ޖިނާއީ މައްސަލަތަކުގައި އަމުރަށް އެދޭ ދުވަހު ގޮތް ނިންމަން ސުޕްރީމް ކޯޓުން އަންގައިފި

ޖިނާއީ މައްސަލަތަކުގައި އަމުރަށް އެދޭ ދުވަހު ގޮތް ނިންމަން ސުޕްރީމް ކޯޓުން އަންގައިފި

ވަގުތީ އަމުރަކަށް އެދެއްޖިނަމަ، އެ މައްސަލަ ހުށަހަޅާ ދުވަހު އެކަމުގައި ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ދަށު ކޯޓުތަކަށް އަންގައިފި އެވެ.

ވަަގުތުން ގޮތެއް ކަނޑައަޅަން ޖެހޭ ބާވަތުގެ ޖިނާއީ، މަދަނީ އަދި އާއިލާ މައްސަލަތަކުގައި ކޯޓު އަމުރު ދޫކުރުމުގެ އަމަލުކުރާނެ ގޮތުގެ ޕްރެކްޓިސް ޑައިރެކްޝަނެއް މިއަދު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ސޮއިކުރެއްވުމަށްފަހު ނެރުއްވި އެވެ.

އެ އުސޫލުގައިވާ ގޮތުން ޖިނާއީ މައްސަލައެއްގައި، ފުލުހުން ކޯޓު އަމުރަކަށް އެދިއްޖަ ހާލަތުގައި، އެ އަމުރަކަށް އެދި ކޯޓަށް ފޯމު ހުށަހަޅާ ދުވަހު، އެކަމުގައި ގޮތެއް ނިންމަން ޖެހެ އެވެ.

"...ކޯޓުގެ އިހްތިޔާރުން ބޭރުގެ ކަމެއް ދިމާވެގެން އެ ތާރީހުގައި އެ އަމުރު ނެރުމާމެދު ކޯޓުން ގޮތެއް ނުނިމިއްޖެނަމަ، އެންމެ ލަސްވެގެން ވިދިގެން އަންނަ ދުވަހު އެ އަމުރު ނެރުމާ މެދު ކޯޓުން ގޮތެއް ނިންމަންވާނެ،" ޖިނާއީ މަސައްލަތަކުގައި ވަގުތީ އަމުރަކަށް އެދޭ ދުވަހު އަމުރު ދިނުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

މަދަނީ އަދި އާއިލީ މައްސަލަތައްކުގައި ވަގުތީ އަމުރަކަށް އެދިއްޖެ ނަމަ، ކޯޓަށް މައްސަލަ ލިބޭ ދުވަސް ގުނަން ފަށަނީ ކަމާބެހޭ ސެކްޝަނަކަށް އެ މައްސަލަ ދާ ހިސާބުންނެވެ.

"އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ބޭނުންވާ ހިދުމަތަކާ ގުޅޭ ކަމެއް، ނުވަތަ ވަގުތުން ފިޔަވަޅު ނާޅައިފިނަމަ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމެއްނަމަ، އެ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުން މައްސަލަ ބަލާ ސެކްޝަނަށް ލިބޭ ތާރީހުގައި، އެ އަމުރު ނެރުމާމެދު ގޮތެއް ނިންމަންވާނެ،" ސުޕްރީމް ކޯޓުގެ ޕްރެކްޝަން ޑައިރަކްޝަންގައި އިރުޝާދު ދީފައި ވެއެވެ.

އެފަދަ މައްސަލައެއް އެންމެ ލަސްވެގެންވެސް ތިން ދުވަސް ތެރޭ ނިންމަން ޖެހެ އެވެ. އަދި ސެކްޝަނަށް ހުށަހެޅޭ ދުވަހު އެކަމުގައި ގޮތެއް ނުނިމިއްޖެ ހާލަތުގައި ލަސްވި ސަބަބު އެ މައްސަލަ ބައްލަވާ ފަނޑިޔާރެއްގެ ފައިލްގައި ލިޔަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox