ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު'" އިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެހީ ލިބޭ ފަސް ޕްރޮޖެކްޓް އިއުލާނުކޮށްފި އެވެ.
ބީއެމްއެލް އިން މި ފުރުސަތު ހުޅުވާލީ ފެބްރުއަރީ 6، ގަ އެވެ. މި ފުރުސަތުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ފަސް ފަރާތުގެ ތެރޭގައި ހަތަރު ފަރުދަކާއި އެއް ޖަމްއިއްޔާ ހިމެނެ އެވެ.
އެއިން ކޮންމެ ފަރާތަކަށް ވެސް ބީއެމްއެލްގެ "އަހަރެންގެ ބޭންކު ކޮމިނިޓީ ފަންޑު" ން 50،000 ދޫކުރާނެ އެވެ.
titledesc
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓް ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ.
ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައަށް ފައިދާހުރި ކަންކަމަށް އަމާޒުކޮށްގެން ޕްރޮޖެކްޓުތައް ހިންގުމަށް މީގެ ކުރިން 65 ފަރާތަކަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެ އެވެ.










