ގަވާއިދުން ނެރެމުން ނުދާ 47 ނޫހެއް އުވާލައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލުކުރަނީ-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލުކުރަނީ-- ފޮޓޯ: ހުސެން ޝަޔާހު / އަދަދު

ގަވާއިދުން ޝާއިއު ނުކުރާ 47 ނޫހެއްގެ ހުއްދަ ހޯމް މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އުވަލީ، ނޫސް މަޖައްލާތެކޭ ގަވާއިދުގައިވާ ގޮތުގެ މަތިން ޝާއިއު ކުރަމުންނުދާ މަޖައްލާތައް ކަމަށެވެ.

ހުއްދަ ބާތިލް ކުރި 47 ނޫސް މަޖައްލާގެ ތެރެއިން އެންމެ ފާހަގަކުރެވެނީ މީގެ ދެ އަހަރު ކުރިން މަސައްކަތް ހުއްޓާލި "މޯލްޑިވްސް އިންޑިޕެންޑެންޓް" އެވެ. އަލް ޖަޒީރާގައި މިވަގުތު މަސައްކަތްކުރާ ދިވެހި ނޫސްވެރިޔާ ޒަހީނާ ރަޝީދުގެ އެޑިޓަރުކަމުގެ ދަށުން އިނގިރޭސި ބަހުން ނެރުމުން އައި އެ ނޫހަކީ ކަރަންޓް އެފެއާޒް ހަބަރުތައް ތަފްސީލާ އެކު ގެނެސްދިން ނޫހެކެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2016 ވަނަ އަހަރު ނެރެން ފެށި "ސަރުކާރުގެ ހަބަރު" ވެސް އެ ލިސްޓުގައި ހިމެނެ އެވެ. އެ ނޫހުގެ އެޑިޓަރަކީ އޭރު ރައީސް އޮފީހުގެ މީޑިއާގައި އިސްކޮށް އުޅުއްވި މިހާރު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދެވެ.

ކުރީގެ މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ރަފީގު (ރިވަރިން) އެޑިޓަރުކަމުގައި 2016 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ "އުދަރެސް އޮންލައިން" އާއި "ފިޔެސް ނިއުސް" ވެސް އެ ލިސްޓުގައި ހިމެނެ އެވެ. "އުދަރެސް" އާއި "ފިޔެސް" އަކީ ކުރީގެ މަޝްހޫރު ދެ މަޖައްލާ އެވެ. އެ ނަންތައް ހިމެނޭ ގޮތަށް ރިވަރިން ރަޖިސްޓްރީކުރި ދެ ނޫސް މާބޮޑަށް ފާހަގައެއް ނުވެ އެވެ.

މީގެ އިތުރުން "މިއަދު" ނޫހުގެ ސިސްޓާ ނޫހެއްގެ ގޮތުގައި 2017 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ "މިއަދު ބިޒްނަސް ރިވިއު އޮންލައިން" ވެސް ވަނީ އުވާލުމުގެ ފުރުސަތު އޮތް ލިސްޓަށް އަރައިފަ އެވެ. މީއީ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީން ނެރުނު ނޫހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox