ބެންޒެމާގެ ހެޓްރިކުން ރެއާލްގެ ފެންވަރު ދައްކާލައި ޕީއެސްޖީ ކަޓުވާލައިފި، ސިޓީ ކުއާޓާ އަށް!

Mar 10, 2022, 2:40 AM
ބެންޒެމާގެ ހެޓްރިކުން ރެއާލްގެ ފެންވަރު ދައްކާލައި ޕީއެސްޖީ ކަޓުވާލައިފި، ސިޓީ ކުއާޓާ އަށް!

މެޑްރިޑް (މާޗް 10) - ސަތާރަ މިނިޓް ތެރޭ ކަރިމް ބެންޒެމާ ހެދި ހެޓްރިކުން ފަހަތުން އަރައި 3-1 އިން ޕީއެސްޖީ ކަޓުވާލައި, ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިދިޔަ މަހު ޕީއެސްޖީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގެ ފަހު ވަގުތު ކީލިއަން އެމްބާޕޭ ޖެހި ގޯލުން ޕީއެސްޖީ 1-0 އިން މޮޅުވި އެވެ. ރޭ ރެއާލް ދަނޑުގައި ވެސް ފުރަތަމަ ގޯލު ޖެހީ އެމްބާޕޭ އެވެ. އެކަމަކު، ރެއާލުން މުޅި މަންޒަރު ބަދަލުކޮށްލީ މެޗުގެ ފަހު ހާފުގަ އެވެ. ސަތާރަ މިނިޓް ތެރޭ ބެންޒެމާ ހެޓްރިކެއް ހަދައި، ރެއާލް މޮޅުކޮށްދިނީ އެވެ.

ރެއާލްގެ ދަނޑުގައި 33 ވަނަ މިނިޓްގައި އެމްބާޕޭ ރޭ ޖެހި ފުރަތަމަ ގޯލު ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، އޭގެ ހަ މިނިޓް ފަހުން ކައުންޓަ އެޓޭކުގައި އެމްބާޕޭ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޕީއެސްޖީ އަށް ގޯލެއް ޖަހައިދީފަ އެވެ. ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން އަށް މިނިޓް ތެރޭ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ކައިރިން ނައްޓާފައި އެމްބާޕޭ ޖެހި ގޯލު ވެސް ބަލައިނުގަންނަން ނިންމީ އޮފްސައިޑްވުމުންނެވެ.

ގަޑިއިރެއްހާއިރު ކުޅެވުނު ފަހުން ރެއާލަށް ދިރުން ލިބި ރަނގަޅަށް ކުޅެން ފެށި އެވެ. އެ ގޮތުން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ 60 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ހުސްކޮށްލާފައި ދިން ބޯޅަ އަކުން ބެންޒެެމާ އެވެ. އޭގެ 15 މިނިޓް ފަހުން، މެޗުގެ 75 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް އޭރިއާތެރެއިން ހުސްވި ޖާގައެއް ބަލާފައި، ބެންޒެމާ އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ވަނީ ގޯލަށް ޖަހައިފަ އެވެ. މި ގޯލަށް ފަހު ޕީއެސްޖީ އަށް ރަނގަޅަށް ހަަމަޖެހިނުލެވެނިސް ބެންޒެމާ ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ޕީއެސްޖީގެ ކެޕްޓަން މާކުއީނިއޯސް ޑިފެންސްކުރަން ޖައްސާލި ބޯޅަ އޭރިއާ ރޮނގުމަތިން ބެންޒެމާ އަށް ލިބުމާ އެކު އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފަހަތުން އަރައި މި ލިބުނު މޮޅަށް ރެއާލް ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީން މިދިޔަ މަހު ސްޕޯޓިން ލިސްބަން އަތުން ވަނީ 5-0 އިން މޮޅުވެފަ އެވެ. ރޭ މެންޗެސްޓާ ސިޓީ ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ސިޓީ އަށް ވަނީ މި ނަތީޖާއާ އެކު ކުއާޓާ ފައިނަލުން ފުރުސަތު ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox