އިންޑިއާގައި 12 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ޖަހަން ފަށައިފި

އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ 75 ޕަސެންޓު ކުދިން ވަނީ ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހާފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ 75 ޕަސެންޓު ކުދިން ވަނީ ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހާފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގައި ސްކޫލުތައް ހުޅުވިތާ ހަފްތާތަކެއް ފަހުން، އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.

އެ ކުދިންނަށް ޖަހާނީ އިންޑިއާގައި އުފެއްދި ތިން ވަނަ ކޮވިޑް ވެކްސިން. ކޯބެވެކްސް އެވެ.

ބޮޑު ވަޒީރު ނަރެންދް މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ "ރައްޔިތުންނަށް ވެކްސިން ދިނުމަށް ކުރާ މަސައްކަތުގައި މުހިއްމު ދުވަހެއް" ކަމަށެވެ.

Advertisement

އިންޑިއާގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށީ ޖެނުއަރީ 2021 ގަ އެވެ. އޭގެ ފަހުން ޖުމްލަ 1.8 ބިލިއަން ޑޯޒް ވަނީ ޖަހާފަ އެވެ.

އާބާދީގެ 18 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓު ދެ ޑޯޒް ޖަހާފައިވާ އިރު، 99 ޕަސެންޓް މީހުން ވަނީ އެއް ޑޯޒް ޖަހާފަ އެވެ.

ފްރަންޓްލައިން މުވައްޒަފުންނާއި ސިއްހީ މަސައްކަތްތެރިންނާއި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ދޭން ފެށީ ޖެނުއަރީ ގަ އެވެ.

އޭގެ ފަހުން 10 މިލިއަން ސިއްހީ މަސައްކަތްތެރިން ފްރަންޓްލައިން މުވައްޒަފުން އަދި އުމުރުން 60 އަހަރުން މަތީގެ 10 މިލިއަން މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.

އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފެށީ ވެސް ޖެނުއަރީ މަހު އެވެ. މިހާރު އެ އުމުރުން 75 ޕަސެންޓް ކުދިން ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

މިހާތަނަށް އިންޑިއާގައި 43 މިލިއަން ކޮވިޑް ކޭސް ރިކޯޑްކޮށްފައިވެ އެވެ. އަދި އެ ބަލީގައި އިންޑިއާއިން މަރުވެފައި ވަނީ 515،000 މީހުންނެވެ.

މި ވަގުތު އިންޑިއާގައި ކޮންމެ ދުވަހަކު ވެސް 3000 ކޭސް ރިކޯޑް ކުރެ އެވެ. އޮމިކްރޯން ވޭރިއެންޓްގެ ސަބަބުން މިދިޔަ ޖެނުއަރީ މަހު ވަރަށް ބޮޑަށް ކޭށްތައް އިތުރުވެ، ބަލީގެ ތިން ވަނަ ރާޅެއް ކުރިމަތިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox