މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް: ބަންގްލަދޭޝާއި ލަންކާގެ ކުޅިވަރާބެހޭ ވަޒީރާއި ސައުދީގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ރާއްޖެ އަށް

Mar 10, 2022, 3:05 AM
ބަންގްލަދޭޝްގެ ސްޕޯޓްސް މިނިސްޓަރު ޒާހިދު އަހްސަން (ކ)، ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދާރު (މ) އަދި ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް.

ބަންގްލަދޭޝްގެ ސްޕޯޓްސް މިނިސްޓަރު ޒާހިދު އަހްސަން (ކ)، ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދާރު (މ) އަދި ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް.

މި މަހު 17 ވަނަ ދުވަހު ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" ގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާނުކުރައްވައިފި އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި 550 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު، ގައުމުތަކުގެ ކުޅިވަރުގެ އިސް ވެރިންގެ އިތުރުން ކުޅިވަރުގެ ގިނަ މަގުބޫލު ސަހުސިއްޔަތުންނެއް ބައިވެރިވާނެ އެވެ. މިނިސްޓަރު މަހުލޫފް ވިދާޅުވީ މިއީ ރާއްޖޭގައި ބޭއްވޭ މި ފަދަ އެންމެ ބޮޑު އިވެންޓަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދާދިފަހުން ރާއްޖޭގެ ކުޅިވަރަށް ފުރުސަތު ފަހިކޮށްދޭން ބަންގްލަދޭޝަށް މިނިސްޓަރު މަހުލޫފް ވަޑައިގެންނެވިއިރު، ސްޕޯޓްސް އެވޯޑަށް ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު ވަޑައިގަންނަވާ ގޮތަށް މި ވަނީ ހަމަޖެހިފަ އެވެ. މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީ ލަންކާ ކުޅުނު މެޗަށް ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާއްޖެ ވަޑައިގެންނެވި އެވެ. އަދި ނަމާލްގެ ދައުވަތެއް ގަބޫލުކުރައްވައި މިނިސްޓަރު މަހުލޫފް ވަނީ ނޮވެމްބަރު މަހު ލަންކާގައި ބޭއްވި ރާޖަޕަކްސަ ޓްރޮފީ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފަ އެވެ.

ސައުދީގެ އަންހެން ޓީމު ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ފުރަތަމަ މެޗުތައް މިދިޔަ މަހު ކުޅުނީ ރާއްޖޭގަ އެވެ. ސައުދީ އާއި ރާއްޖޭގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ހާއްސަ ގާތް ކަމެއް އޮތްއިރު، ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ރާއްޖެ ވަޑައިގަންނަވަނީ އެ ގައުމުގެ ކުޅިވަރު މިނިސްޓަރު ޕްރިންސް އަބްދުލް އަޒީޒް ބިން ތުރްކީ އަލް ފައިސަލްގެ ފަރާތްޕުޅުން ހާއްސަ މަންދޫބެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ހަފްލާގައި ދުނިޔޭގެ ލެވަލްގެ މަޝްހޫރު ގިނަ އެތުލީޓުންނެއް ބައިވެރިވާއިރު، މިހާތަނަށް އިއުލާނުކޮށްފައިވާ ގޮތުން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަދަދު" ނޫހެވެ.

މުޅިން އަލަށް ބާއްވާ އެވޯޑުގައި އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން)، ކޮންމެ ކުޅިވަރެއް ވަކިވަކިން އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން)، ސްޕެޝަލް އެބިލިޓީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކޯޗު (އަންހެން/ފިރިހެން)، އަހަރުގެ އެންމެ މޮޅު ޓެކްނިކަލް އޮފިޝަލް (އަންހެން/ފިރިހެން)، އެންމެ މޮޅު ސިއްހީ އެހީތެރިޔާ (އަންހެން/ފިރިހެން)، އެންމެ އުންމީދީ އެތުލީޓް (އަންހެން/ފިރިހެން)، އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ، އެންމެ މޮޅު ކުޅިވަރު ފޮޓޯ ޖާނަލިސްޓް، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެސޯސިއޭޝަން، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް ބްރޯޑްކާސްޓަރު، އެންމެ ފާހަގަކޮށްލެވޭ ސްޕޯޓްސް އޮންލައިން މީޑިއާ އަދި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީނުމަށްވަނީ ހަމަޖެހިފަ އެވެ. ޖުމްލަ އެއްކޮށް 100 އަށް ވުރެ ގިނަ އެވޯޑް ދޭނެ އެވެ.

މި އެވޯޑްތަކަށް ނަންތައް ނޮމިނޭޓްކުރާނީ ގައުމީ ކުޅިވަރު އެސޯސިއޭޝަން ތަކުންނެވެ. އެސޯސިއޭޝަންތަކުން ހުށަހަޅާ ނަންތަކުގެ ތެރެއިން އެވޯޑް ލިބޭ ފަރާތެއް ހޮވާނީ އެ ކަމަށް ކަނޑައަޅާފައިވާ ޖަޖުންގެ ޕެނަލަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox