ހުއްޓުވި ކ. ގާފަރު ޓީމުގެ ގޯލްކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ) އަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފަ އެވެ.

މި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަކީ ގާފަރުގެ އަލީ މާއިސް (މައްޓު)، ގައިސާން އަބޫބަކުރު މާހިރު އަދި އއ. މަތިވެރި ޓީމުގެ މުހައްމަދު އިމްރާން (ކުޑަ އިންމަ) އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ މައްޓު އެވެ.

ގާފަރުން ވަނީ ކ. އަތޮޅުގެ ޗެމްޕިއަންކަމުގެ އިތުރުން ޒޯން ތިނެއްގެ ޗެމްޕިއަންކަން ވެސް ހޯދާފައި.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ވާދޫ ޓީމަށް ގޯލުތައް ޖަަހައިިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ މުސައްނިފު މުހައްމަދު (މުއްސަ) އާއި އަހުމަދު ނަޝާހު (ނައްޓު) އެވެ. މާމެންދޫގެ ހަމައެކަނި ގޯލު ޖެހީ އަހުސަމް ހަސަން ދީދީ އެވެ. ގއ. ކޮނޑޭ އިން ގަން ބަލިކުރިއިރު، ދެ ގޯލު ޖެހީ އިނާން އަހުމަދު (ބަޓުކް) އާއި ޝިފާޒް އާދިލް (ތުއްތު) އެވެ. ގަމުގެ ހަމައެކަނި ގޯލު ޖެހީ ހަސަން ފައްވާޒް އެވެ.

ޒޯން ހައެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަކީ ވާދޫގެ މުހައްމަދު އިޔާދު އަލީ އާއި ކޮނޑޭގެ ތުއްތު އެވެ. މޮޅު ކުޅުންތެރިއާގެ ޓްރޮފީ ވެސް ހޯދީ އިޔާދު އެވެ.

މުބާރާތުގައި މިރޭ ވެސް ފޯރިގަދަ ހަ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން 20:15 ގައި ފަށާނީ ޒޯން ފަހެއްގެ މެޗުތަކެވެ. އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށިން ނުކުންނާނީ ފ. ބިލެއްދޫއާ ދެކޮޅަށެވެ. އެ ވަގުތު އެ ޒޯންގެ އަނެއް މެޗުގައި ދ. ކުޑަހުވަދޫން ކުޅޭނީ ތ. އޮމަދޫއާ އެވެ. އޭގެ އެއް ގަޑިއިރު ފަހުން މާލެ ޒޯންގެ ދެ މެޗު ކުޅޭނެ އެވެ. ހެންވޭރާއި މާފަންނު ކުޅޭއިރު، ހުޅުމާލެ ނުކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ. ފަހު މެޗުތައް 22:15 ގައި ކުޅޭއިރު، ހއ. އިހަވަންދޫ ކުޅޭނީ ށ. ކަނޑިތީމާ ދެކޮޅަށެވެ. އަދި ނ،. ކުޑަފަރި އާއި ރ. ދުވާފަރު ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox