މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ސިންތެޓިކް ޓްރެކް ބަންދުކުރަނީ އެންމެ ކުޑަ މުއްދަތަށް

Mar 9, 2022, 9:07 AM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މިނިސްޓަރު މަހުލޫފް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގެ ހަފްލާ ބާއްވަން ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކް ބަންދުކުރަނީ އެކަން ކުރަން ހޭދަވާ އެންމެ ކުޑަ މުއްދަތަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މަހު 17 ވަނަ ދުވަހު ބާއްވާ އެވޯޑް ހަފްލާ އަށް ސިންތެޓިކް ޓްރެކް ބަންދުކުރަނީ މި މަހު 11-19 އަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި 550 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު، އެހާ ގިނަ މީހުންނާ އެކު ބާއްވާ އެ ފަދަ ބޮޑު އިވެންޓެއް ބާއްވަން އެންމެ އެކަށޭނެ ތަނަކަށް އޮތީ ސިންތެޓިކް ޓްރެކް ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

"ގާލާ ބޭއްވުމަށް ރީތި ސިންތެޓިކް ޓްރެކް ވަގުތީގޮތުން ބަންދުކުރަންޖެހޭތީ ޓްރެކް ބޭނުންކުރާ ފަރާތްތަކުގެ އަރިހުން މަޢާފަށް އެދެން.މިގޮތަށް ނިންމަންޖެހުނީ ހެންވޭރު، ގަލޮޅު ދަނޑު އަދި ކާނިވާ ސަރަހައްދު ވެސް މިހަފްލާ އަށް ކުޑަވުމުން،" މަހުލޫފް ވިދާޅުވި އެވެ.

"ހަފްލާގެ ތައްޔާރީތަކަށް ކުރަންޖެހޭ ބައިވަރު އަދި ބުރަ މަސައްކަތަށް ތާށިވެ ދަތިވި ނަމަވެސް ޓްރެކް އެއްކޮށް ބަންދު ކުރާނީ އެންމެ ކުރު މުއްދަތަށް،"

މިދިޔަ އަހަރުގެ ކުރީކޮޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު، ރާއްޖެ ވަޑައިގެން ބޭއްވި އިވެންޓް ވެސް ކުރިއަށްދިޔައީ ސިންތެޓިކް ޓްރެކުގަ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުޅިވަރު އެވޯޑު ތަކަކީ ވަރަށް ކުލަގަދަ ކޮށް ކުރާ ކަމެއް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ގައުމީ ކުޅިވަރު އެވޯޑްސްގައި އެކުވެރި ބައެއް ގައުމު ތަކުގެ ވަޒީރުން އަދި ވަރުގަދަ ކުޅިވަރު ޝަހުސިއްޔަތުތައް ފެނިގެންދާނެ ކަމަށެވެ.

"މަސައްކަތް މި ކުރަނީ ތަފާތު އަދި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ފުރިހަމަ ހަފްލާއަށް ހެދޭތޯ. މިކަމުގެ ސަބަބުން ކުޅިވަރު އެތުލީޓުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބި ކުޅިވަރުގެ ކުރިއެރުމަށް ދެވޭ ބާރަކަށް ވާނެ. އަދި މި ހަފްލާގައި ބައިވެރިވާ ލެޖެންޑުން މެދުވެރިކޮށް އެތަށް މިލިއަން ބައެއްގެ މެދުގައި ރާއްޖެ، ކުޅިވަރުގެ ޒަރިއްޔާއިން އިޝްތިހާރުވެގެން ދާނެ،" މަހުލޫފް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް ހަފްލާގައި ދުނިޔޭގެ ލެވަލްގެ މަޝްހޫރު ގިނަ އެތުލީޓުންނެއް ބައިވެރިވާނެ އެވެ. މިހާތަނަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާނުކުރައްވާފައިވާ ގޮތުން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެ އެވެ.

މީގެ އިތުރުން މިނިސްޓަރު މަހުލޫފް މިއަދު ވިދާޅުވީ ބަންގްލަދޭޝްގެ ކުޅިވަރާބެހޭ ވަޒީރު ޒާހިދު އަހްސަން ރަސަލް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox