މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ފަބްރީޒިއޯ ރޮމާނޯ ބައިވެރިވާނެ

Mar 12, 2022, 3:09 PM
މަޝްހޫރު ކުޅިވަރު ނޫސްވެެރިޔާ ފަބްރީޒިއޯ ރޮމާނޯ.

މަޝްހޫރު ކުޅިވަރު ނޫސްވެެރިޔާ ފަބްރީޒިއޯ ރޮމާނޯ.

އަންނަ ބުރާސްފަތި ދުވަހު މާލޭގައި ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" ހަފްލާގައި ދުނިޔޭގެ ފުޓްބޯޅަ އަށް ހާއްސަ އިޓަލީގެ ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ ބައިވެރިވާގޮތަށް ހަމަޖެހިއްޖެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރިހާ ކުޅިވަރެއް ޝާމިލުވެގެން ބޭއްވޭ ފުރަތަމަ ކުޅިވަރު އެވޯޑް ހަފްލާގައި އިޓަލީ އަށް އުފަން ފަބްރީޒިއޯ ރޮމާނޯ ބައިވެރިވާނެ ކަމަށް ނިންމައިފަ އެވެ. މިނިސްޓަރުގެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަށް ފަބްރީޒިއޯ ރޮމާނޯ ބުނީ ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެެވެ.

އިޓަލީގެ ފުޓްބޯޅައިގެ މަގުބޫލު ސިޓީއެއް ކަމަށްވާ މިލާނަށް އުފަން ފަބްރީޒިއޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ހަބަރުތަކަށް ބަލާއިރު، އެންމެ އިތުބާރު ހިފޭ މަސްދަރެެވެ. އަދި ބައެއް މީޑިއާތަކުން ހަބަރެއްގެ ސައްހަކަން ކަށަވަރުކުރަން ބޭނުންކުރާ ވަސީލަތަކީ ފަބްރީޒިއޯ ރޮމާނޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ޓްރާންސްފާ ހަބަރުތައް ކަވަރުކުރުމުގައި ފަބްރީޒިއޯ ރޮމާނޯ އެތައް އިރެއް ހޭދަކުރާއިރު، އެކި ގައުމުތަކުގެ މީޑިއާތަކުގައި އޭނާ އަންނަނީ ޓޯކްޝޯތަކުގައި ބައިވެރިވަމުންނެވެ. އަދި ކްލަބްތަކުގެ ރަސްމީ މީޑިއާ ޗެނަލްތަކުގައި ވެސް ފަބްރީޒިއޯ ރޮމާނޯ ބައިވެރިވާ ޝޯތައް ހިނގަ އެވެ.

ފަބްރީޒިއޯ ރޮމާނޯ، 29، ރަސްމީކޮށް މަސައްކަތްކުރަމުން އަންނަނީ ސްކައިސްޕޯޓްސް އިޓާލިއާގަ އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑު، މާލެ ސިންތެޓިކް ޓްރެކްގައި ބާއްވާ އެވޯޑް ހަފްލާގައި ދުނިޔޭގެ ލެވަލްގެ މަޝްހޫރު ކުޅިވަރު ސަހުސިއްޔަތުން ބައިވެރިވާނެ އެވެ. މީގެ އިތުރުން އެކި ގައުމުތަކުގެ ކުޅިވަރާ ބެހޭ ވުޒާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިނިސްޓަރު މަހުލޫފް މީގެ ކުރިން އިއުލާނުކުރައްވާފައިވާ ގޮތުން، ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ، ސްރީ ލަންކާގެ ކުރީގެ ނެޓްބޯޅަ ކުޅުންތެރިޔާ ތަރްޖިނީ، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަނެއް އޮސްޓްރިއާގެ އަލްބިން އޮސްކަން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ކްރޮއޭޝިއާގެ ޓީޓީ ލެޖެންޑް ޒޯރާން ޕްރިމޯރަކް، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެ އެވެ.

މީގެ އިތުރުން އެވޯޑް ހަފްލާގައި ބައިވެރިވެވަޑައި ގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox