ކަރްނާޓަކާގެ ހައި ކޯޓުން ވެސް ނިންމީ ބުރުގާ އެޅުމާ ދެކޮޅަށް!

ބުރުގާ ނަގަން މަޖުބޫރު ކުރާތީ ބޭއްވި މުޒާހަރާއެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބުރުގާ ނަގަން މަޖުބޫރު ކުރާތީ ބޭއްވި މުޒާހަރާއެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ބުރުގާ އެޅުމަކީ އިސްލާމްދީނުގެ އަސާސެއް ނޫން ކަމަށް އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ހައި ކޯޓުން ކަނޑައަޅައިފި އެވެ.

އެގޮތަށް ކަނޑައެޅީ އެ ސްޓޭޓުގެ ސްކޫލުތަކާއި ކޮލެޖްތަކަށްދާ ދަރިވަރުން ބުރުގާ އެޅުން މަނާކުރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

މައްސަލަ ހޫނުވެ މިދިޔަ ޖެނުއަރީ މަހު މުޒާހަރާ ކުރަން ފެށި އެވެ. އޭގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލުތަކާއި ކޮލެޖުތައް ބަންދު ކުރަން ވެސް ޖެހުނެވެ.

ހޯމަ ދުވަހު ކޯޓުން ގޮތެއް ކަނޑައެޅުމާ ދިމާކޮށް، ކަރްނާޓަކާގެ ސަރުކާރުން އެއްވުންތައް މަނާކޮށް، ބައެއް ހިސާބުތަކުގައި ތައުލީމު ފޯރުކޮށްދޭ މަރުކަޒުތައް ބަންދުކުރި އެވެ.

މައްސަލަ ހައި ކޯޓާ ހަމައަށް ފޯރީ، ބުރުގާ އެޅުމުގެ ހައްގު އިންޑިއާގެ ގާނޫނު އަސާސީން ލިބިދޭ ކަމަށް ބުނެ، މުސްލިމް އަންހެނުންތަކެއް ޕެޓިޝަން ހުށަހެޅުމުންނެވެ.

ނަމަވެސް ކޯޓުން ޕެޓިޝަންތައް ބަލައި ނުގަނެ، ދަރިވަރުންގެ ޔުނިފޯމް ހުންނަންވީ ގޮތް ކަނޑައެޅުމުގެ ބާރު ކަރްނާޓަކާ ސަރުކާރަށް ލިބިދޭ ކަމަށް ބުންޏެވެ.

ހައި ކޯޓުން ބުރުގާ އެޅުމާ ދެކޮޅަށް ނިންމުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ބެލެވެ އެވެ.

މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ފަނޑިޔާރު ވަނީ މިއީ ނާޒުކު މައްސަލައަކަށް ވާތީ ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދިޔުމަށް ފެބްރުއަރީ ނުވަ ވަނަ ދުވަހު ހަވާލުކޮށްފަ އެވެ.

އެ ބެންޗުން ވަނީ މައްސަލަ ކުރިއަށް ދިޔަ މުއްދަތުގައި ދަރިވަރުންނަށް ބުރުގާ ހިމެނޭހެން، އެއްވެސް ދީނީ ހެދުމެއް ނުލެވޭނެ ކަމަށް ވެސް އިއުލާންކޮށްފަ އެވެ. އެކަމާ ގިނަ ދަރިވަރުންތަކެއް ހިތްހަމަނުޖެހި، ކްލާހާއި އިމްތިހާންތަކަށް ނުގޮސް މަޑުކުރި އެވެ.

ބުރުގާ މައްސަލައަކީ އިންޑިއާ މައިނޯރިޓީންގެ ތެރޭގައި ހިމެނޭ މުސްލިމުންނާ ދެކޮޅަށް ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ހިންދޫ ސަރުކާރުން ހިންގާ އިތުރު ޖަރީމާއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެ އެވެ.

މޯދީ ސަރުކާރުގެ މިނިސްޓަރަކު ވަނީ ހައި ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔައި، އެއާ އެއް ގޮތަށް އަމަލު ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

ބުރުގާ އެޅުން މަނާ ކުރުމުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އުމޭޝް މަރްޕައްލީ
ބުރުގާ އެޅުން މަނާ ކުރުމުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އުމޭޝް މަރްޕައްލީ

ބުރުގާ އެޅުން މަނާ ކުރުމުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އުމޭޝް މަރްޕައްލީ

މައްސަލަ ފެށުނީ ކަރްނާޓަކާގެ އުދުޕީ ޑިސްޓްރިކްޓުގައި ސަރުކާރުން ހިންގާ ކޮލެޖެއްގެ ފުރާވަރު އުމުރުގެ ހަ ދަރިވަރުން ކްލާސް ގަޑީގައި ބުރުގާ ނަގަން އެންގުމުންނެވެ.

ކޮލެޖުން ބުނީ ކެމްޕަހުގައި އުޅޭ އިރު ބުރުގާ އެޅުމުގެ ހުއްދަ އޮތް ނަމަވެސް، ކްލާސް ތެރޭގައި ބުރުގާ ނޭޅޭނެ ކަމަށެވެ. ނަމަވެސް އެ ކުދިން ވަނީ ހިތްހަމަނުޖެހި، ކޮލެޖު ބޭރުގައި މުޒާހަރާކޮށްފަ އެވެ.

އުދުޕީ ޑިސްޓްރިކްޓަކީ މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ މައި މަރުކަޒެކެވެ. އެހެންކަމުން، އެ ތަނުގައި ހިންދޫންގެ ބާރު ވަރަށް ގަދަ އެވެ.

އެ ކޮލެޖުގެ ދަރިވަރުން ފެށި މުޒާހަރާ، ކަރްނާޓަކާ ސްޓޭޓުގެ އެހެން ކޮލެޖުތަކުގައި ވެސް ފެތުރުނެވެ. ކަރްނާޓަކާ ސްޓޭޓުގެ ސަރުކާރު ވެސް ހިންގަނީ ބީޖޭޕީންނެވެ.

މުސްލިމް ދަރިވަރުންގެ މުޒާހަރާއަށް ރައްދުގައި ހިންދޫ ދަރިވަރުން އެ މީހުންގެ ދީނުގައި ބޭނުން ކުރާ ކުލައިގެ ޝޯލް އަޅައިގެން ކޮލެޖަށް ދާން ފެށި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox