ކޯޗު ނަޒީފް: ބާސްކެޓްބޯޅައިގެ މުސްތަގުބަލަށް މަގެއް ކޮށައިދޭ ހިދުމަތްތެރިއެއް

ކޯޗު ނަޒީފް: ބާސްކެޓްބޯޅައިގެ މުސްތަގުބަލަށް މަގެއް ކޮށައިދޭ ހިދުމަތްތެރިއެއް

ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ މުބާރާތުގެ ކުޅުން މިދިޔަ ހުކުރު ދުވަހުގެ ރޭ ނިމިގެންދިޔައީ މި ކުޅިވަރުން އާ އުންމީދާއި އުޖާލަކަން ގެނެސްދީފަ އެވެ. ދެ އަހަރުގެ ބޮޑު މެދު ކެނޑުމަކަށްފަހު ބޭއްވި ބާސްކެޓްގެ ރަސްމީ ފުރަތަމަ މުބާރާތް ވެގެންދިޔައީ ކޮވިޑްގެ ސަބަބުން މަޑު ޖެހިފައި އޮތް ބާސްކެޓްގެ ދުވެލި ބާރުކޮށްލަން ލިބުނު ފުރުސަތަކަށެވެ. އެކަން މުބާރާތުން ފެނުނު މަންޒަރުތަކަށް ބެއްޔަސް ސާފެވެ.

ހުނަރު ދައްކާލަން ކެތްތެރިކަމާ އެކު ފުރުސަތަކަށް އެދިއެދި ތިބި ކުޅުންތެރިންގެ މި ފަހަރުގެ ބާސްކެޓްބޯޅަ ސީޒަން ފެށުން ވެގެންދިޔައީ ރަނގަޅު ޕްލެޓްފޯމެއްގެ ބިންގަލަކަށެވެ. އަދި އެ ކުޅުންތެރިންނަށް އިރުޝާދުދޭން ތިބި އެދުރުންނަށް ފެންވަރު ވަޒަންކޮށްލަން ލިބުނު އިމްތިހާނު ކަރުދާހަކަށެވެ. އެ ގޮތުން މި ފަހަރު އެންމެ ފާހަގަކޮށްލެވުނު އެއް ކޯޗަކީ އަހުމަދު ނަޒީފް (ނަޒީ) އެވެ.

ތިން ޑިވިޝަންގައި ވާދަކުރި ޓީމްތަކަށް އިރުޝާދު ދޭ މަދު ކޯޗުންގެ ތެރޭގައި ތަޖުރިބާކާރު ކޯޗު އަހުމަދު ނަޒީފް (ނަޒީ) ހިމެނެ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ތިން ޓީމެއް މިފަހަރުގެ ގައުމީ ލީގާއި ގައުމީ މުބާރާތުގައި ކުޅުނެވެ. އެ ޓީމުތަކުގައި ޒުވާން ކުޅުންތެރިންގެ ހިއްސާ ބޮޑުކޮށް ކުރިއަށްގެންދިއުމުގެ މޭސްތިރިއެއްގެ ގޮތުގައި ފެންނަން ހުރީ ނަޒީ އެވެ.

Advertisement

މި އަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގަކީ ފަހުގެ ތާރީޙެއްގައި އެންމެ ގިނަ ޓީމް ވާދަކުރި މުބާރާތެވެ. ދެ ވަނަ ޑިވިޝަންގައި އެކަނިވެސް ނުވަ ޓީމު ވާދަކުރި އެވެ. އަންހެން ޑިވިޝަންގައި ހަ ޓީމު އަދި ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގައި ހަ ޓީމް ވާދަކުރި އެވެ. ބޮޑެތި ޓީމުތަކުން ތައްޓަށް އަމާޒުކޮށް ޓީމު ތައްޔާރުކުރިއިރު، ޒުވާން ކުޅުންތެރިން ހިމެނޭ ގިނަ ޓީމްތަކަކާ އެކު ބާސްކެޓްބޯޅައިގެ އީދަކަށް މައިދާން އޮތީ ފައްކާވެފަ އެވެ.

ސައިކްލޯން ޓީމު ތަށްޓާ އެކު ފޮޓޯ ނަގާއިރު ނަޒީ ކައިރީގައި ހުއްޓިލައިގެން.-- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން

ދެ ވަނަ ޑިވިޝަންގައި ވާދަކުރި ސްޕާޓަންސް ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. އަންހެން ޑިިވިޝަންގައި ވާދަކުރި ސައިކްލޯނުން ވެސް ލީގާއި ގައުމީ މުބާރާތުގެ ތަށި ހޯދީ ސައްތައިން ސައްތަ ރެކޯޑަކާ އެކު ގައެވެ. މިއީ ނަޒީގެ ބެލުމުގެ ދަށުން ނުކުތް ތިން ޓީމުގެ ތެރެއިން ދެ ޓީމުގެ ވާހަކަ އެވެ.

ދެން އޮތީ އެންމެ ފޯރިގަދަ ފުރަތަމަ ޑިވިޝަނެވެ. ހަ ޓީމް ވާދަކުރި ގައުމީ ލީގުގައި ނަޒީގެ ކޯޗުކަމުގައި ކުޅުނު ރެޑްވިންގްސް އިން ކުޅުނު 10 މެޗުގެ ތެރެއިން އެ ޓީމް މޮޅުވީ ހަތަރު މެޗުންނެވެ. ނަމަވެސް ބަލިވި ހަ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އިތުބާރާ އެކު ދެން ރެޑްވިންގްސް ނުކުތީ ގައުމީ މުބާރާތަށެވެ. ފުރަތަމަ ސެމީ ފައިނަލްގައި ބައުސް ބަލިކުރި އެވެ.

ދެ ވަނަ ސެމީ ފައިނަލްގައި މުބާރާތުގެ އެއް ފޭވަރިޓުންކަމަށްވާ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް ބަލިކުރި އެވެ. އަދި ފައިނަލުގައި ވަރުގަދަ ކިންގްސް ޕްރެޝަރަށް ދުއްވާލި އެވެ. ބޮޑު ލީޑެއް ފުރަތަމަ ކުއާޓާގައި ނެގި ނަމަވެސް ކިންގްސް އިން ފަހަތުން އަރާ ފައިނަލުން މޮޅުވީ އެވެ. ކިންގްސްގެ ތަފާތަކަށް ވީ ތަޖުރިބާ ހުރި ބަދަލު ކުޅުންތެރިން ވެސް ޓީމުގައި ތިބުމެވެ.

ގައުމީ ފައިނަލުން ފެނުުނު މަންޒަރުތަކަށް ބަލާއިރު، ރެޑްވިންގްސްގެ ޒުވާން ޓީމާ އެކު ނަޒީ ކޮށްފައިވާ މަސައްކަތަށް ތައުރީފު ހައްގެވެ. ގައުމީ އެންމެ ބޮޑު ފައިނަލްގައި އަލަށް ނުކުމެ އެ ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް ދޭން ޖެެހެ އެވެ. ގައުމީ ޓީމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުޅުންތެރިން ތިބީ ކިންގްސްގަ އެވެ. ރެޑްވިންގްސްގައި ގައުމީ ސްކޮޑުގައި މީގެ ކުރިން ހިމެނުނު ކުޅުންތެރިއަކުވެސް ނެތެވެ. ނަމަވެސް ފަހު ކުއާޓާގެ އެންމެ ފަހު ފަސް މިނެޓަށް ދިޔައިރު ނަތީޖާ ދެ ޕޮއިންޓަށް ވެސް ކައިރި ވި އެވެ.

"އަސްލު އަޅުގަނޑު ބުނާނީ އަޅުގަނޑުގެ ނަސީބު ވަރަށް ރަނގަޅޭ، ތިން ޓީމުގައި ތިބީވެސް ވަރަށް ބުނާ ގޮތް ހަދާ، ވަރަށް މަސައްކަތްކުރާ، މޮޅުވާން ބޭނުންވާ ޕްލެޔަރުން. އަޅުގަނޑުގެ ވިޝަން އަށް މަސައްކަތްކުރާ ކުޅުންތެރިން މިތިބީ" ކޯޗު ނަޒީއާ އެކު މަސައްކަތްކުރި ތިން ޓީމުގެ ކުޅުންތެރިންގެ މަސައްކަތް ފާހަގަކުރަމުން އޭނާ ބުންޏެވެ.

ކޯޗު ބުނީ ފުރަތަމަ ޑިވިޝަންގައި ކުޅުނު ދެ ވަނަ މުބާރާތުގައި ފައިނަލް ކުޅެ ކުޅުންތެރިން ދެއްކި ކުޅުމާއި ހިތްވަރުން އިތުރަށް މި ޓީމާ އެކު ކުރިއަށްދާން އިތުބާރު ލިބިއްޖެކަމަށެވެ.

"މި ކުދިންނަށް ގިނައިން މެޗު ލިބުނު ވަރަކަށް ތަފާތު ވާނެ. ކުދިންގެ ހިތްވަރާއި، މިންނަތާ މަސައްކަތުން، ސިލްވާ މެޑަލް ވިންކޮށްގެން އެ ފޭބީީ،" ނަޒީ ބުންޏެވެ.

ރާއްޖޭގެ ގިނަ ކުޅިވަރުތަކަށް ބަލާއިރު ސީނިއާ ކުޅުންތެރިން ރިޕްލޭސްކޮށްލާނެ އެ ފެންވަރުގެ ކުޅުންތެރިންނެއް ހަލުވި މިނެއްގައި އުފެދިފައިނެތެވެ. ޖީލަކަށް ފަހު ޖީލެއް މަތީ ފަންތީގައި ހިފެހެއްޓޭ ވަރަށް ކުޅުންތެރިން ނެރޭ ކޮންމެ ކުޅިވަރެއްގެ މުސްތަގުބަލު އުޖާލާވާނެ އެވެ. ގައުމީ ޓީމަށް ބަދަލުތައް ގެންނަ ބަލާއިރު ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިންގެ ފަރަގު ބޮޑުވުމަކީ އާ ޓީމެއް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާއިރު އެންމެ ބޮޑު މައްސަލަ އެވެ. ރެޑްވިންގްސް އިން ގައުމީ މުބާރާތުގައި ދެއްކި ކުޅުމާ އެކު ރާއްޖޭގެ ބާސްކެޓްބޯޅައިގެ ޒުވާން ޖީލުގެ ހުނަރާއި ފަންވަރު ފެނިއްޖެ އެވެ. ސީނިއާ ކުޅުންތެރިންގެ ފަހަތުން އަރާ ބޮންތިއާ ހަމައަށްދާނެ ވަރުގަދަ "ފޯސް"އެއް ތައްޔާރުވެފައިވާކަމުގެ މަލަމަތި އުދަރެހުން ދައްކާލައިިފި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox