ވަގު ޑޮލަރުގެ މަޅީގައި ގިނަ ބަޔަކު ޖެހެނީ؛ ރައްކާތެރިވާން ފަސޭހަ

(ކ-ވ) ރާއްޖޭގައި މިހާރު ވިއްކަމުންދާ ފޭކު ޑޮލަރު ނޫޓެއް އަދި އަސްލު ޑޮލަރު ނޫޓެއް. ފޭކު ނޫޓަށް ލައިޓް އެޅުމުން ބެންޖަމިން ފްރޭންކްލިންގެ ފޮޓޯ ސާފުކޮށް ފެންނާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

(ކ-ވ) ރާއްޖޭގައި މިހާރު ވިއްކަމުންދާ ފޭކު ޑޮލަރު ނޫޓެއް އަދި އަސްލު ޑޮލަރު ނޫޓެއް. ފޭކު ނޫޓަށް ލައިޓް އެޅުމުން ބެންޖަމިން ފްރޭންކްލިންގެ ފޮޓޯ ސާފުކޮށް ފެންނާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނޫޓު އަތަށް ނެގުމަށްފަހު އަހަރެން އިނގިލި ކާއްތާލީ އެމެރިކާގެ ފައުންޑިން ފާދާ ބެންޖަމިން ފްރޭންކްލިންގެ ކޮނޑުގަ އެވެ. ފްރޭންކްލިންގެ ކޮނޑުގައި އޮތް ކޯޓުގެ އެއްވެސް ކުރަކިކަމެއް މި ސަތޭކަ ޑޮލަރުގެ ނޫޓަކުން ފާހަގައެއްނުވެ އެވެ. މޫނާ ދިމާލުން ފެންނަ އޮފު ކަމެއް ނެތުމުގެ އިތުރުން މޫނުމަތީގެ ކުލަ ވެސް ކަޅެވެ. ޔަގީނުން ވެސް މިއީ ފޭކު ޑޮލަރު ނޫޓެވެ.

"މި ދުވަސްކޮޅު މި އަންނަނީ 100 ޑޮލަރުގެ މައްސަލަތައް. އެހާ ކޮމްޕްލެކްސް އެއްނޫން މި. އެކަމަކު އަނެއްހެން އާންމު މީހާއަށް ކުޑަކޮށް އޮޅޭކަހަލަ ގޮތަކަށް މި ހުންނަނީ،" ވަގު ޑޮލަރު މައްސަލަ ތަހުގީގު ކުރަމުން އަންނަ ފުލުހަކު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގުގައި ހުރެ ބުންޏެވެ.

އެވިޑެންސް ކޮތަޅުން ގާތްގަނޑަކަށް 15 ވަރަކަށް ވަގު ނޫޓު އެ އޮފިސަރު ނެގި އެވެ. މިއީ މިހާރު ފުލުހުންނަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. މި ފޭކު ޑޮލަރުތައް އާދައިގެ ގޮތަކުން ހަދާފައި ހުރި ނަމަވެސް މި މަޅިއަށް ފެތޭ މީހުން މަދެއް ނޫނެވެ. ފުލުހުން ބުނާ ގޮތުން ވަގު ޑޮލަރު ހަދާ މީހުން ގިނައިން އަމާޒު ހިފަނީ ބިދޭސީންނަށް މަކަރު ހެދުމަށެވެ

"ކުށުގެ ރެކޯޑު އޮންނަ މީހުން ވެސް އެބަ އުޅޭ މިކަން ކުރަން. ހަމަ ލޯކަލްސް. ދެން ހުށަހެޅިފަ ހުރި ކޭސްތަކުން ބޮޑަށް ފާހަގަވަނީ ބިދޭސީންނަށް ކަން އަމާޒުކުރަނީ،" އޭނާ ބުންޏެވެ.

ވަގު ޑޮލަރެއްތޯ ޔަގީންކުރާނީ ކިހިނެއް؟

އެމެރިކާގެ ދައުލަތުން އުފައްދާ ޔޫއެސް ޑޮލަރަކީ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ކަރަންސީ ނޫޓެވެ. ނަމަވެސް މިއީ އެންމެ ގިނައިން ފޭކު ނޯޓު އުފައްދާ ކަރަންސީ ވެސްމެ އެވެ. ސަބަބަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބޭނުން ކުރެވޭ ނޫޓަކަށްވެފައި ޔޫސްއެސް ޑޮލަރުގެ އަގު ހުރުމެވެ. އެކަމަކު އެއީ ނަކަލު ކުރަން ފަސޭހަ ނޫޓެއް ނޫނެވެ.

"ކޮންމެ ނޫޓެއްގައި ވެސް ހުންނާނެތާ ސެކިއުރިޓީ ފީޗާޒް. އެކަންކަން ކޮންމެ މީހެއް ނުބަލާލާނެ. ގަޑި އާއި ތަނުގެ ގޮތުން ވެސް ކުލައާ އެއްޗިއްސަށް ނުބެލިދާނެ ނުވަތަ ނުފެނި ވެސް ހިނގައިދާނެ. އެ ތަފާތުތައް އަޅުގަނޑު ކުޑަކޮށް ކިޔާލަދޭނަން،" އެ އޮފިސަރު ބުންޏެވެ.

އޮފިސަރު ދެން އިޝާރާތްކުރީ އެއްކަލަ އަތުރާލާފައި ހުރި ފޭކު ޑޮލަރުތަކަށެވެ. އަދި އަޅާކިޔުމުގެ ބޭނުމުގައި އަސްލު 100 ޑޮލަރުގެ ނޫޓެއް ވެސް އަހަރެން އަތަށް ދިނެވެ. އެ ދެ ނޫޓުގައި ފަރުވާ ބަހައްޓައިގެން އަތް ކާއްތާލުމުން ވެސް ތަފާތެއް ފާހަގަވި އެވެ.

މަތީގައި އެވަނީ ފޭކު ޑޮލަރު ނޫޓެއް. ތިރީގައި އެވަނީ އަސްލު ނޫޓެއް. ދެ ނޫޓުގެ 100 ކުރަހާފައި އިންނަ ތަނާއި ޖެހިގެން އިންނަ ބެލްގފެ އޮފް ކަމާއި ކުލަގަނޑުގެ ތަފާތެއް ހުންނާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މަތީގައި އެވަނީ ފޭކު ޑޮލަރު ނޫޓެއް. ތިރީގައި އެވަނީ އަސްލު ނޫޓެއް. ދެ ނޫޓުގެ 100 ކުރަހާފައި އިންނަ ތަނާއި ޖެހިގެން އިންނަ ބެލްގފެ އޮފް ކަމާއި ކުލަގަނޑުގެ ތަފާތެއް ހުންނާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މަތީގައި އެވަނީ ފޭކު ޑޮލަރު ނޫޓެއް. ތިރީގައި އެވަނީ އަސްލު ނޫޓެއް. ދެ ނޫޓުގެ 100 ކުރަހާފައި އިންނަ ތަނާއި ޖެހިގެން އިންނަ ބެލްގފެ އޮފް ކަމާއި ކުލަގަނޑުގެ ތަފާތެއް ހުންނާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަސްލު ޑޮލަރުގައި ހުންނަ ބެންޖަމިން ފްރޭންކްލިންގެ ކުރެހުންގަނޑުގައި، ފްރޭންކްލިންގެ ކޮނޑުމަތިން ކޮންމެވެސް ވަރެއްގެ ކުރަކިކަމުގެ ބަދަލުގައި، ފޭކު ނޫޓުތަކުގައި އެފަދަ އެއްވެސް ކަމެއް ނެތެވެ. އެ ފޭކު ނޫޓުގައި ހުރި ހަމައެކަނި ކަމަކީ މުޅި ކަރުދާސްގަނޑުގައި ހުރި ކުރަކިކަން ކަމަށެވެ.

ޔޫއެސް ޑޮލަރު ނަކަލުކުރުމަކީ އާދައިގެ ޕްރިންޓަރަކުން ކުރެވޭނެ ކަމެއް ނޫނެވެ. އަސްލު ޑޮލަރުގެ 100 ކުރަހާފައި ހުންނަ ހުރުމާއި އެ އަދަދާއި ޖެހިގެން އިންނަ ރަނގަބީލުގައި ހުންނަ އޮފުކަމާއި ކުލަގަނޑު ވެސް އާދައިގެ ޕްރިންޓަރަކުން ނަކަލެއް ނުކުރެވޭނެ އެވެ. އެ އޮފްކަމުގެ ތަފާތު ދައްކާލަމުން އެ އޮފިސަރަކު ވިދާޅުވީ ނޫޓަށް ކުޑަކޮށް އަލި އެޅުނަސް އެއީ ލޮލަށް އަޅައިގަންނަވަރުގެ ވިދުމެއް ނުވަތަ އޮފް ކަމެއް ހުންނަ ރަން ކުލައިގެ ޑިޒައިނެއް ކަމަށެވެ. ފޭކު ޑޮލަރު އެގޮތަކަށް ނަކަލެއް ނުކުރެވޭނެ އެވެ.

"[ފޭކު ނޫޓުގަ] އެ 100 ޕްރިންޓު ކުރީމަ ދާނީ ބްރައުން ގްރީންއަކަށް. [އަސްލު ނޫޓުގަ] އޮފްކަމެއް ވެސް ހުންނާނެ. ވިދުމެއް ވެސް ހުންނާނެ ކުޑަކޮށް، ގޯލްޑް ކުލައިގަ ހުންނާނީ އެ 100އިގެ ބައި. މިއަކު [ފޭކު ނޫޓުގަ] ނުވެސް ނެތެއްނު އެކަމެއް. ދެން މިއިން ބެލް ވެސް ހަމަ އެހެން،" ފޭކު ނޫޓެއް ދައްކަމުން އޮފިސަރު ބުންޏެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި މި ފޭކު ނޫޓުތައް ދަނީ ދައުރުކުރަމުން. އެ ނޫޓުތަކުގައި ފާހަގަކުރެވޭހާ ބޮޑެތި ތަފާތުތަކެއް ހުރޭ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރާއްޖޭގައި ފުޅާދާއިރާއެއްގައި މި ފޭކު ނޫޓުތައް ދަނީ ދައުރުކުރަމުން. އެ ނޫޓުތަކުގައި ފާހަގަކުރެވޭހާ ބޮޑެތި ތަފާތުތަކެއް ހުރޭ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގައި ފުޅާދާއިރާއެއްގައި މި ފޭކު ނޫޓުތައް ދަނީ ދައުރުކުރަމުން. އެ ނޫޓުތަކުގައި ފާހަގަކުރެވޭހާ ބޮޑެތި ތަފާތުތަކެއް ހުރޭ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޭނާ ދެން ދެއްކި އެންމެ ފާހަގަކޮށްލެވޭ ތަފާތަކީ އަސްލު ނޫޓުގެ 100 ކުރަހާފަ ހުންނަ ދިމާލުން މައްޗަށް އިންނަ ހުސް ތަންކޮޅުގައި އިންނަ ތަފާތެކެވެ. ސްމާޓްފޯނެއް ނަގައި އޭގެ ފްލޭޝް ޖެއްސުމަށްފަހު އެ ތަފާތު ދައްކާލުމަށް އަސްލު ނޫޓެއް އޭނާ ނެގި އެވެ. އަދި އެ ނޫޓުގެ އެ ހުސް ތަންކޮޅު ލައިޓަށް އެރުމުން، އޭގައި ވެސް ބެންޖަމިން ފްރޭންކްލިން ގެ ކުރެހުންގަނޑެއް ފެންނަން ހުރިކަން އޭނާ ދެއްކެވި އެވެ. ކައިރި ކައިރީގައި ޖައްސާލުމުން، ފޭކު ނޫޓުތަކުން އެފަދަ ނަކަލެއް ފެންނާކަށް ނެތެވެ.

"ބެންޖަމިން ފްރޭންކްލިންގެ ޕިކްޗާއެއް ފެންނާނެ ހަމަ [އެ ހުސްތަންކޮޅުން] ލައިޓު ޖައްސާލީމަ،" އޭނާ ބުންޏެވެ.

އަސްލު ކަރުދާހުގެ ކުލަ އާއި ނޫޓުގައި ހުންނަ ރިބަންކޮޅުގައި ވެސް އޮފް ކަމެއް ހުރުން ފަދަ ތަފާތުތަކެއް ހުރިއިރު، ފޭކުު ނޫޓުގައި އެކަމެއް ވެސް ނެތެވެ. އަދި ޔޫވީ ލައިޓެއް ބޭނުންކޮށްފިނަމަ، އަސްލު ކަރުދާހުގައި ހުންނަ ފިޔާތޮށި ރިބަން ވެސް ފެންނާނެކަަމަށް އޭނާ ވިދާޅުވި އެވެ. އެ ރިބަންގައި އަތް ޖެހުމުން ވެސް ތަފާތު ފާހަގަވާނެ އެވެ.

ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެފަދަ ނަކަލެއް ކުރުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ފޭކު ނޫޓުތަކަށް ޔޫވީ ލައިޓް އަޅުވަމުން އޭނާ އިތުރަށް ވިދާޅުވި އެވެ.

ފޭކު ޑޮލަރަކާއި އަސްލު ޑޮލަރެއް ޔޫވީ ލައިޓެއްގެ އަލީގައި ބެލުމުން، ފިޔާތޮށި ރިބަންއެއް އަސްލު ނޫޓުން ވަރަށް ސާފުކޮށް ފެންނާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ފޭކު ޑޮލަރަކާއި އަސްލު ޑޮލަރެއް ޔޫވީ ލައިޓެއްގެ އަލީގައި ބެލުމުން، ފިޔާތޮށި ރިބަންއެއް އަސްލު ނޫޓުން ވަރަށް ސާފުކޮށް ފެންނާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފޭކު ޑޮލަރަކާއި އަސްލު ޑޮލަރެއް ޔޫވީ ލައިޓެއްގެ އަލީގައި ބެލުމުން، ފިޔާތޮށި ރިބަންއެއް އަސްލު ނޫޓުން ވަރަށް ސާފުކޮށް ފެންނާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެ މައްސަލަ ތަހުގީގު ކުރާ އެހެން އޮފިސަރަކު ބުނީ އެ ފޭކު ޑޮލަރުތަކަކީ ހަމަ އާދައިގެ ސެޓްފިކެޓް ކަރުދާސް ނުވަތަ އެޔަށްވުރެ ތުނި ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރި ނޫޓުތަކެއް ކަމަށެވެ. އަދި އެއީ ވަރަށް ފަސޭހައިން ލިބެން ހުންނަ ކަރުދާހެއްކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރަނީ މާކަ މޮޅު އަދި ތަފާތު ގޮތަކަށް ނޫން ކަމަށް އޭނާ ބުންޏެވެ.

"މިހާރު ގާތްގަނޑަކަށް ތިން މަސް ވަރު ވެދާނެ. މިކަންކަން ކަންބޮޑުވާ މިންވަރަށް ބޮޑުވެފައިވާތާ. މީ އެހާ ކޮމްޕްލެކްސްކޮށް ކުރާ ކަމެއް ނޫން. ހަމަ އާދައިގެ ގޮތަކަށް މިކަން މި ކުރަނީ،" އޭނާ އެ ފޭކު ނޫޓުތަކުގެ ރިބަންކޮޅަށް އިޝާރާތްކުރަމުން ބުންޏެވެ. އެ އިޝާރާތުގެ ބޭނުމަކީ، ކިތަންމެ މޮޅަށް ނަކަލުކުރަން އުޅުނަސް ނަކަލު ނުކުރެވޭނެ ބައެއް ކަންކަން ނޫޓުތަކުގައި ހުންނާނެ ކަމެވެ.

އެމަޅި ކާމިޔާބު ވަނީ ފަރުވާ ނުބަހައްޓައި، ވަގު ވިޔަފާރިއެއް އަވަހަށް ކޮށް ނިންމާލަން އުޅުމުގެ ތެރެއިންނެވެ. އެކަންކަން ކުރަން ޓެލެގްރާމް އަދި ވައިބާ ކޮމިއުނިޓީތަކެއް ގެންގުޅެ އެވެ. ނަަމަވެސް މިހާތަނަށް މައްސަލަ އައިސްފައި މިވަނީ ވައިބާ ކޮމިއުނިޓީތަކުންކަމަށް ފުލުހުން ބުނެ އެވެ.

ފޮޓޯގެ ތިރިން ފެންނަނީ ޑޮލަރުގެ ފޭކު ނޫޓެއް. މަތީގައި އެވަނީ އަސްލު ނޫޓެއް. އެ ދެ ނޫޓުގައި ކުލައިން ވެސް ތަފާތުކަމެއް ފާހަގަވާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ފޮޓޯގެ ތިރިން ފެންނަނީ ޑޮލަރުގެ ފޭކު ނޫޓެއް. މަތީގައި އެވަނީ އަސްލު ނޫޓެއް. އެ ދެ ނޫޓުގައި ކުލައިން ވެސް ތަފާތުކަމެއް ފާހަގަވާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފޮޓޯގެ ތިރިން ފެންނަނީ ޑޮލަރުގެ ފޭކު ނޫޓެއް. މަތީގައި އެވަނީ އަސްލު ނޫޓެއް. އެ ދެ ނޫޓުގައި ކުލައިން ވެސް ތަފާތުކަމެއް ފާހަގަވާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިދިޔަ ހަތަރު މަސް ދުވަހެއް ތެރޭ އެކަންކަން އިތުރުވުމުން، 10 އަކާއި ގާތްކުރާ އަދަދަކަށް މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ ފުލުސްމީހާ ބުންޏެވެ. އެކަމަކު އަދި އެއްވެސް މީހަކު އެކަމުގައި ހައްޔަރެއް ނުކުރެ އެވެ. އެކަމާ ބެހޭގޮތުން ވެސް އެ އޮފިސަރުންނާ ސުވާލުކުރީމެވެ.

"ސަސްޕެކްޓްސް އެބަ އުޅޭ މިކަމުގަ. އަދި އެކަމަކު އެއްވެސް މީހަކު ހައްޔަރެއް ނުކުރަން،" އެޔަށްވުރެ އިތުރަކަށް އެ އޮފިސަރު ނުބުނެ އެވެ.

ވަގު ޑޮލަރު ގަނެވޭ އެންމެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.

"ތަފާތު ޕްލެޓްފޯމުތަކުގަ އެބަ ކުރޭ މިކަމުގެ ކޮމިއުނިކޭޝަންތައް. މިކަހަލަ ވަރަށް ބައިވަރު މީހުންނަށް ލަނޑުލިބިފަ އެބަ ހުރި. އެކަމަކު ކޮންމެ މީހަކު ނާދޭ މައްސަލަ ހުށަހަޅާކަށް. އަންނަނީ ވަރަށް މަދު ބައެއް. ލަފާކުރެވޭ ވަރަށް ގިނަ ބަޔަކު މީގަ ވިކްޓިމައިޒްވެފަ ވާނެ ކަމަށް،" އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox