މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރެވޭ ބޮޑު މަސައްކަތެއް: މަހުލޫފް

Mar 12, 2022, 2:55 PM
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް.-- ފޮޓޯ: އިމޭޖަސް.އެމްވީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް.-- ފޮޓޯ: އިމޭޖަސް.އެމްވީ

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" ފުރިހަމަ އެވޯޑަކަށް ހެދުމަށްޓަކައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ އެންމެން ހިމެނޭ ގޮތަށް ޓީމެއްގެ ގޮތުގައި ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކުޅިވަރާބެހޭ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މި މަހު 17 ވަަނަ ދުވަހު ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި ބާއްވާ ސްޕޯޓްސް އެވޯޑަކީ ޔޫތު މިނިސްޓްރީގެ ފަރާތުން މިހާތަނަށް އެންމެ ފުޅާކޮށް ބާއްވާނެ އެއް އިވެންޓެވެ. މި އިވެންޓަށް ދުނިޔޭގެ ލެވަލްގެ މަގުބޫލް ކުޅިވަރު ލެޖެންޑުންނާއި ރާއްޖެއާ ގާތްގުޅުމެއް ބާއްވައި، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމުތަކުގެ ކުޅިވަރު ވުޒާރާތަކުގެ ވެރިން ހިމެނޭ ގޮތަށް ޖުމްލަ 15 މެހެމާނެއް ޒިޔާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑްގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން މިނިސްޓަރު މަހުލޫފު ވިދާޅުވީ އެންމެ ބާރަށް ކުރިއަށްދަނީ އެވޯޑު ރަސްމިއްޔާތު އޮންނަ ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތްތައް ކަމަށެވެ. އެތަނުގައި ގިނަ ކަންކަން ކުރަން އެބަހުރި ކަމަށެވެ. އަދި އާންމުންނަށް ދަތިވާނެތީ ޓްރެކް ބަންދުނުކޮށް އެ މަސައްކަތްކުރަން ޖެހުމުން ބޭނުންވާ ސްޕީޑުގައި ކަންކަން ކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 11 އިން 19 އަށް ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ބަންދުކުރާށެވެ. ނަމަވެސް އެތަނަކީ ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކުވެސް ބޭނުން ކުރަމުން އަންނަ ތަނަކަށްވުމާ އެކު ޓްރެކް މިހާރު ބަންދުކުރަން ނިންމާފައިވަނީ 15-19 އަށެވެ.

"މިހާރު އަޅުގަނޑުމެން މި ނިންމީ މި މަހުގެ 15،16،17 އަދި 18 ވަނަ ދުވަހު ޓްރެކް ބަންދުކުރަން. އޭގެ ފަހުން 19 ގައި އާންމުންނަށް ހުޅުވާ ގޮތަށް މި ނިންމީ. ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި. އެކަމަކު ގިނަ ބަޔަކު އެތަން ބޭނުންކުރާތީ އެ ކަމަށް ވެސް އަޅުގަނޑުމެން ވިސްނާފައި މިގޮތަށް މި ނިންމީ" މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ މާދަމާއިން ފެށިގެން މި ރަސްމިއްޔާތަށް ރާއްޖެ އަންނަ ހާއްސަ މެހުމާނުންތައް އަންނަން ފަށާނެ ކަމަށެވެ. އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ކަންކަން ވެސް މިހާރު ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާދަމާ އިން ފެށިގެން ލެޖެންޑުންނާއި ސްޕެޝަލް އިންވައިޓީސް އަންނަން ފަށާނެ، އެ ބޭފުޅުންގެ ކަންކަން ހަމަޖައްސަން ވެސް އަޅުގަނޑުމެންގެ ޓީމެއް އޮންނާނެ. ހުރިހާ ކަމެއް ވެސް ވަރަށް ބޮޑަށް ބަހާލައިގެން ތައްޔާރުވެވިގެން މި ކުރަނީ. ހުރިހާ ވެސް ބޭނުމަކީ މި އިވެންޓު ވަރުގަދަ ބޮޑު އިވެންޓަކަށް ހެދުން. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިކުރެވެނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. އެވޯޑަށް ވާދަކުރާ ކުޅުންތެރިން ހޮވުމަށް ކުރަން ޖެހުނީ ވެސް ބުރަ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހީކުރި ކަހަލަ މަސައްކަތަކަށް މިކަން ނުވި. އަޅުގަނޑު ފުރަތަމަ ޖަޖެސް ކޮމިޓީ އެކުލަވާލައި އެ ބޭފުޅުންނަށް ދެންނެވިން އެ ބޭފުޅުން ހަމައެކަނި ޖެހޭނީ އެސޯސިއޭޝަނުން ފޮނުވާ ނަންތަކުން އެއް ވަނަ އެކަނި ހޮވުމޭ. އެކަމަކު އެ ބޭފުޅުން އެތައް މީޓިން އެއް ބާއްވައިފި. އެކަން ކުރަން އެބޭފުޅުން ވަރަށް ގިނަ ވަގުތު އެބަ ހޭދަކުރައްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަޖުން އެވޯޑްގެ ވަނަތައް ހޮވުމުގައި ގެންގުޅުނު މިންގަނޑުތަކާއި އެހެނިހެން ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ނޫސްވެރިންނާއި ބައްދަލުކޮށް ހިއްސާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެވޯޑުގައި އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން)، ކޮންމެ ކުޅިވަރެއް ވަކިވަކިން އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން) ހޮވާނެ އެވެ.

އޭގެ އިތުރުން ސްޕެޝަލް އެބިލިޓީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކޯޗު (އަންހެން/ފިރިހެން)، އަހަރުގެ އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް (އަންހެން/ފިރިހެން)، އެންމެ މޮޅު ސިއްހީ އެހީތެރިޔާ (އަންހެން/ފިރިހެން)، އެންމެ އުންމީދީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރު، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާ އަދި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީނުމަށްވަނީ ހަމަޖެހިފަ އެވެ.

މި އެވޯޑްތަކަށް ނަންތައް ނޮމިނޭޓްކުރީ ކުޅިވަރު އެސޯސިއޭޝަން ތަކުންނެވެ. އެސޯސިއޭޝަންތަކުން ހުށަހަޅާ ނަންތަކުގެ ތެރެއިން އެވޯޑް ލިބޭ ފަރާތެއް ހޮވާނީ އެކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލަކުންނެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "އަދަދު" އޮންލައިން އެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރާއްޖެ ޓީވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox