ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯން ބުރުގެ ފުރަތަމަ މޮޅު ކަނޑިތީމު، އޮމަދޫ އަދި ނާވައިދޫ އަށް

Mar 15, 2022, 5:28 AM
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ނާވައިދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ނާވައިދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ޒޯން ބުރުގެ ކުޅުން ފެށިއިރު، ތިން މެޗެއް ފޯރިގަދަ ކުޅުމަކަށް ފަހު އެއްވަރުވިއިރު، ފުރަތަމަ މޮޅު ހޯދީ ހދ. ނާވައިދޫ، ށ. ކަނޑިތީމު އަދި އދ. އޮމަދޫ އެވެ.

ރޭ ކަނޑިތީމުން މޮޅުވީ ހއ. ހޯރަފުށްޓާ ކުޅެގެން 5-0 އިންނެވެ. ނާވައިދޫން ވަނީ ށ. މިލަންދޫ އަތުން 6-2 އިން މޮޅުވެފަ އެވެ. އަދި އޮމަދޫ އިން ވަނީ މ. މުލަކު އަތުން 3-2 އިން މޮޅުވެފަ އެވެ. ރޭ އެއްވަރުވެފައިވަނީ ކ. ކާށިދޫ އާއި އއ. މަތިވެރި 2-2 އިންނާއި ޅ. ހިންނަވަރާއި ކ. ގާފަރު ކުޅުނު މެޗު 3-3 އިން އަދި އދ. މަމިގިއްޔާއި މ. ދިއްގަރު 3-3 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކަނޑިތީމުން ހޯރަފުށި ބަލިކުރިއިރު ގޯލުތައް ޖެހީ އަހުމަދު ރިޒާން ދެ ގޯލާއި މުހައްމަދު ޝާން، އިބްރާހިމް ނަދާދު އަދި އަހުމަދު ޒަމީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނަދާދު އެވެ. ނާވައިދޫން މިލަންދޫ ބަލިކުރިއިރު، ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަބްދުﷲ ވިސާމް ހަތަރު ގޯލާއި މުހައްމަދު ނާޝިދު އަދި އިރުފާން މުހައްމަދު ގޯލެކެވެ. މިލަންދޫގެ ދެ ގޯލު ޖެހީ އިބްރާހިމް ޒާހީ އާއި ހަސަން ނާސިހު އަހުމަދު އެވެ.

އޮމަދޫން މުލަކު ކޮޅަށް ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ އަަޒުމީ ދެ ގޯލާއި އަހުމަދު އަހުސަން ގޯލެކެވެ. މުލަކުގެ ތަރި ޔަސްފާދު ހަބީބު (މުލަކޭ) ނުލައި އެ ޓީމުން ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ ސުޖުއާން ހުސެއިން އާއި އާދަމް ޝަހީމް (އާނާ) އެވެ.

މަތިވެރިން ރޭ ވަނީ ފުރަތަމަ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ހާފުގައި އަރުޝަދު އަބްދުލް ލަތީފް ޖެހި މޮޅު ގޯލުން ލީޑުނެގިއިރު، ދެ ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގައި އިސްމާއިލް ނަސީމް އެވެ. ކާށިދޫން އެއްވަރުކުރީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން ފަހު މިނިޓްގައި ޝައްފާން ހަލީމް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ވައްދާލިއިރު، ކާށިދޫން އެއްވަރުކުރީ މެޗު ނިމެން ހަ ސިކުންތަށް ވެފައި ހުއްޓައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. އިލްވާން މުހައްމަދު ޖެހި ޕެނަލްޓީ ވަނުމާ އެކު މެޗުގެ ވަގުުތު ހަމަވެގެން ނިމުނީ އެއްވަރުވެގެންނެވެ.

ހިންނަވަރުގެ ދެ ކުޅުންތެރިން ކައިރިން ގާފަރުގެ ގައިސާން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގާފަރުގެ ގައިސާން އަބޫބަކުރު މާހިރު ޖެހި ދެ ގޯލުން ގާފަރުން ލީޑުނަގާފައިވަނިކޮށް، ހިންނަވަރުގެ އަހުމަދު އަވީން މުހައްމަދު ގޯލެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އަނެއްކާ ވެސް ގައިސާން އިތުރު ގޯލެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ގާފަރަށް ދެ ގޯލުގެ ލީޑެއް ނަގައިދިނެވެ. ހިތްވަރު އެލުވާނުލައި، ހިންނަވަރުން ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. އެ ޓީމުން ވަނީ ފަހު ހަތް މިނިޓް ތެރޭ ދެ ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. އެ ގޮތުން ގޯލުުތައް ޖެހީ އަވީން އާއި އަބްދުﷲ ނަފާޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގާފަރު ޓީމަށް ހެޓްރިކެއް ހަދައިދިން ގައިސާން އެވެ.

މާމިގިލިން ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނިޓް ތެރޭ އެ ޓީމުގެ ހައިޝަމް އަރީފް (ހައި) ވަނީ ގޯލެއް ޖަހައި ލީޑުނަގައިފަ އެވެ. މާގިނައިރެއްނުވެ، މެޗުގެ ތިން ވަނަ މިނިޓްގައި ދިއްގަރުގެ އަހުމަދު މިދުހަތު މަހުމޫދު ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ހިސާމް ސަލީމް (ކޮކީ) ވަނީ ގޯލެއް ޖަހައި، އަނެއްކާ ވެސް މާމިގިއްޔަށް ދެ ވަަނަ ފަހަރަށް ލީޑުނަގައިދިނެވެ. އަދި އޭގެ ތިން މިނިޓް ފަހުން ކޮކީ ވަނީ އިތުރު ގޯލެއް ޖަހައި މާމިިގިއްޔަށް ލީޑުފުޅާކޮށްދީފަ އެވެ.

ދިއްގަރުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު ހާފުގެ ވެސް ފަހު ވަގުތުގަ އެވެ. އެ ޓީމަށް މެޗުގެ 31 ވަަނަ މިނިޓްގައި މިދުހަތު ދެ ވަނަ ގޯލެއް ޖަހައިދީ އުންމީދެއް ހޯދައިދިނެވެ. މެޗުގެ ފަހު މިނިޓް ތެރޭ ދިއްގަރަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އިބްރާހިމް ރިއްފަތު އެވެ. ހާފުގެ މެދެއްހާ ހިސާބުން މާމިގިލީ ކުޅުންތެރިންގެ ތެރެއިން މިދުހަތު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ޒޯނުތަކުގައި ވާދަކުރާ ޓީމުތައް

ޒޯން 1

ގްރޫޕް އޭ: ށ. ކަނޑިތީމް (އަތޮޅު ޗެމްޕިއަން)، ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ގްރޫޕް ބީ: ށ. މިލަންދޫ، ހދ. ނައިވައިދޫ (އަތޮޅު ޗެމްޕިއަން)، ހއ. އިހަވަންދޫ (އަތޮޅު ޗެމްޕިއަން)

ޒޯން 2:

ރ. ދުވާފަރު (އަތޮޅު ޗެމްޕިއަން)، ބ. އޭދަފުށި (އަތޮޅު ޗެމްޕިއަން)، ނ. ކުޑަފަރި

ޒޯން 3:

ކ. ކާށިދޫ، ކ. ގާފަރު (އަތޮޅު ޗެމްޕިއަން)، ޅ. ހިންނަވަރު (އަތޮޅު ޗެމްޕިއަން)، އއ. މަތިވެރި (އަތޮޅު ޗެމްޕިއަން)

ޒޯން 4:

އދ. އޮމަދޫ، އދ. މާމިގިލި (އަތޮޅު ޗެމްޕިއަން)، މ. ދިއްގަރު، މ. މުލައް (އަތޮޅު ޗެމްޕިއަން)

ޒޯން 5:

ދ. ކުޑަހުވަދޫ (އަތޮޅު ޗެމްޕިއަން)، ފ. ބިލެއްދޫ (އަތޮޅު ޗެމްޕިއަން)، ތ. އޮމަދޫ، ތ. ތިމަރަފުށި (އަތޮޅު ޗެމްޕިއަން - އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަން)

ޒޯން 6:

ލ. ގަން (އަތޮޅު ޗެމްޕިއަން)، ގދ. ވާދޫ (އަތޮޅު ޗެމްޕިއަން)، ގއ. މާމެންދޫ (އަތޮޅު ޗެމްޕިއަން)، ގއ. ކޮނޑޭ

ޒޯން 7:

ސ. ފޭދޫ، މާލެގަން

ޒޯން 8:

މާފަންނު، ވިލިމާލެ، ހުޅުމާލެ، ހެންވޭރު

ކޮންމެ ޒޯނަކުން ވެސް އެއް ވަނަ ދެ ވަނަ ޓީމު ގަދަ 16 ޓީމު ވާދަކުރާ ބުރަށް ކޮލިފައިވާނެ އެވެ.

މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން 20:15 ގައި ފަށާނީ ލ. ގަމާއި ގދ. ވާދޫގެ މެޗާއި ރ. ދުވާފަރާއި ބ. އޭދަފުށި މެޗެވެ. އޭގެ ގަޑިއިރެއް ފަހުން، 21:15 ގައި ސ. ފޭދޫ އާއި ޏ. ފުވައްމުލަކު މާލެގަން ކުޅޭ މެޗާއި ގއ. މާމެންދޫ އާއި ގއ. ކޮނޑޭ ކުޅޭ މެޗު ފަށާނެ އެވެ. އަދި 23:15 ގައި ތ. ތިމަރަފުށްޓާއި އޮމަދޫ ކުޅޭ މެޗާއި ދ. ކުޑަހުވަދޫ އާއި ފ.ބިލެއްދޫގެ މެޗު ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox