ކަސްޓަމްސްގެ މުދާ ޑިކްލެއާކުރާ ނިޒާމަށް ކުރިމަތިވި މައްސަލައަށް ވަގުތީ ހައްލެއް

މޯލްޑިވްސް ކަސްޓަމްސްގެ މައި އިމާރާތް. ކަސްޓަމްސްއިން ބޭނުންކުރާ އަސިކުޑާ ނިޒާމަށް ވަނީ މައްސަލަތަކަކާއި ކުރިމަތިވެފައި. ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މޯލްޑިވްސް ކަސްޓަމްސްގެ މައި އިމާރާތް. ކަސްޓަމްސްއިން ބޭނުންކުރާ އަސިކުޑާ ނިޒާމަށް ވަނީ މައްސަލަތަކަކާއި ކުރިމަތިވެފައި. ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މޯލްޑިވްސް ކަސްޓަމްސްއިން ކްލިއަރެންސްގެ މަރުަހަލާތަކަށާއި އެކައުންޓިން ފަދަ މަސައްކަތްތަކަށް ބޭނުންކުރަމުން އައި "އަސިކުޑާ" ސިސްޓަމަށް ކުރިމަތިވި މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން އެ ނިޒާމު މެދުވެރިކޮށް ކުރާ ބައެއް މަސައްކަތްތައް ކަސްޓަމްސްގެ މައި ޕޯޓަލްގެ ދަށަށް ބަދަލުކޮށްފި އެވެ.

ކަސްޓަމްސް އިން ބޭނުންކުރާ އަސިކުޑާ ނިޒާމަށް މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް އެންމެ ފުރަތަމަ ކަސްޓަމްސް އިން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އަސިކުޑާ އަކީ ކަސްޓަމްސް އިން މުދާ ޑިކްލެއާކުރުމާއި ކްލިއަރެންސްގެ އެކި މަސައްކަތްތަކުގެ އިތުރުންް އެކައުންޓިން މަސައްކަތްތަކަށް ވެސް ހިދުމަތް ދިނުމަށް ބޭނުންކުރާ މުހިންމު ނިޒާމެކެވެ.

އެ ނިޒާމަށް ކުރިމަތިވި މައްސަލައިގެ ސަބަބުން މުދާ ޑިކްލެއާ ކުރާ ފޯމު ސްކޭންކުރުމަށްފަހު އަސިކުޑާ އަށް އަޕްލޯޑުކުރުމުގެ ބަދަލުގައި މިހާރު ޖެހޭނީ ކަސްޓަމްސްގެ މައި ޕޯޓަލްއަށް އަޕްލޯޑު ކުރަން ކަމަށް ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ސުޕްރިޓެންޑެންޓް ފާތިމަތު ޝިފާޒާ މި ނޫހަށް ވިދާޅުވި އެވެ.

"ވަރަށް ކޮމްޕްލެކްސް ސިސްޓަމެއް އެއީ އަސްލު ހަގީގަތުގަ. ދެން މިހާރު އެ ދިމާވި މައްސަލައާ ހެދި ވަގުތީކޮށް ސްކޭންކޮށްފަ ޑޮކިއުމެންޓް ކަސްޓަމްސްގެ ޕޯޓަލްއަށް އަޕްލޯޑު ކުރެވޭނެ ގޮތަށް ވަނީ ހަމަޖެހިފަ،" ޝިފާޒާ ވިދާޅުވި އެވެ.

އަދިވެސް އެ މަަސައްކަތަށްޓަކައި ރެޖިސްޓާކުރަން ޖެހޭނީ އަދި ފޯމު ފުރިހަމަކުރަން ޖެހޭނީ ވެސް އަސިކުޑާ މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސިސްޓަމަށް މެދުވެރިވި މައްސަލައިގެ ސަބަބު އަދިވެސް ހޯދިފައި ނުވާކަމަށް ޝިފާޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި ކަސްޓަމްސްގެ އައިޓީ ޓީމުތައް މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

"އަސްލު އެ ސިސްޓަމްގެ އަޕްލޯޑުކުރާ ބައި ބަދަލުކުރީމަ މިހާރު ނޯމަލްކޮށް މަސައްކަތްކުރާ ކަމަށް އަޅުގަނޑަށް ވެސް މައުލޫމާތު ލިބެނީ. ދެން ދިމާވި މައްސަލައަކީ ކޮމްޕްލީޓް ޝަޓްޑައުނެއް ނޫން. ނަމަވެސް މަޑުމަޑުން ސިސްޓަމް ސްލޯވާން ފެށުން،" އަސިކުޑާއަށް ކުރިމަތިވި މައްސަލައިގެ ގޮތުގައި ޝިފާޒާ ވިދާޅުވި އެވެ.

ކުރިން އިންނާނީ 24 ގަޑިއިރު ޑޮކިއުމެންޓްތައް އަސިކުޑާ އަށް އަޕްލޯޑް ކުރެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް, އެ ނިޒާމު ލަސްވާން ފެށުމާއެކު ހިދުމަތަށް ބުރޫއަރަން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހިސާބުން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކަސްޓަމްސްގެ އަމާޒަކީ ކަސްޓަމްސްގެ ޕޯޓަލް އާއި އަސިކުޑާ ނިޒާމު ވެސް މޮނިޓާކޮށް ކުރިމަތިވި މައްސަލަ ހައްލުކުރުންކަމަށް އޭނާ ވިދާޅުވި އެވެ.

އަސިކުޑާއަކީ ނިޒާމަކީ އދ. ގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑެވެލޮޕްމެންޓުން ތަރައްގީކުރި ނިޒާމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox