އޫރެއްގެ ހިތް ލެއްވި މީހާ މަރުވެއްޖެ

އޫރެއްގެ ހިތް ލެއްވީ އުމުރުން 58 އަހަރުގެ ޑޭވިޑް ބެނެޓްއަށް. -- ފޮޓޯ: ޔުނިވާސިޓީ އޮފް މޭރީލޭންޑް ސްކޫލް އޮފް މެޑިސިން

އޫރެއްގެ ހިތް ލެއްވީ އުމުރުން 58 އަހަރުގެ ޑޭވިޑް ބެނެޓްއަށް. -- ފޮޓޯ: ޔުނިވާސިޓީ އޮފް މޭރީލޭންޑް ސްކޫލް އޮފް މެޑިސިން

ވޮޝިންޓަން، އެމެރިކާ (މާޗް 9) - އޫރެއްގެ ހިތަށް ޖެނެޓިކް ބަދަލުތަކެއް ގެނައުމަށް ފަހު، އެ ހިތް ލެއްވި މީހާ މަރުވެއްޖެ އެވެ.

ފަރުވާއިން ރަނގަޅު ނުކުރެވޭ ހިތުގެ ބޮޑު ބައްޔެއް ހުރި އެމެރިކާގެ ޑޭވިޑް ބެނެޓް އޫރުގެ ހިތް ލެއްވި ސާޖަރީއަށް ފަހު ދިރިހުރީ ދެ މަހެވެ.

އޭނާގެ ޑޮކްޓަރުން ބުނީ އުމުރުން 57 އަހަރުގެ ބެނެޓްގެ ހާލަތު ގޯސްވަމުން ގޮސް، މާޗް އަށް ވަނަ ދުވަހު އޭނާ މަރުވެފައިވާ ކަމަށެވެ.

Advertisement

ސާޖަރީގެ ސަބަބުން އޮތް ނުރައްކާތައް ބެނެޓްއަށް އިނގެ އެވެ. އެހެންކަމުން އެއީ އޭނާ ނެގި ބޮޑު "ރިސްކެއް"ގެ ގޮތުގައި ޑޮކްޓަރުން ސިފަކުރެ އެވެ.

ސާޖަރީ ހެދުމުގެ ކުރިން ހަ ހަފްތާ އޭނާ އޮތީ އެޑްމިޓްކޮށްފަ އެވެ. އަދި ދުނިޔޭގައި ދިރި ހުރީ މެޝިނެއްގެ އެހީގަ އެވެ. އޭނާގެ ބަލީގެ ހާލަތު ގޯސްކަމުން، އިންސާނެއްގެ ހިތުގެ ޓްރާންސްޕްލާންޓަށް ޝަތުރު ހަމައެއް ނުވެ އެވެ.

އެހެންވެ، ބެނެޓްގެ ހުއްދައާ އެކު އެމެރިކާގެ ކަމާ ބެހޭ އިދާރާއިން ވަނީ އޫރެއްގެ ހިތް ލައްވައި، "އެކްސްޕެރިމެންޓް" ކުރުމުގެ ފުރުސަތު ޑޮކްޓަރުންނަށް ދީފަ އެވެ.

އެ ސާޖަރީ ހެދީ ޖެނުއަރީ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާ ދުވަސްތައް ހޭދަކުރީ އާއިލާއާ އެކު ހޮސްޕިޓަލުގަ އެވެ. ނަމަވެސް ހާލަތު ގޯސްވަމުން ގޮސް، ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރުން ނިންމި އެވެ.

ގުނަވަނުގެ ޓްރާންސްޕްލާންޓަކީ ގިނަ ބަޔަކަށް ބޭނުންވާ ޕްރޮސީޖާއެއް ނަމަވެސް، ގުނަވަން ނުލިބޭތީ އެތައް ހާސް ބަޔަކު ތިބެން ޖެހެނީ ވެއިޓް ލިސްޓުގަ އެވެ.

އެހެންވެ، ޑޮކްޓަރުން އުއްމީދު ކުރީ އޫރުގެ ހިތް ލައްވައިގެން ކުރި ސާޖަރީއަށް ފަހު، ޖަނަވާރުގެ ގުނަވަންތައް އިންސާނުންނަށް ޓްރާންސްޕްލާންޓް ކުރުމުގައި ކުރިއެރުން ހޯދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox