ގޯލްޑަން ފުޓްސަލް ޗެލެންޖް: ގއ ފައިނަލުގައި ކުޅޭނީ ކޮނޑޭ އާއި މާމެންދޫ

Mar 9, 2022, 8:49 AM
ލަނޑު ޖެހުމަށް ފަހު ކޮނޑޭ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ޝާބިލް ފޮޓޯސް/ ކޮނޑޭއެފްސީ- ފޭސްބުކް

ލަނޑު ޖެހުމަށް ފަހު ކޮނޑޭ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ޝާބިލް ފޮޓޯސް/ ކޮނޑޭއެފްސީ- ފޭސްބުކް

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ކުޅުނު މެޗުތަކަށް ފަހު ގއ އަތޮޅުގެ ފައިނަލުން ކޮނޑޭ އާއި މާމެންދޫ ފުރުސަތު ހޯދައިފި އެވެ.

ރޭ ގއ. އަތޮޅުގެ ދެ ގްރޫޕްގެ ފަހު ހަތަރު މެޗެއް ވަނީ ކުޅެފަ އެވެ. ކޮނޑޭ އާއި ކަނޑުހުޅުދޫ 2-2 އިން އެއްވަރުވިއިރު، މާމެންދޫ އާއި ދާންދޫ މެޗު ވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ނިލަންދޫ އިން 8-5 އިން ގެމަނަފުށި ބަލިކުރިއިރު، ކޮލަމާފުށި އަތުން ދެއްވަދޫ މޮޅުވީ 6-1 އިންނެވެ.

ގްރޫޕް އޭގެ މެޗުތައް ނިމުނުއިރު ތާވަލުގެ އެއް ވަނަ ކޮނޑޭ އަށް ލިބުނީ ހަތް ޕޮއިންޓާ އެކު އެވެ. ނިލަންދޫ އަށް ހަ ޕޮއިންޓާ އެކު ދެ ވަނަ ލިބުނުއިރު، ތިން ވަނަ އަށް ދިޔަ ކަނޑުހުޅުދޫ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ގެމަނަފުށި މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ދެ ވަނަ ގްރޫޕް ދިޔައީ ފޯރިގަދަކޮށެވެ. މާމެންދޫ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދާންދޫ ފަސް ޕޮއިންޓާ އެކު ދެ ވަނަ ދިޔައިރު، ދާންދު އަށް ތިން ވަނަ ލިބުނީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި ނިންމާލި ކޮލަމާފުއްޓަށް ޕޮއިންޓެއް ނުލިބެ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 45 ސިކުންތު ތެރޭގައި ކަނޑުހުޅުދޫ އިން ކުރި އެޓޭކެއްގައި އެ ޓީމުގެ އަލީ އަޒްވާން އަބްދުލް އަޒީޒް ވަނީ ގޯލު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފު އެއްކޮށް ކަނޑުހުޅުދޫ އިން ލީޑުގައި އޮވެ، ރަނގަޅަށް އެޓޭކްކޮށް އިތުރު ގޯލެއް ޖެހޭތޯ މަސައްކަތް ވެސް ކުރި އެވެ. އެކަމަކު، ލީޑުފުޅާކުރުމުގެ މަސައްކަތުގައި ކުރިއެރުމެއް ނުލިބުނެވެ.

ކޮނޑޭ އިން ދެ ވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ އެއްވަރުކުރި އެވެ. އެޓޭކަށް ދިޔަ ބޯޅައެއްގައި ރަނގަޅު ތަނަށް ހުސްވެ ހުރެ މި ގޯލު ޖެހީ އިނާން އަހުމަދު (ބަޓުކް) އެވެ. ކަނޑުހުޅުދޫ އިން އަލުން ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުކުރީ ތަފާތު މޮޅު ގޯލެއް ޖަހައިގެންނެވެ. ކޯނަރު ދަނޑި ކައިރިން އަޒުވާނަށް ލިބުނު ބޯޅަ އޭނާ ވަނީ ކޮނޑޭގެ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ މަތީ ކަނަށް ޖަހައިފަ އެވެ. މިއީ މުބާރާތުގައި ފެނުނު އެންމެ މޮޅު އެއް ގޯލެވެ.

ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ކޮނޑޭ އިން ތަޖުރިބާގެ ބޭނުންކުރި އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ޝިފާޒް އާދިލް (ތުއްތު) އެވެ. ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ތުއްތު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ތިރިތިރިންނެވެ. ކޮނޑޭ ޓީމުގެ ފަސް ފައުލު ހަމަވެގެން މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ކަނޑުހުޅުދޫ މޮޅުވާން ދުރު ޕެނަލްޓީއެއް ލިބުނެވެ. އަހުނަފް ޒާހިރު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަޒުވާން އެވެ.

މާމެންދޫ އާއި ދާންދޫ ބައްދަލުކުރި މެޗުގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މޮޅު ކުޅުންތެރިއަކީ ދާންދޫގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ޔައުގޫބް އަބްދުﷲ އެވެ. ޔައުގޫބަކީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރެވެ. އޭނާ އަންނަނީ ފަހަކަށް އައިސް ގޯލްޑަން ފުޓްސަލްގައި ދާންދޫ ކުޅޭ ކޮންމެ މުބާރާތެއްގައި ކަހަލަ ގޮތަކަށް ގޯލު ބަަލަހައްޓަމުންނެވެ.

ނިލަންދޫ އިން ގެމަނަފުށި ބަލިކުރި މެޗުގައި ގިނަ ގޯލުތަކެއް ފެނުނެވެ. ނިލަންދޫ ޓީމުން ޖެހި އަށް ގޯލުގެ ތެެރެއިން ތިން ގޯލު ޖަހައި މުހައްމަދު ޔަމާން ވަނީ ހެޓްރިކެއް ހަދައި، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ. އަނެއް ގޯލުތައް ޖެހީ ހުސެއިން އިބްރާހިމް، ސަފްވާން ރަމްޒީ، ފަރުހާދު ރަޝީދު އަދި އަބްދުﷲ ޒިހުނީ އެވެ. ގެމަނަފުށީގެ ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ އަލީ ޝާޒް ހަބީބް އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު އިރުޝަމް އަބްދުﷲ އެވެ.

ކޮލަމާފުށި އަތުން ދެއްވަދޫ މޮޅުވިއިރު ގޯލުތައް ޖެހީ، އަހުމަދު މުއާޒް، ނަސޫހު ރަޝީދު، އަހުމަދު ރާހިލް ރަޝީދު، ލަމާން ޒުހައިރު އަދި މެޗުގެ މޮޅު ކުޅުންތެރިއާ އައިމަން ތައުފީގު ދެ ގޯލެވެ. ކޮލަމާފުށީގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ ވިޝާމް އެވެ.

ގއ. ފައިނަލުގައި ކޮނޑޭ އާއި މާމެންދޫ ކުޅޭ މެޗު އޮންނާނީ މާދަމާރޭ 22:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox