ހުލާސާކޮށް މަޖިލިސް: ހަފްތާއެއްގެ ތެރޭގައި އަސްލަމަށް ދެ ވަނަ ސުވާލު

ހައުސިން މިިނިސްޓަރު މުަހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ހައުސިން މިިނިސްޓަރު މުަހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނައިން ހާޒިރުކޮށް ސުވާލުތައް ކުރިމަތިކުރާ ވަޒީރު، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ މެމްބަރުން މިހަފްތާގައި ދެވަނަ ފަހަރަށް ސުވާލުކުރުން މިއަދު އޮތެވެ.

މަޖިލީހުން މިހަފްތާގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވެސް އަސްލަމާ ސުވާލުކުރުން އޮތެވެ. މިއަދުގެ ޖަލްސާއަށް އަސްލަމް ވަޑައިގެންނެވީ މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. ސައީދު ސުވާލުކުރެއްވީ ލ. ހިތަދޫގެ ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި އޮތަސް އަމަލީ މަސައްކަތް ނުފެށެނީ ކީއްވެތޯއާއި ހިތަދުއާއި ކުނަހަންދުއާ ދެމެދު އަޅާ ކޯޒްވޭގެ މަސައްކަތް ފެށޭނެ އިރަކާ ބެހޭ ގޮތުންނެވެ.

އަސްލަމް ވިދާޅުވީ ލ. ހިތަދޫގެ ނަރުދަމާގެ (ފަންނީ މަސައްކަތްތައް) މަސައްކަތް މިދިޔަ ޖެނުއަރީމަހުގެ 28 ގައި ފަށާފައިވާ ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

އިތުރު ސުވާލުކުރުމުގެ ވަގުތުގައި މެމްބަރުން ކުރެއްވި މުހިއްމު ސުވާލުތަކުގެ ތެރޭގައި ސަރުކާރުން އިއުލާނުކޮށްފައިވާ ރީޖަނަލް އެއާޕޯޓްތަކުގެ މަސައްކަތް އޮތް ހިސާބަކާ ބެހޭ ސުވާލުތަކާއި ހައުސިން މަޝްރޫއުތަކާ ބެހޭ ސުވާލު ހިމެނެ އެވެ. ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން ސަރުކާރުން ކުރިން އިއުލާނުކޮށްފައި ވާތީ އެކަމާ ބެހޭ ގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ސުވާލު ކުރެއްވި އެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުން ޕްލޭންކުރި އެއާޕޯޓްތަކުގެ ތެރޭގައި ރ. އަތޮޅުގައި އަޅާ އެއާޕޯޓެއް ވެސް ހިމެނޭ ކަމަށާއި އެހެން ނަމަވެސް އެ އެއާޕޯޓް އަޅާނެ ތަނެއް އަދިވެސް ނުނިންމާ ކަމަށެވެ.

"ދައުރުގައި ބާކީ، ދޮޅުއަހަރެއްހާ ދުވަސް ވެސް ނޭނގޭ އޮތްކަމެއް. ދެން މަސައްކަތް ކުރާނަން އެނގޭތޯ. އަޅުގަނޑަކަށް މާ ޔަގީންކަމާއެކީ ދަންނަވާކަށް ނޭނގޭ. މަސައްކަތް ފެށްޓުމަކީ އެކަށީގެންވާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް އެއާޕޯޓްތަކާ ބެހޭ ގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އިއުލާނުކޮށްފައިވާ ހަ އެއާޕޯޓްގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ރ.އަތޮޅު ހިމެނޭ ގޮތުން ހަ އަތޮޅެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. ކޮންޓްރެކްޓާ ފައިނޭންސް ކުރާ ގޮތަށް އެ އެއާޕޯޓްތައް އަޅަން ހުށަހެޅޭނެ އެންމެ ދަށް އަގު މިދިޔަ މަހު ބަދަލުކޮށް ކޮންޓްރެކްޓަރުން ހޯދަން އަލުން ހުޅުވައިލި އެވެ.

އަފީފްގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް އިތުރަށް ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލަށް އެެއާޕޯޓްތައް އެޅޭގޮތް ނުވާ ނަމަ، ދައުލަތުގެ ބަޖެޓުން ވެސް އެ މަސައްކަތް ކުރާނެ ކަމަށެވެ.

"އިއުލާނުކޮށްފައި އޮތް ހަ އެއާޕޯޓް، އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނަން، އެއް މޮޑެލް ފޭލްވެއްޖެއްޔާ އަނެއް މޮޑެލަށް ގެންގޮސްގެން ނަމަވެސް،" މިނިސްޓަަރު ވިދާޅުވި އެވެ.

މިއަދުގެ ހާޒިރީ

  • ހާޒިރުވެވަޑައިގެންނެވީ 31 މެމްބަރުން
  • ސަލާމުގައި: 08 މެމްބަރުން
  • ރަސްމީ ދަތުރުތަކުގައި 04 މެމްބަރުން

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ސުވާލުކުރުމުގެ އިތުރުން މަޖިލީހުގެ ފްލޯގައި މިއަދު އޮތީ އެންމެ ކަމެކެވެ.އެއީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ އެކެވެ. ކުއްލި މައްސަަލައެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވީ "އިންޑިއާ އައުޓް"ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްކޮށްް ހުންނަވައިގެން ކުރިއަށް ގެންދަވާ ކެމްޕޭން ހުއްޓުވަން ގޮވައިލާ މައްސަލަ އެކެވެ. ރައީސް ޔާމީން ހައްޔަކުރަން ވެސް ކުއްލި މައްސަލައިގައި ޖާބިރު ގޮވައިލެއްވި އެވެ.

ޖާބިރު މީގެ ކުރިން ހުށަހެޅުއްވި އެހެން ބައެއް މައްސަލަތަކެކޭ އެއްގޮތަށް މިއަދު ހުށަހެޅުއްވި މައްސަަލަ ވެސް މަޖިލީހުގައި ބަހުސްކުރަން ބަލައިގަންނަން ފާހެއް ނުވެ އެވެ.

މަޖިލީހުގެ ތަޅުމުގައި މާބޮޑު ބަހުސެއް ނެތަސް، ކޮމިޓީތަކުގެ ބައްދަލުވުންތައް މިއަދުވެސް ކުރިއަށް ދިޔަ އެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާ އެކު އިގުތިސާދީ ކޮމިޓީން ބޭއްވި ބައްދަލުވުމަކީ އޭގެ ތެރެއިން މުހިއްމު ބައްދަލުވުމެކެވެ.

ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓު ހަމަލާގެ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި އިނގިރޭސިވިލާތުގެ ވަކީލު އައްބާސް ފާއިޒް މިއަދު މަޖިލީހުގައި ނަޝީދާއެކު ބައްދަލު ކުރައްވަނީ: ނަޝީދަށް ހަމަލާދިން މައްސަލައިގައި 10 މީހުން ހައްޔަރުކޮށް އޭގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތް ފެށިގެން މިހާރު ދަނީ ކުރިއަށް -- ފޮޓޯ: މަޖިލިސް އިދާރާ

ދުވަހުގެ ކޯޓޭޝާން

ދައުރުގައި ބާކީ، ދޮޅުއަހަރެއްހާ ދުވަސް ވެސް ނޭނގޭ އޮތްކަމެއް. ދެން މަސައްކަތް ކުރާނަން އެނގޭތޯ. އަޅުގަނޑަކަށް މާ ޔަގީންކަމާއެކީ ދަންނަވާކަށް ނޭނގޭ. މަސައްކަތް ފެއްޓުމަކީ އެކަށީގެންވާ ކަމެއް

މަޖިލީހުގެ ތާރީހުން ކިޔާލުމަށް

ދިވެހިރާއްޖޭގެ މިނިވަންދުވަހާ ބެހޭ ގާނޫނު

މިއީ ޖެނުއަރީ 9، 1979 ގައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގާނޫނެކެވެ. މި ގާނޫނުގެ ހަމައެކަނި ބޭނުމަކީ ދިވެހިރާއްޖޭގެ މިނިވަންކަން ފާހަގަ ކުރާ ދުވަސް ރަސްމީކޮށް ކަނޑައެޅުމެވެ. އެ ގާނޫނުގައި އޮންނަނީ އެންމެ މާއްދާއެކެވެ، މިއީ މިހާރު ވެސް އަމަލު ކުރަމުން އަންނަ ގާނޫނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox