12 އަހަރުގެ ފިރިހެން ކުއްޖަކާ މަގުމަތިން ގަދަކަމުން ބެހެން އުޅެނިކޮށް ހުއްޓުވައިފި

ކުޑަކުއްޖަކާ ބެހެން އުޅުނު ކަމުގެ ތުހުމަތުވާ މީހާ ހައްޔަރުކޮށްގެން ގެންދަނީ --

ކުޑަކުއްޖަކާ ބެހެން އުޅުނު ކަމުގެ ތުހުމަތުވާ މީހާ ހައްޔަރުކޮށްގެން ގެންދަނީ --

އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބެހެން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

"އަދަދު"އާ ވާހަކަ ދައްކަމުން އެ ކުއްޖާގެ އާއިލާއިން ބުނީ ކުއްޖާއާ ބެހެން އުޅުނީ އެ ކުއްޖާ މިއަދު ސްކޫލް ނެތުމުން ބޮޑުދައިތައެއްގެ ގޭގައި މަޑުކުރުމަށް, އެ ގެއަށް ދިޔުމުގެ މަގުމަތިން ކަމަށެވެ.

"ގެކައިރިއަށް ކުއްޖާގެ ބައްޕަ ސައިކަލުން ބޭލީ، ގެއަށް ވަންނަން ދެން ހުރި ބަލަން، [އެހެން] ހުއްޓަ މިފެނުނީ ގެއަށް ވަންނަން އުޅެނިކޮށް އިންޑީހާ މީހަކު އައިސް އަތުގައި ހިފައި ދަމާ ގަތްތަން،" ކުއްޖާގެ އާއިލާ މެމްބަރަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އެ ކުއްޖާގެ ބޮޑުދައިތަ ގެއިން ދުވެފައި އައިސް ހަޅޭލަވާ ގަތުމާ އެކު އެ ސަރަހައްދުގެ މީހުން އެއްވުމުން އެ މީހާ، ކުއްޖާ އަތުން ދޫކޮށްލި އެވެ. އަދި އެތަނަށް އެއްވި އާންމު މީހުންގެ ތެރެއިން އެކަކު ފުލުހަށް ގުޅުމުން، އެ ކުއްޖާގެ އާއިލާ މެމްބަރުންނަށް އެމީހާ އިންޒާރުދިން ކަމަށް ވެސް އޭނާ ބުންޏެވެ.

"ކުއްޖާގެ ބައްޕަ އައިސް އޭނާ ގާތު ކިހިނެއް ވެގެންހޭ ތި އުޅެނީ އެހީމާ، އިންޒާރު ވެސް ދީފައި ދިޔައީ، ބޮޑުދައިތައާ ދިމާލަށް ވެސް ވަރަށް އެއްޗެހި ގޮވި," އޭނާ ބުންޏެވެ.

އެ ކުއްޖާގެ އާއިލާ މެމްބަރުން ނުރުހުންވެ، އެ މީހާ ގައިގައި ތަޅާގަންނަން އުޅެނިކޮށް ފުލުހުން އެ ސަރަހައްދަށް އައިސް ހުއްޓުވި އެވެ. އާއިލާގެ ބަަހުގެ ހަމަލާތަކަށް ރައްދުދެމުން އޭނާ ވަނީ ކުރި ކުށަށް އިއުތިރާފް ވެސް ވެފަ އެވެ.

ނަމަވެސް, ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމަށް އޭނާ ފުރަތަމަ ދެކޮޅު ހެދި އެވެ. އެހެންވެ ފަހުން އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފުލުހުން އައިސް އޭނާ ހައްޔަރުކޮށްގެން ގަލޮޅު ޕޮލިހަށް ގެންދިޔަ އެވެ.

މި ހާދިސާއާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox