ގޯލްޑަން ފުޓްސަލް ޗެލެންޖް: ކ އަތޮޅު ޗެމްޕިއަންކަން ގާފަރަށް، ދ އަތޮޅު ތަށި ކުޑަހުވަދޫ އަށް

Mar 9, 2022, 5:18 AM
ގާފަރުން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގާފަރުން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ގައި ރޭ ކުޅުނު ފައިނަލް މެޗުތަކުން، ކ އަތޮޅުގެ ޗެމްޕިއަންކަން ގާފަރު ހޯދިއިރު، ދ އަތޮޅުގެ ތަށި ކުޑަހުވަދޫ އިން އުފުލާލައިފި އެވެ.

ރެެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުން ގާފަރުން ކާށިދޫ ބަލިކުރީ ފޯރިގަދަ މެޗަކަށް ފަހު 2-1 އިންނެވެ. ދ އަތޮޅުން ބައިވެރިވީ ކުޑަހުވަދޫ އާއި ބަނޑިދޫ އެވެ. ދެ ޓީމުގެ މެދުގައި ދެ ލެގު ކުޅުނުއިރު، ދެ މެޗުން ވެސް މޮޅުވީ ކުޑަހުވަދޫ އެވެ. ފުރަތަމަ މެޗުން 5-2 އިން މޮޅުވިއިރު، ރޭ ކުރިހޯދީ 5-0 އިންނެވެ.

ކާށިދޫގެ އަކްމަލް (ކ) ބޯޅަ ފޮނުވާލާއިރު، ގާފަރުގެ ކެޕްޓަން ނާއިހު ކައިރީގައި.-- ފޮޓޯ: ޝާބިލް ފޮޓޯސް/ފޭސްބުކް

ގާފަރުން ރޭގެ މެޗު ފަށައިގެން ކާށިދޫ ކައިރިން ގޯލެއް ޖަހަން ކުރި އެޓޭކްތަކުގައި ކުރިއެރުމެއް ހޯދުނީ އެ ޓީމުގެ އެޓޭކްގައި އިސް ރޯލެއް ކުޅުނު ފުޓްސަލްގެ ނަން މަޝްހޫރު ތަރި އަލީ މާއިޝް (މައްޓު) ޖެހި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ހަނި ފުރުސަތެއްގައި ކާށިދޫގެ ކެޕްޓަން އަބްދުﷲ ސުޒޭރު ވަނީ ގޯލެއް ޖަހައިފަ އެވެ. ސުޒޭރު ދުރުން ފޮނުވާލި ބޯޅަ ގާފަރު ކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ) އަށް ނުހިފެހެއްޓި އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ދެ ވަނަ ހާފުގައި ގާފަރުގެ އަނެއް ގޯލު ޖެހީ މާހިރު އެވެ. މިއީ ރަނގަޅު އެޓޭކެއްގައި ލިބުނު ފުރުސަތުގެ ބޭނުންހިފައިގެން ޖެހި ގޯލެކެވެ. މެޗުގެ ފަހު މިނިޓާ ހަމައަށް ކާށިދޫން ޕްރެޝަރުކޮށް ގޯލެއް ޖެހޭތޯ ބަލަމުންދިޔައިރު، އެ ޓީމުން ނުރައްކާތެރި އެއް ހަމަލާ ފޮނުވާލި އެވެ. ކާށިދޫގެ ހަމަލާއެއްގައި ބޯޅަ މަތިން އައި ވަގުތު ސުޒެއިރު ބޮލުން ޖެހި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.

ކ އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ ކެޕްޓަން ނާއިހު މުފީދު (ނާހް) އެވެ. އެންމެ ގިނަ ގޯލު ޖެހީ 9 ގޯލު ކާމިޔާބުކުރި ސުޒެއިރު އެވެ.

ކުޑަހުވަދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ކުޑަހުވަދޫ އިން ޖެހި ފަސް ގޯލުގެ ތެެރެއިން ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. އަނެއް ގޯލުތައް ޖެހީ ހާރޫން އިބްރާހިމް (ހާންޑޯ) އާއި އަބްދުﷲ މުގްސިތު އަދި ޝައުކަތު އަމީން އެވެ. ކުޑަހުވަދޫގެ ކޯޗަކީ ގައުމީ ފުޓްސަލް ޓީމުގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ.

ދ އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ ޝައުކަތު އެވެ.

މުބާރާތުގައި މިރޭ ތިން ފައިނަލެއް ކުޅޭނެ އެވެ. އދ އަތޮޅު ފައިނަލުގައި 20:15 ގައި މާމިގިލި ކުޅޭނީ އޮމަދޫއާ އެވެ. އޭގެ ގަޑިިއިރެއް ފަހުން މ އަތޮޅު ފައިނަލުގައި މުލަކާއި ދިއްގަރު ވާދަކުރާއިރު، ހަމަ އެ ވަގުތުގައި ޅ އަތޮޅު ފަހު މެޗުގައި ހިންނަވަރާއި ކުރެންދޫ ބައްދަލުކުރާނެ އެވެ. މިރޭ ފަހުން އޮތީ ގދ އަތޮޅުގެ ދެ މެޗެވެ. ގައްދޫ އާއި ހޯޑެއްދޫ އެއް މެޗުގައި ކުޅޭއިރު އަނެއް މެޗުގައި ބައްދަލުކުރާނީ މަޑަވެއްޔާއި ތިނަދޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox