ޑްރައިވަރުން ބާއްވަން އުޅުނު ކާރު ރެލީއެއް ފުލުހުން ހުއްޓުވައިފި

ޑްރައިވަރުން ކުރިޔަށް ގެންދަން އުޅުނު ރެލީއެއް ހުއްޓުވާފަ. އެތަނުގައި ގާތްގަނޑަކަށް 100 ޓެކްސީ އެބައޮތް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޑްރައިވަރުން ކުރިޔަށް ގެންދަން އުޅުނު ރެލީއެއް ހުއްޓުވާފަ. އެތަނުގައި ގާތްގަނޑަކަށް 100 ޓެކްސީ އެބައޮތް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ގޮވާލާ އިހުތިޖާޖުކުރަމުންދާ ޑްރައިވަރުންތައް މާލޭގައި ކާރު ރެލީއެއް ބާއްވަން ކުރި މަސައްކަތަށް ފުލުހުން ހުރަސް އަޅައިފި އެވެ.

އެ އިހުތިޖާޖުގައި ބައިވެރިވާ ޓެކްސީ ޑްރައިވަރެއް ނަން ނުޖެހުމަށް އެދި "އަދަދު" އަށް ބުނީ މާލޭގައި ރެލީއެއް ބޭއްވުމަށް ޑްރައިވަރުން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ފުލުހުން އެ ޑްރައިވަރުންނަށް ހުރަސް އަޅާފައިވާ ކަމަށެވެ.

"މިހާރު އެންމެން މި ތިބީ ބްރިޖު ކައިރީ. ވަރަށް ބާރުބޮޑުކޮށް އޮތީ މިތަން. ބްރިޖަށް އެރުނަ ނުދިން. ފުލުހުން ބުނީ ތިނޫން ގޮތަކަށް އަންނާށޯ މާލެ ދަންޏާ. އެންމެން އެއްކޮށް އެހެން އައިމަ،" އޭނާ ބުންޏެވެ.

ޓެކްސީ ޑްރައިވަރުން ކުރިޔަށް ގެންދަން އުޅުނު ރެލީއެއް ފުލުހުން ހުއްޓުވާފަ. ފޮޓޯ: އަދަދު
ޓެކްސީ ޑްރައިވަރުން ކުރިޔަށް ގެންދަން އުޅުނު ރެލީއެއް ފުލުހުން ހުއްޓުވާފަ. ފޮޓޯ: އަދަދު

ޓެކްސީ ޑްރައިވަރުން ކުރިޔަށް ގެންދަން އުޅުނު ރެލީއެއް ފުލުހުން ހުއްޓުވާފަ. ފޮޓޯ: އަދަދު

ގާތްގަނޑަށް 100 އެއްހާ ކާރު ބައިވެރިވާކަމަށް މައުލޫމާތު ލިބިފައިވާ އެ އިހުތިޖާޖުގައި ޑްރައިވަރުން ގޮވާލި ކަންކަމަށް މިނިސްޓްރީގެ ފަރާތުން ޖަވާބެއް ލިބިފައިވާކަމަށް ވެސް އެ ޑްރައިވަރު ބުންޏެވެ. ނަމަވެސް އެއީ އެއްވެސް ގޮތަކަށް ޑްރައިވަރުން ބަލައިގަންނަ ޖަވާބެއް ނޫންކަމަށް އޭނާ ބުނެ އެވެ،

"މިނިސްޓްރީން ބުނީ ފެށޭ ހަފްތާގެ ކޮންމެވެސް ދުވަހަކުން އެ އަގުތަކަށް ގޮތެއް ނިންމާނެކަމަށް. އެ ކޮން ދުވަހެއްކަމެއް ކޮން ގޮތަކަށް ނިންމާކަމެއް ކަން އަހަރުންނަކަށް ނޭނގެ. ދެން އަހަރުންވީ އަދިވެސް ބޮޑު ހަރަދުގަ ދަތުރުކުރަން އެ ދުވަސް އަންނަންދެން،" އޭނާ ބުނެ އެވެ.

އޭނާ ބުނީ މިނިސްޓްރީން އެދެވޭ ޖަވާބެއް ނުދޭތީވެ، ޑްރައިވަރުން އަދިވެސް ތިބީ އިހުތިޖާޖާއިގެން ކުރިޔަށް ދާ ގޮތަށް ކަމަށެވެ. ޑްރައިވަރުންގެ ހުށަހެޅުންތަކަށް މިނިސްޓްރީގެ ފަރާތުން މީޑިއާއަށް އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. އަދި ފުލުހުން ވެސް ހުޅުމާލެއިން ހުއްޓުވި ރެލީއާ ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox