އެމްއެޗްއޭ ކަދުރު ފެންވަރު ރަނގަޅުވެ، ތާޒާ ވަނީ މިހެންވެ!

Mar 9, 2022, 2:30 AM
އެމްއެެޗްއޭއިން އެތެރެކޮށް ވިއްކާ ޑޭޓް ކްރައުން ބްރޭންޑްގެ ކަދުރުގެ އިޝްތިހާރެއް

އެމްއެެޗްއޭއިން އެތެރެކޮށް ވިއްކާ ޑޭޓް ކްރައުން ބްރޭންޑްގެ ކަދުރުގެ އިޝްތިހާރެއް

މުލަރޯދަ ދުވަހެއްގައި އެންމެ ބޮޑަށް މޫޑް ހަރާބުވާނެ އެއް ކަމަކީ ރޯދަ ވީއްލަން ހުރި ކަދުރުކޮޅުން އެންމެ ފަހު ވަގުތު ފަންޏެއް ފެނުމެވެ. ދެން ދުއްވައިގަންނަ އިރު ފިހާރަތައް ހުންނާނީ ބަންދުކޮށްފަ އެވެ. ރޯދައަށް ކާބޯތަކެތި އެއްކުރާއިރު މިއީ ވިސްނައިލަން ޖެހޭ ކަމެކެވެ. ތާޒާކަމުގެ ޔަގީންކަން އޮތް ކަދުރުކޮޅެއް ގަތުން ވަރަށް މުހިއްމެވެ.

ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާތާ ބައިގަރުނުވީ އެމްއެޗްއޭއިން ދެނީ އެ ޔަގީންކަމެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު "ޑޭޓް ކްރައުން" ބްރޭންޑްގެ ކަދުރު، އެމްއެޗްއޭ އިން ގެނެސް ފިހާރަކުގެ ހަރުގަނޑުތަކުގައި އަތުރައިލާއިރު އަދި އެ ކަދުރު ބަންދުުކުރިތާ ގިނަވެގެން ވާނީ ދޮޅުމަހެވެ. އެއީ ރަނގަޅަށް ބަންދުކޮށްފައި ހުންނަ ކަދުރުގެ ތާޒާކަމަށް އެއްވެސް ބަދަލެއް އަންނާނެވަރުގެ މުއްދަތެއް ނޫނެވެ.

އެމްއެެޗްއޭއިން އެތެރެކޮށް ވިއްކާ ކްރައުން ބްރޭންޑްގެ ކަދުރުގެ އިޝްތިހާރެއް
އެމްއެެޗްއޭއިން އެތެރެކޮށް ވިއްކާ ކްރައުން ބްރޭންޑްގެ ކަދުރުގެ އިޝްތިހާރެއް

އެމްއެެޗްއޭއިން އެތެރެކޮށް ވިއްކާ ކްރައުން ބްރޭންޑްގެ ކަދުރުގެ އިޝްތިހާރެއް

އެމްއެޗްއޭ އަށް މިހާ ތާޒާކޮށް ކަދުރު ލިބޭ ސަބަބަކީ ސީދާ ފެކްޓްރީން ގަނެ ކޮންޓެއިނަރުތަކަށް އަޅައި ރާއްޖެއަށް ފޮނުވާތީއެވެ. އެއް ގުދަނުން އަނެއް ގުދަނަށް ނުދަމައި ކޮންޓެއިނަރުތަކުގައި އަރުވަނީ ރާއްޖެއަށް ދަތުރުކުރާ އާގުބޯޓްފަހަރަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ގެންނަނީ އެންމެ ފަހުގެ ކްރޮޕް (އެންމެ ފަހުން ބިންނަ ކަދުރު). ކަދުރު ބަންދުކުރާ ފެކްޓްރީން، ސީދާ ކޮންޓެއިނަރަށް، ކޮންޓެއިނަރުން އެންމެ އަވަސް މަގުން، ރާއްޖެއަށް،" އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހްމަދު ވިދާޅުވި އެވެ.

މި ގާބިލުކަމަކީ އެންމެ ދުވަހެއް ދެދުވަހެއްގެ މަސައްކަތެއް ނޫނެވެ. ރޯދަ މަހަށް އާ ބްރޭންޑްތަކުގެ ކަދުރުތައް ފެނުނަސް، ޑޭޓް ކްރައުންގެ ކަދުރަކީ އާ ނަމެއް ނޫނެވެ. އާ ރަހައެއް ވެސް ނޫނެވެ. ރާއްޖޭގެ ބާޒާރުގައި ހަގީގަތުގައި ރަސްކަންކުރާ ކަދުރަކީ މި ކަދުރޭ ބުނެވެން އޮތީ، މި ރަހަ އާއި ފެންވަރު ދިވެހިންނަށް އެނގޭތާ 30 އަހަރު ވެފައިވާތީ އެވެ.

މެދުކެނޑުމެއް ނެތި ކޮންމެ ރޯދަ މަހަކު އެމްއެޗްއޭއިން މި ކަދުރު ގެންނަތާ 30 އަހަރުވީ،" ސޮފްވާން ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ މަގުބޫލު ކަދުރަކީ ކްރައުން ކަދުރަށް ވީ ވެސް އެހެންވެ އެވެ. އެމްއެޗްއޭއިން ކްރައުން ބްރޭންޑްގެ ކަދުރު ވިއްކަނީ ގަންނަ މީހުންނަށް ފަސޭހަވާނެ ގޮތަކަށް ބަންދުކޮށްގެންނެވެ. ގޭގެއަށް ކުދި އެތިކޮޅުން ގަންނަ މީހުންނަށް 250 ގްރާމްގެ ޕެކެޓާއި 500 ގްރާމްގެ ޕެކެޓް އަދި އެއް ކިލޯގެ ޕެކެޓެވެ. ކެފޭ ރެސްޓޯރެންޓްތަކަށް ގިނައިން ގަންނަން ބޭނުންވާ މީހުންނަށް ފަސް ކިލޯއާއި 10 ކިލޯގެ ޕެކެޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox