ޑްރައިވަރުން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫން، ސެންޓަރުތައް ބަންދުކޮށްފި

ޓެކްސީއެއް. މާލޭގައި ޓެކްސީ ދުއްވާ ޑްރައިވަރުން ދަނީ ދަތުރުތަކުގެ އަގުބޮޑުކުރަން އިހްތިޖާޖުކުރަމުން. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޓެކްސީއެއް. މާލޭގައި ޓެކްސީ ދުއްވާ ޑްރައިވަރުން ދަނީ ދަތުރުތަކުގެ އަގުބޮޑުކުރަން އިހްތިޖާޖުކުރަމުން. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ތެލުގެ އަގު ބޮޑުވެފައިވާތީ މާލޭގައި ޓެކްސީ ދުއްވާ އަގު ބޮޑު ކުރުމަށް ޓެކްސީ ޑްރައިވަރުން ހުށަހެޅި ބަދަލުތަކަށް ޓްރާންސްޕޯޓު މިނިސްޓްރީން މިރޭ 20:00 އާ ހަމަޔަށް ޖަވާބެއް ނުދީފިނަމަ، އިހުތިޖާޖު ހުއްޓުމެއް ނެތި ކުރިޔަށް ގެންދަން ޓެކްސީ ޑްރައިވަރުން ނިންމައިފި އެވެ.

ޓެކްސީ ޑްރައިވަރުން ދަނީ ތެޔޮ ހަރަދު ބޮޑުވެފައިވާކަމަށް ބުނެ މިއަދު 13:00 އިން ފެށިގެން ދަތުރުކުރުން ހުއްޓާލައި ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އިޖުތިޖާޖުކުރަމުންނެވެ. އެ އިހުތިޖާޖު ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓެކްސީ ޑްރައިވަރެއްކަމުގައިވާ އަހުމަދު ޝަމާލް "އަދަދު" އަށް ބުނީ ޑްރައިވަރުން ތިބީ އަގުތަކުގެ މައްސަލައިގައި ގޮތް ދޫކުރާ ގޮތަކަށް ނޫން ކަމަށެވެ.

"މިހާރު ސެންޓަރުތައް ވެސް ބަންދުކޮށް އެޕްލިކޭޝަންތައް ވެސް ބޭނުންނުކުރެވޭނެ. އެގޮތަށް ނިންމީ މިރޭ 20:00 އާ ހަމަޔަށް. އެހާއިރަށް މިނިސްޓްރީން ޖަވާބެއް ނުދީފިނަމަ ހަމަ ކުރިޔަށް ގެންދާނަން،" އޭނާ ބުންޏެވެ.

ޝަމާލް ބުނީ އަދި މިހާތަނަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ޑްރައިވަރުން އަދިވެސް ދަނީ ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ހިމޭން އިހުތިޖާޖު ކުރަމުން ކަމަށް އޭނާ ބުނެ އެވެ. އޭނާ އިތުރަށް ބުނީ މިނިސްޓްރީގެ އަމަލުތައް ހުންނަ ގޮތުން ޑްރައިވަރުން ވެސް އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

"ހަމަ މިނިސްޓްރީގެ ފަރާތުން ކުރާ ކަމަކަށް ބަލާފަ އަޅުގަނޑުމެން ވެސް އިތުރަށް ހަރުކަށިކުރަން މިތިބީ ނިންމައިގެން،" ޝަމާލް ބުންޏެވެ.

ތެލުގެ ހަރަދުތަައް ރާއްޖޭގައި އިތުރުވެފައިވާއިރު ޑްރައިވަރުން ވަނީ މާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގުތައް 30ރ. އަށް އިތުރުކުރަން މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. ނަމަވެސް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގެ އެތެރޭގެ އަގުތަކަށް ބަދަލެއް ގެންނާކަށް ހުށައެއްނާޅަ އެވެ.

އޭގެ އިތުރުން ވެސް ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ނަމަ 100ރ. އަދި މާލެއިން އެއާޕޯޓަށް ނަމަ 80ރ. ނަގަން ވަނީ ހުށަހަޅާފަ އެވެ. އަދި މާލެއިން ހުޅުލޭގެ ސީޕްލޭން ޓާމިނަލަށް ނަމަ 100ރ. ގެ ރޭޓުން ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.

އަދި ހުޅުމާލެ އެއް ފޭސް އިން އަނެއް ފޭސްއަށް ދާނަމަ 40ރ. އަދި ހުޅުމާލެ ފޭސް ދެއަކުން އެއާޕޯޓުގެ ސީޕްލޭން ޓާމިނަލަށް ވެސް 120ރ. އަދި މާލެއިން ހުޅުމާލެ ފޭސް ދެއަކަށް ވެސް 120ރ. ނެގުމަށް ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް،، ޑްރައިވަރުން އަގުތައް ހުށަހެޅުމުގެ ކުރިން ވެސް މިނިސްޓްރީން ވަނީ އަގުތަކަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އާންމުންގެ ބައެއް މީހުން ވެސް ވަނީ ޓެކްސީ ޑްރައިވަރުން ހުށަހެޅި އަގުތަކާއި ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox