ގޯލްޑަން ފުޓްސަލް ޗެލެންޖް: ދުވާފަރަށް އަތޮޅު ޗެމްޕިއަންކަން، މާމިގިލި އަތޮޅު ފައިނަލަށް

Mar 8, 2022, 3:41 AM
ދުވާފަރު ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ދުވާފަރު ފުޓްސަލް ޓީމު

ދުވާފަރު ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ދުވާފަރު ފުޓްސަލް ޓީމު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި ރޭ ދުވާފަރުން ރ އަތޮޅުގެ ޗެމްޕިއަންކަން ހޯދިއިރު، މާމިގިލިން އދ އަތޮޅުގެ ފައިނަލުން ޖާގަ ޔަގީންކޮށްފި އެވެ.

ދުވާފަރުން ރޭ ވަނީ 3-2 އިން އިނގުރައިދޫ ބަލިކޮށްފަ އެވެ. ރ. އަތޮޅުން ތިން ޓީމު ވާދަކުރާއިރު، ކުޅުނު ދެ މެޗުން ވެސް ދުވާފަރު މޮޅުވުމުން އެ ޓީމަށް ޗެމްޕިއަންކަން ލިބުނީ އެވެ. މި އަތޮޅުގައި ބާކީ އޮތް މެޗަކީ ބުރާސްފަތި ދުވަހުގެރޭ އިންނަމާދޫ އާއި އިނގުރައިދޫ ކުޅޭ މެޗެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިޔަސް ދުވާފަރާ ހަމަނުކުރެވޭނެތީ އެ ޓީމަށް ވަނީ ތަށި ދީފަ އެވެ.

އާދަމް އިލްޔަސައު ދުވާފަރަށް ލީޑުނަަގައިދީފައިވަނިކޮށް އައިހަމް އަހުމަދު (އައިހު) ވަނީ އިނގުރައިދޫ އަށް އެއްވަރުކޮށްދީފަ އެވެ. އަދި އިތުރު ގޯލެއް ޖަހައި އައިހު އިނގުރައިދޫ އަށް ލީޑުނަގައިދިނެވެ. ގައުމީ ފުޓްސަލް ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ނުކުޅެވޭއިރު، އިނގުރައިދޫގެ ތަރި އަލީ ހާފިޒް (ހާއްޕެ) ނުކުޅެ އެވެ.

ދުވާފަރުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ހިތްވަރުގަދަ ކުޅުމެއް ދައްކައި ދެ ގޯލު ޖަހައިގެންނެވެ. ދުވާފަރުގެ ދެ ގޯލު ޖެހީ އިސްމާއިލް އަހުމަދާއި މުހައްމަދު އިސާމް އެވެ.

ހަންޏާމީދޫގެ ހަސީބް (ކ) ކައިރިން މާމިގިލި ޓީމުގެ ނިޒާމް ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މާމިގިލިން ވަނީ ރޭ ހަންޏާމީދޫއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް އދ. އަތޮޅު ފައިނަލުގެ ޖާގަ ލިބޭގޮތަށް އޮތްއިރު، ދެ ޓީމު އެއްވަރުވުމުން މާމިގިލި ފައިނަލަށް ދިޔައީ ލަނޑުގެ ތަފާތުންނެވެ.

މާދަމާރޭ ކުޅޭ ފައިނަލުގައި މާމިގިލި ކުޅޭނީ އދ. އޮމަދޫއާ އެެވެ. އޮމަދޫ ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ފައިނަލަށް ދިޔައިރު، ރޭ އެ ގްރޫޕްގެ އަނެއް މެޗުގައި އދ. ދަގެނތި ވަނީ 1-0 އިން އދ. ކުނބުރުދޫ ބަލިކޮށްފަ އެވެ. ކުނބުރުދޫގެ ހަސަން މައުރޫފް އެ ޓީމުގެ ގޯލު ޖެހިއިރު، ދަގެނތީގެ ލަނޑުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޝާމިރު ޝައިފްގެ އިތުރުން ހަސަން ނަޒާހު އެވެ.

ބ. ތުޅާދޫ ފުރަތަމަ މެޗުން އޭދަފުށި އަތުން ބަލިވި ނަމަވެސް ރޭ ވަނީ ހިތާދޫ އަތުން 4-1 އިން މޮޅުވެފަ އެވެ. ހިތާދޫ އަތުން ތުޅާދޫ މޮޅުކޮށްދޭން އެންމެ އިސް ރޯލެއް ކުޅުނީ މެޗުގެ ފުރަތަމަ ހާފުގައި އެކަނި ކުޅުނު އަންސަރު އިބްރާހިމް (އަންކޮ) އެވެ. އަންކޮ ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ އަހުމަދު ތަސްނީމާއި މުހައްމަދު ތަސްނީމް (މޯޑު) އެވެ. ހިތާދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ހުސެއިން (އައްމަޑޭ) އެވެ.

ބުރާސްފަތި ދުވަހުގެރޭ ހިތާދޫ އަތުން ޕޮއިންޓެއް ހޯދައިގެން ވެސް އޭދަފުއްޓަށް ބ. އަތޮޅުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.

ގަމާއި އިސްދޫ އަށް ދެ ވަނަ މޮޅު

ލ އަތޮޅުގެ ފުރަތަމަ މެޗުތަކުން ގަމާއި އިސްދޫ ވަނީ މޮޅުވެފަ އެވެ. ރޭ ދެ ވަނަ މެޗުތަކަށް ނުކުމެ ގަން ވަނީ ކަލައިދޫ އަތުން 8-3 އިން މޮޅުވެފަ އެވެ. އިސްދޫ ވަނީ މާމެންދޫއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން މޮޅުވެފަ އެވެ. ފުރަތަމަ ދެ މެޗުގެ ނަތީޖާ އަށް ފަހު ކަލައިދޫ އާއި މާމެންދޫ އަށް ޗެމްޕިއަންކަން ހޯދުމުގެ ދޮރު ބަންދުވެފައިވާއިރު، އެ ފުރުސަތު އޮތީ ބުރާސްފަތި ދުވަހުގެރޭ އިސްދޫ އާއި ގަން ކުޅޭ މެޗުން މޮޅުވާ ޓީމަކަށެެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ގަމަށް ލ ޗެމްޕިއަންކަން ހޯދޭނެ އެވެ.

މާމެންދޫ އަތުން އިސްދޫ މޮޅުވިއިރު، މެޗުގެ ހަމައެކަނި ގޯލު ޖެހީ އަލީ މީސާގް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މީސާގް އެވެ.

ކަލައިދޫގެ ކުޅުންތެރިއަކު ކައިރިން ގަމުގެ އައްމަޑޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ކަލައިދޫ ކޮޅަށް ރޭ ގަމުން ޖެހި އަށް ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ޝާމިސް (ތޮއްޕޭ) އެވެ. ގަމުގެ އަނެއް ފަސް ގޯލު ޖެހީ އަހުމަދު ހަލީމް (އައްމަޑޭޭ)، ހަަސަން ފައްވާޒް، ޒައިދާން އަބްދުﷲ، ރައްޒާން އަބްދުލް ސަމަދު އަދި މޫސާ މުނާޒް އަލީ އެވެ. ދެން ޖެހި ގޯލަކީ ކަލައިދޫގެ ޖައުފަރު އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކަލައިދޫގެ ގޯލުތައް ޖެހީ އަހުމަދު ފަރީޝް، އިބްރާހިމް ނާއިލް އަދި މުހައްމަދު ތާއިފް ޝަކީލް އެވެ.

މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅޭނެ އެވެ. އެ ގޮތުން 20:15 ގައި ފަށާނީ ދެ އަތޮޅެއްގެ ފައިނަލެވެ. އެއްކޮޅުން ކ އަތޮޅުގެ ފައިނަލުގައި ކާށިދޫ އާއި ގާފަރު ކުޅޭއިރު، އަނެއްކޮޅުން ދ. ކުޑަހުވަދޫ އާއި ބަނޑިދޫ ބައްދަލުކުރާނެ އެވެ. ދެން ކުޅޭނީ ގއ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ހަތަރު މެެޗެވެ. އެއީ 21:15 ގައި ފަށާ މާމެންދޫ އާއި ދާންދޫގެ މެޗާއި ކޮލަމާފުއްޓާއި ދެއްވަދޫގެ މެޗުގެ އިތުރުން 22:15ގައި ކުޅޭ ކޮނޑޭ އާއި ކަނޑުހުޅުދޫގެ މެޗާއި ނިލަންދޫ އަދި ގެމަނަފުށީގެ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox