ގޯލްޑަން ފުޓްސަލް ޗެލެންޖް: މާލެގަން އަށް ޒޯން ޗެމްޕިއަންކަން، މާފަންނާއި އޭދަފުށްޓައް ބޮޑު މޮޅެއް

Mar 19, 2022, 8:46 AM
ޗެމްޕިއަންކަން ހޯދި މާލެގަން ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ޗެމްޕިއަންކަން ހޯދި މާލެގަން ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ޕެނަލްޓީ ޖަހައިގެން ސ. ފޭދޫ ބަލިކޮށް ޒޯން ހަތެއްގެ ޗެމްޕިއަންކަން ޏ. ފުވައްމުލަކު، މާލެގަން ހޯދިއިރު، ޒޯން ދޭއްގައި ބ. އޭދުފުށްޓާއި މާލެ ޒޯންގައި މާފަންނުން ބޮޑު މޮޅެއް ހޯދައިފި އެވެ.

ރޭގެ މެޗުތަކުގައި ނަތީޖާތަކަށް ބަލާއިރު، ހއ. އިހަވަންދޫ އިން ވަނީ 3-1 އިން ށ. މިލަންދޫ ބަލިކޮށްފަ އެވެ. ށ. ކަނޑިތީމުން 6-3 އިން ހދ. ވައިކަރަދޫ ބަލިކުރި އެވެ. މި ނަތީޖާތަކާ އެކު އިހަވަންދޫ އާއި ކަނޑިތީމު ވަނީ ޒޯން ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މާފަންނުން 4-0 އިން ހުޅުމާލެ ބަލިކުރިއިރު، ބ.އޭދަފުށިން ވަނީ 8-0 އިން ނ.ކުޑަަފަރި ބަލިކޮށްފަ އެވެ. މާލެގަން އަތުން ރޭ ސ.ފޭދޫ 3-2 އިން އެއްވަރުވުމުން ދެ ޓީމު ދެ ލެގުން އެގްރިގޭޓް އެއްވަރުވެގެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި މާލެގަން މޮޅުވީ 4-3 އިންނެވެ. އަދި ވިލިމާލެ އިން ވަނީ 4-3 އިން ހެންވޭރު ބަލިކޮށްފަ އެވެ.

އިހަވަންދޫ އަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ މޮޅު ކުޅުންތެރިޔާ އަހުމަދު ސާޖިދު ދެ ގޯލާއި އިބްރާހިމް ހާމިދު އެވެ. މިލަންދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޝާނީ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކަނޑިތީމުގެ މުހައްމަދު ޝާން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ ހުސެއިން ނައުޝާދާއި އިބްރާހިމް ނަދާދު އަދި އިބްރާހިމް ޒަމީން އެވެ.

ކުޑަފަރި ޓީމުގެ ހަސީބު (ކ) އަތުން ބޯޅަ ހޯދަން އޭދަފުށީ ޓީމުގެ ހަމްދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ފުރަތަމަ މެޗުގައި ދުވާފަރު އަތުން ބަލިވި ނަމަވެސް އެ މާޔޫސްކަމުން އަރައިގަންނަން ރޭ ވަނީ 8-0 އިން ނ.ކުޑަފަރި ބަލިކޮށްފަ އެވެ. މި މެޗުގައި އޭދަފުށި ޓީމުގެ ހަމްދާން އަބްދުލް ސައްތާރު ވަނީ ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަނެއް ގޯލުތައް ޖެހީ އަހުމަދު އަޝްރަފު ޔޫސުފް (ސޮބީ) ހެޓްރިކެއްގެ އިތުރުން އިސްމާއިލް ޝަރީފް އެވެ.

މާފަންނުން ފުރަތަމަ މެޗުގައި ވިލިމާލެއާ އެއްވަރުވިއިރު، ރޭ ވަނީ ހުޅުމާލެ އަތުން ފުރިހަމަ މޮޅެއް ހޯދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުސެއިން އަފްޒަލް (އޮޒިލް) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު ލިޔާހު އެވެ. ވިލިމާލެ އިން ރޭގެ މެޗުން މޮޅުވިއިރު، އެ ޓީމުގެ އަލީ ޝިޔާހު ވަނީ ހެޓްރިކެއް ހަދައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަނެއް ގޯލު ޖެހީ އަބްދުﷲ މުއާޒް (އޮޓޯ) އެވެ. ވިލިމާލެ ކޮޅަށް ހެންވޭރުގެ ގޯލުތައް ޖެހީ އަހުމަދު އަރީސް، ހުސެއިން ފައްޔާޒް އަދި މުހައްމަދު ރިއްފަތު (ރިއްޕެ) އެވެ.

މުބާރާތުގައި މިރޭ ހަ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން 20:15 ގައި ފަށާނީ ޒޯން ތިނެއްގައި ޅ. ހިންނަވަރާއި ކ. ކާށިދޫގެ މެޗާއި ހަމަ އެ ޒޯނުގައި އއ. މަތިވެރި އާއި ކ. ގާފަރު ބައްދަލުކުރާ މެޗެވެ. ދެ ވަނަ މެޗުތައް، 21:15 ގައި ފަށާއިރު، އދ. އޮމަދޫން ކުޅޭނީ މ. ދިއްގަރާ އެވެ. އަދި އދ. މާމިގިލިން މ. މުލަކާ ބައްދަލުކުރާނެ އެވެ. އެންމެ ފަހު މެޗުތަކުގައި ގއ. ކޮނޑޭ އާއި ލ.ގަން އެއް މެޗުގައި ކުޅޭއިރު، އަނެއް މެޗުގައި ގދ. ވާދޫން ކުޅޭނީ ގއ. މާމެންދޫއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox