އިންޓަ މިލާނަކީ ޓޫރިސްޓުންނެއް ނޫން: ކްލޮޕް

Mar 8, 2022, 9:49 AM
އިންޓަ މިލާނަކީ ޓޫރިސްޓުންނެއް ނޫން: ކްލޮޕް

ލިވަޕޫލް (މާޗް 8) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ އިންޓަ މިލާނުން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް އަންނަނީ ޓޫރިސްޓުންގެ ވިސްނުމުގައެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ފުރަތަމަ ލެގުގައި އިންޓަ ދަނޑުގައި ލިވަޕޫލް ވަނީ 2-0 އިން މޮޅުވެފަ އެވެ. މިރޭ އަމިއްލަ ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ކުއާޓާ ފައިނަލުގެ ޖާގަ ހޯދޭނެ އެވެ. އެކަމަކު، މިއީ ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު ކަމުގައި ވިޔަސް ފަސޭހަކޮށްލެވޭނެ މެޗެއް ނޫން ކަމަށް ކްލޮޕް ވަނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ.

"މީގެ ވާންޖެހޭ ގޮތް އެންމެނަށް ވެސް އެބަ އެނގޭ. ސްކޯ އަކީ 2-0. އަހަރެންގެ ނަޒަރުގައި އެ ނަތީޖާ އަކީ ފުޓްބޯޅައިގެ ތާރީހަށް ބެލިޔަސް އެންމެ ގިނައިން އަނބުރާލާފައިވާ ސްކޯ. އެހެންވީމަ މިއީ ނިމިފައި އޮތް ކަމަށް ދެކިގެން އަހަރެމެންނަށް ނުތިބެވޭނެ،" ކްލޮޕް ބުންޏެވެ.

"އިންޓަ އަކީ ވަރުގަދަ ޓީމެއް. ވަރަށް ބެލެންސް ކުޅުންތެރިން ތިބި ޓީމެއް. ޔަގީނުން ވެސް މި މެޗަށް އިންޓަ އަންނަނީ ޓޫރިސްޓުންގެ ވިސްނުމުގައެއް ނޫން. އަނެއް ބުރަށް ދެވޭތޯ ފައިޓްކުރަން،"

އިންޓަ އިން މި ހަފްތާގައި އިޓާލިއަން ލީގުގައި ކުޅުނު މެޗުން ވަނީ 5-0 އިން ސެލަނިޓާނާ ބަލިކޮށްފަ އެވެ. ކްލޮޕް ދެކޭގޮތުގައި އެއީ އިންޓަ ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވާނެ ސަބަބެކެވެ.

މިރޭގެ މެޗުގެ ކުރިން ލިވަޕޫލަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި މުހިންމު ތިން ކުޅުންތެރިން ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށާފައިވުމެވެ. އެ ތިން ކުޅުންތެރިންނަކީ ޖޮއެލް މަޓިޕާއި ތިއާގޯ އަލްކަންޓާރާ އަދި ރޮބާޓޯ ފިރްމީނޯ އެވެ.

ލިވަޕޫލާއި އިންޓަ މިލާން މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ. ހަމަ އެ ވަގުތު ބަޔާން މިއުނިކް ދަނޑުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ ކުޅޭނެ އެވެ. ސަލްޒްބާގް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox