ތެލާއި ރަޝިއާއާ ގުޅޭ މަޝްވަރާއަށް އިނގިރޭސި ބޮޑު ވަޒީރު ސައުދީ އަރަބިއްޔާއަށް

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން. -- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސިވިލާތް (މާޗް 15) - ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމަ އާޢި ދުނިޔޭގެ ތެލުގެ ސަޕްލައިއާ ގުޅޭ މުހިއްމު މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ހަފްތާގައި ޖޯންސަން އާއި ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ބައްދަލުކުރައްވާނެ އެވެ. ޖޯންސަން ބޭނުންވެވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާގެ ތެލުގެ ސަޕްލައި އިތުރު ކުރެވޭނެ ގޮތެއް ހޯދުމަށެވެ.

ޖޯންސަން ވިދާޅުވީ ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ރަޝިއާއިން ހުޅަނގުގެ ގައުމުތަކަށް ބިރު ދެއްކުން ހުއްޓުވުމަށް ގައުމުތަކެއް ހިމެނޭ މުޅިން އާ ކޯލިޝަނެއް ބޭނުންވާ ކަމަށެވެ.

"ހަކަތަ އުފައްދާ އެހެން ގައުމުތަކާ އެކު ވާހަކަ ދައްކައިގެން، ރަޝިއާގެ ހަތަކައިގެ ވަސީލަތްތަކެއް ބަރޯސާ ނުވެ ކުރިއަށް ދެވޭތޯ ބަލަން ޖެހޭ."

ޖޯންސަންގެ ތަރުޖަމާނު ވިދާޅުވީ ސައުދީ ވަލީ އަހުދާ އެކު އޮންނަ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް ވެސް ހުށަހަޅާނެ ކަމަށެވެ.

އޭގެ އިތުރުން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންގެ އަމަލުތައް ކުށްވެރި ކުރައްވައި، ދަތި ކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެދޭނެ ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.

ރަޝިއާގެ ތެލުގެ އިމްޕޯޓްތައް އެމެރިކާއިން މަނާކޮށްފައިވާ އިރު، އިނގިރޭސިވިލާތުން ވެސް ބޭނުން ވަނީ 2022 ވަނަ އަހަރު ނިމުމުގެ ކުރިން ރަޝިއާގެ ތެލާއި ގޭހުގެ އިމްޕޯޓްތައް ހުއްޓާލުމަށެވެ.

އިނގިރޭސިވިލާތަށް ބޭނުންވާ ތެލުގެ 8.0 ޕަސެންޓް ގެންނަނީ ރަޝިއާއިންނެވެ. ނަމަވެސް އެއާ ހިލާފަށް ޔޫރަޕްގެ އެހެން ގައުމުތައް ރަޝިއާގެ ތެލާއި ގޭހަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox