ދެ އަހަރަށް ފަހު އެޕްރީލް އެއް ވަނަ ދުވަހު މެލޭޝިއާގެ ބޯޑަރު ހުޅުވާލަނީ

މެލޭޝިއާގެ ދޮންވެލި ގޮނޑުދޮށާއި ފެހި ޖަންގަލިތަކަށް ފަތުރުވެރިން ވަރަށް ގަޔާވޭ. -- ފޮޓޯ: އޭއެފްޕީ

މެލޭޝިއާގެ ދޮންވެލި ގޮނޑުދޮށާއި ފެހި ޖަންގަލިތަކަށް ފަތުރުވެރިން ވަރަށް ގަޔާވޭ. -- ފޮޓޯ: އޭއެފްޕީ

ކުއަލަ ލަމްޕޫރް، މެލޭޝިއާ (މާޗް 8) - ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ހުރިހާ އެންމެންނަށް އެޕްރީލް އެއް ވަނަ ދުވަހުން ފެށިގެން މެލޭޝިއާގެ ބޯޑަރުތައް ހުޅުވާލަން ނިންމާލައިފި އެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދެކުނު އިރުމަތީ އޭޝިއާގައި އޮންނަ މެލޭޝިއާގެ ދޮންވެލި ގޮނޑުދޮށްތަކާއި ގަސް ބޯ ފެހި ޖަންގަލިތައް ވަރަށް މަގްބޫލެވެ.

ކޮވިޑް ބަލިމަޑުކަން ފެތުރެން ފެށުމުން މެލޭޝިއާގެ ބޯޑަރު ބަންދު ކުރީ މާޗް 2020 ވަނަ އަހަރު އެވެ. ނަމަވެސް އެޕްރީލް މަހުން ފެށިގެން ކޮވިޑަށް ނެގެޓިވް ނަތީޖާއާ އެކު މެލޭޝިއާއަށް އެތެރެވެވޭނެ އެވެ.

"އެޕްރީލް 1، 2022 ގައި ބޯޑަރުތައް ހުޅުވާލަން ސަރުކާރުން ނިންމައިފި،" ބޮޑު ވަޒީރު އިސްމާއިލް ސަބްރީ ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކެނީ މި ނިންމުމާ އެކު އިގްތިސާދަށް ކުރިއެރުން ލިބި، ފަތުރުވެރިކަމުގެ ސިނާއަތު އަލުން ދިރެން ފަށާނެ ކަމަށް,"

ބޯޑަރު ހުޅުވާލަން ނިންމި ނަމަވެސް މެލޭޝިއާގެ ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ ދުވާލަކު 25،000 އަށް ވުރެ މަތީގަ އެވެ. ނަމަވެސް ގިނަ ކޭސްތައް ސީރިއަސް ނުވެ އެވެ.

މެލޭޝިއާގެ އިތުރުން އަވަށްޓެރި ސިންގަޕޫރު، ތައިލޭންޑް އަދި ފިލިޕީންސް އިން ވެސް ވަނީ ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށް އެޅި ގިނަ ފިޔަވަޅުތަކަށް ލުއި ދީފަ އެވެ.

ވިހި ވިހި ވަނަ އަހަރު މެލޭޝިއާގެ އިގްތިސާދު 5.6 ޕަސެންޓުން ދަށްވި އެވެ. އޭގެ ފަހުން މިދިޔަ އަހަރު 3.1 ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ.

ދެކުނު އިރުމަތީ އޭޝިއާގެ އެންމެ މަގްބޫލް އެއް ބަޖެޓް އެއާލައިން، މެލޭޝިއާގެ އެއާ އޭޝިއާއިން ވަނީ ސަރުކާރުން ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

އެއާ އޭޝިއާ ގްރޫޕްގެ ޗީފް އެގްޒެކްޓިވް ބޯ ލިންގަމް ވިދާޅުވީ ބޯޑަރު ހުޅުވާލާ ފުރަތަމަ ހަފްތާގައި އެކަނިވެސް މިލިއަނެއްހާ ޕަސެންޖަރުން ދަތުރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެޕްރީލް އެއް ވަނަ ދުވަހު ބޯޑަރު ހުޅުވާލުމުން، ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ނެގެޓިވް ޕީސީއާރް ނަތީޖާއަކާ އެކު މެލޭޝިއާއަށް އެތެރެވެ، ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ. ނަމަވެސް އެތެރެވާތާ 24 ގަޑިއިރުގެ ތެރޭގައި އެންޓިޖެން ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

މީގެ ކުރިން ކަރަންޓީނު ނުވެ، މެލޭޝިއާއަށް އެތެރެވެވެނީ ހަމައެކަނި ސިންގަޕޫރުން ދަތުރު ކުރާ މީހުންނަށެވެ.

މެލޭޝިއާގައި މިހާތަނަށް ކޮވިޑްގެ 3.6 މިލިއަން ކޭސް ރިކޯޑުކޮށްފައިވާ އިރު، 33،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

އެ ގައުމުގެ އާބާދީގެ 32 މިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox