ގާފަރާއި މަތިވެރި އަށް މޮޅެއް، ވައިކަރަދޫން ފަހަތުން އަރައި ހޯރަފުށި ބަލިކޮށްފި

Mar 17, 2022, 5:00 AM
ވައިކަރަދޫ ޓީމުގެ އަގީލް (ކ) ހޯރަފުށީގެ ކީޕަރު އަލީފް ކައިރިން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ވައިކަރަދޫ ޓީމުގެ އަގީލް (ކ) ހޯރަފުށީގެ ކީޕަރު އަލީފް ކައިރިން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ޒޯން ބުރުގައި ކ. ގާފަރާއި އއ. މަތިވެރި ކުޅުނު މެޗުތަކުުން މޮޅުވިއިރު، ހއ. ހޯރަފުށި އަތުން ފަަހަތުން އަރައި 6-5 އިން ހދ. ވައިކަރަދޫ މޮޅުވެއްޖެ އެވެ.

ޒޯން ތިނެއްގައި ފުރަތަމަ ކުޅުނު ދެ މެޗު ވެސް ވީ އެއްވަރެވެ. ރޭ ގާފަރުން ވަނީ 3-0 އިން ކ. ކާށިދޫ ބަލިކޮށްފަ އެވެ. މަތިވެރިން ހިންނަވަރު ބަލިކުރީ 3-2 އިންނެވެ. ގާފަރާއި މަތިވެރި ފަހު މެޗުގައި ވާދަކުރާއިރު، އެއީ ފޯރިގަދަވާނެ މެޗެކެވެ.

ވައިކަރަދޫން ހޯރަފުށި އަތުން މުހިންމު މޮޅެއް ހޯދިއިރު، ނާވައިދޫ ކުޅުނު މެޗުން ވަނީ ހއ. އިހަވަންދޫ އަތުން 3-2 އިން ބަލިވެފަ އެވެ.

ކާށިދޫ ކުޅުންތެރިއަކު ކައިރިން ގާފަރުގެ މައްޓު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރޭ ގާފަރުން ކާށިދޫ ބަލިކުރިއިރު، ތަފާތަކީ ގާފަރު ޓީމުގެ އަލީ މާއިސް (މައްޓު) އެވެ. ޒޯން ބުރުގައި ގާފަރުން ކުޅުނު ފުރަތަމަ މެޗުގައި އެއްވަރުވިއިރު، އެ ޓީމުން ކުޅުނީ މައްޓު އާއި ކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ) ނުލަ އެވެ. ރޭގެ މެޗުގައި އެ ދެ ކުޅުންތެރިން ވަނީ ގާފަރު މޮޅުކޮށްދޭން ތަފާތު ދައްކައިފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މެޗުގެ މޮޅު ކުޅުންތެރިއަށް ހޮވުނު މައްޓު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ލިބޭ ޖާގަތަކުގެ ބޭނުންހިފައި މައްޓު ޖެހި ތިން ގޯލު ވެސް ޓެކްނިކަލީ ބަލާއިރު ތަފާތު މޮޅެވެ. މި މެޗުގައި ކާށިދޫން ޖެހި ގިނަ ބޯޅަތަކެއް ކީޕަރު ފައިއްޓެ ވަނީ މަތަކޮށްފަ އެެވެ.

މަތިވެރި ކުޅުނު ފުރަތަމަ މެޗުގައި ކާށިދޫއާ އެއްވަރުވީ ފަހު ވަގުތު ގޯލުތައް ވަދެގެންނެވެ. އެކަމަކު، ރޭގެ މެޗުގައި ހިންނަވަރާ ދެކޮޅަށް މަތިވެރިން ވަނީ ލީޑުހިފެހެއްޓުމުގައި ކާމިޔާބު ހޯދައިފަ އެވެ.

މި މެޗުގައި މަތިވެރީގެ ތިން ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މުހައްމަދު އިމްރާން (ކުޑައިންމަ) އެވެ. މީގެ ތެރެއިން އެއް ގޯލަކީ ހިލޭ ޖެހުމަކުން ޖެހި ގޯލެކެވެ. ހިންނަވަރުގެ ގޯލުތައް ޖެހީ އަހުމަދު އަވީން މުހައްމަދާއި ވިޖާޒް އީސާ އެވެ.

ހިންނަވަރު ކުޅުންތެރިއަކު ކައިރިން މަތިވެރި ޓީމުގެ ކުޑައިންމަ ބޯޅަ ހިފައިގެން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ފުރަތަމަ މެޗުން މޮޅުވި ނާވައިދޫ ރޭގެ މެޗުގައި ބަލިވިއިރު، އެ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ނާޝިދު އާއި އަބްދުﷲ ނާސިފް އެވެ. އިހަވަންދޫ މޮޅުވީ މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް ހާމިދުގެ ދެ ގޯލާއި މުހައްމަދު ފަޒީލް ޖެހި ގޯލުންނެވެ.

ހޯރަފުށީގެ އަލީ ޝިމާހު ދެ ގޯލާއި މުހައްމަދު ރިޝާން، އަލީ އިމްރާން މުހައްމަދު އަދި އަލީ ޒިޔާދު މުހައްމަދުގެ ގޯލުތަކުން އެ ޓީމުން ރަނގަޅު ލީޑެއް ނެގި އެވެ. އެކަމަކު، މެޗުން މޮޅުނުވެވުނީ ވައިކަރަދޫން ދެއްކި ތަފާތު ހިތްވަރުންނެވެ. ފަަހަތުން އަރައި މޮޅުވިއިރު، ވައިކަރަދޫގެ ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް އަގީލް ހެޓްރިކެއްގެ އިތުރުން އަހުމަދު ރައުޝަން، އަލީ އަބްދުﷲ އަދި އަހުމަދު ސިފާއުގެ ގޯލުންނެވެ.

މާލޭ ޒޯންގެ ދެ މެޗު ވެސް އެއްވަރު

ރޭ މާލޭ ޒޯން، 8 ގައި ކުޅުނު ދެ މެޗުގައި ވިލިމާލެ އާއި މާފަންނު އެއްވަރުވީ 1-1 އިންނެވެ. ހެންވޭރާއި ހުޅުމާލެ އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. ފުޓްސަލްގެ ވަރުގަދަ ނަންތަކަކާ އެކު އޮތް މާލެގެ ހަތަރު ޓީމު ވާދަކުރާ މި ޒޯން ފެންނަނީ ފޯރިގަދަކޮށެވެ.

މާފަންނާއި ވިލިމާލެ ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައިރު، ފުރަތަމަ ހާފުގައި ލީޑުނެގީ މާފަންނު އިންނެވެ. މި ލަނޑު ޖެހީ ޔޫސުފް ޖައިޝަމް ނާފިޒް (ޖައި) އެވެ. ދެ ވަނަ ހާފުގައި މާފަންނުގެ މުހައްމަދު ލިޔާހަށް ވަނީ ލަނޑު ޖަހައި، އެ ޓީމަށް ލީޑުފުޅާކޮށްދޭން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެއިން ފުރުސަތެއް ގޯލަކަށް ހަދައިނުލެވިދިޔައިރު، މެޗުގައި ވިލިމާލެ އިން އެއްވަރުކުރީ ފަހު މިނިޓްގައި ޕެނަލްޓީ އަކުން ގޯލު ޖަހައިގެންނެވެ. މި ޕެނަލްޓީ ޖެހީ ވިލިމާލެ ޓީމުގެ ކެޕްޓަން އަލީ ޝިޔާހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މާފަންނު ޓީމުގެ ލިޔާހު އެވެ.

ރޭގެ މެޗުގެ ތެރެއިން ހުޅުމާެލެ ކީޕަރު ޒުހަލް: މޮޅު ކުޅުމެއް ދައްކައި މުހިންމު ބޯޅަތަކެއް ހުއްޓުވި.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ހެންވޭރާއި ހުޅުމާލޭގެ މެޗު އެއްވަރުވުމުގެ ކްރެޑިޓް ހައްގުވާ ކުޅުންތެރިއަކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުޅުމާލެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ޒުހަލް އެވެ. އޭނާ ވަނީ ހެންވޭރުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. ކްލަބް މޯލްޑިވްސް ކަޕް އެންމެ ފަހުން ބޭއްވިއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ޓީމަށް ކާމިޔާބުކޮށްދޭން މޮޅު ކުޅުމެއް ދެއްކި ޒުހަލް ވަނީ ރޭ ފަހު މިނިޓްގައި ހެންވޭރުގެ މުހައްމަދު ރިއްފަތު (ރިއްޕެ) ޖެހި ދުރު ޕެނަލްޓީ މަތަކޮށްފަ އެވެ.

މުބާރާތުގައި މިރޭ ވެސް ޒޯން ބުރުގެ ހަ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން 20:15 ގައި ފަށާނީ އދ. މާމިގިއްޔާއި އދ. އޮމަދޫ ކުޅޭ މެޗެވެ. ހަމަ އެ ވަގުުތު ގދ. ވާދޫ އާއި ގއ. ކޮނޑޭ ބައްދަލުކުރާ މެޗު ވެސް އޮންނާނެ އެވެ. މ. މުލަކާއި މ. ދިއްގަރުުގެ މެޗު 21:15 ގައި ކުޅޭއިރު، އެ ވަގުތު ލ. ގަމާއި ގއ. މާމެންދޫ ބައްދަލުކުރާނެ އެވެ. މިރޭގެ ފަހު މެޗުތައް ވެސް 22:15 ފަށަން ތާވަލުކޮށްފައިވާއިރު، އެއް މެޗުގައި ތ. ތިމަރަފުށި ކުޅޭނީ ދ. ކުޑަހުވަދޫއާ އެވެ. އަދި ފ. ބިލެއްދޫ ބައްދަލުކުރާނީ ތ. އޮމަދޫއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox